ރާއްޖެ ޒިޔާރަތްކުރި ރަޝިއާގެ ފަތުރުވެރިން/ ފޮޓޯ:ލަންޑަނާޒްއިންސިޑްނީ
ފަތުރުވެރިކަން ތަރައްގީ ކުރުމަށް އޮންލައިން ފޯރަމްތަކެއް
ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަޝްވަރާކުރުމަށް އޮންލައިން ޑިސްކަޝަން ފޯރަމްތަކެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން "އެމްއެމްޕީއާރްސީ" ނިންމައިފިއެވެ.
Advertisement

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ލޮޅުން ތަކުން އަރައި ގަނެ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބޭއްވޭ މި އޮންލައިން ފޯރަމްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. 

މި ފޯރަމް ތަކުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ ކަމަށާއި ފޯރަމްތައް ކުރިއަށް ދާނީ މި ފަރާތްތައް ކުދި ގްރޫޕްތަކަކަށް ބަހާލައިގެން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

މި ފޯރަމްތައް އޮންލައިންކޮށް ބޭއްވުމަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރްސީ އިން ފާހަގަކުރެއެވެ. 

އެމްއެމްޕީއާރްސީ އިން ވަނީ މިދިޔަ މަހު ރަޝިޔާ އަދި ކޮމަންވެލްތު އޮފް އިންޑިޕެންޑަންޓް ސްޓޭޓްސް (ސީއައިއެސް) ގެ ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ހާއްސަ ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އީ-ލާނިންގް ޕްލެޓްފޯމެއް ތައާރަފްކޮށްފަ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި