އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ކުރިއަށް އޮތް ހަފްތާގައި ވެސް 3 ދުވަހު ބޭންކުތަކުން ހިދުމަތް ދޭނެ
ކުރިއަތް އޮތް ހަފްތާ އަކީ ސަރުކާރު ބަންދު ހަފްތާއެއް ނަމަވެސް އެ ހަފްތާގައި ވެސް ތިން ދުވަހު ބޭންކު ތަކުގެ ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ބުނެފިއެވެ.
Advertisement

އެމްއެމްއޭ އިން ބުނީ މި ފެށޭ ހަފްތާގައި ވެސް ތިން ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ބޭންކުތަކުން ހިދުމަތް ދޭނެ ކަމަށެވެ. އެގޮތުން ބޭންކުތައް ހުޅުވާފައި ހުންނާނީ އޭޕްރިލް 13، 14 އަދި 16 ވަނަ ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެއެވެ. 

މިގަނޑިތަކުގައި އެމްއެމްއޭ އިން ދޭ ހިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ، ދޫކުރާނީ ހެދުނު 9:30 އިން 12:30 އަށް، އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެދުނު 9:30 އިން 11:00 އަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭ އިން ވަނީ އެއިދާރާއަށް ފޮނުވާ ސިޓީއާއި ލިޔެކިޔުންތައް ބަލައިގަންނާނީ މެއިލް މެދުވެރިކޮށް ކަމަށް ބުނެފައެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި