ފޮޓޯ
ގައުމު ލޮކްޑައުން ގައި އޮތުމުން ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނި ކޮށްފި
ކޮވިޑް-19 ގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުނަށް ގޮސް އެއްތަނުން އަނެއް ތަަނަށް ނުދެވޭތީ ވީޑިއޯ ކޯލް މެދުވެރިކޮށް އެގައުމުގެ ދެ ލޯބިވެރިން ކައިވެނި ކޮށްފިއެވެ.
Advertisement

މުމްބާއީ ގައި ހުރި ފިރިހެން ކުއްޖަކާ ދިއްލީގައި ހުރި އަންހެން ކުއްޖެއް ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނި ކޮށްފައި ވާކަމަށާއި އޮންލައިންކޮށް ކުރިއަށް ގެންދިއަށް މި ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާއިން ވެސް ބައިވެރިވެފައި ވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. 

ހޮނިހިިރު ދުވަހު މި ދެމީހުންގެ ކައިވެނި ކޮށްފައިވާއިރު، ދެމީހުން ވެސް ބުނީ ލޮކްޑައުންގެ ހާލަތު ނިމި މި ބަލިމަޑު ކަމުން އަރައިގަނެވެންދެން ކައިވެނި ފަސްކުރުމަށް ބޭނުން ނުވާތީ ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނި ކުރަން ނިންމީ ކަމަށެވެ. ބަލިމަނޑުކަން ނިމުމުން ކައިވެނީގެ ބޮޑު ހަފްލާއެއް ބޭއްވުމަށް ވިސްނާކަމަށް ދެމަފިރިން ވަނީ ބުނެފައެވެ. 

ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނި ކުރި ނަމަވެސް ދެ މީހުންވެސް ތިބީ ކައިވެންޏަށް ހާއްސަ ރީތި ހެދުން އަޅައިގެން ނެވެ. 

މާޗް މަހު މުމްބާއީގައި ދެ ލޯބިވެރިން ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް އެންގޭޖް ވެފައެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި