ސިނގިރޭޓު އުފެއްދުން ހުއްޓާލުމަށް ގޮވާލަނީ
ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ސިނގިރޭޓު ބޯ މީހުންނަށް ކުރާ އަސަރު ބޮޑުވެ ސިއްހަތައް ނުރައްކާވާކަމަށް ދިރާސާއަކުން ދެއްކުމުން، ސިނގިރޭޓު އުފެއްދުން ހުއްޓާލުމަށް ގޮވާލާންފަށައިފިއެވެ.
Advertisement

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ސިނގިރޭޓު ބުއިން ހުއްޓާލާ ސިނގިރޭޓު އުފެއްދުންވެސް ހުއްޓާލުމަށް 1.3 ބިލިއަން މީހުން ދަނީ ގޮވާލަމުންނެވެ. 

ޕަބްލިކް ހެލްތް އިންގްލޭންޑްގެ ޑިރެކްޓާ އޮފް ހެލްތު، ޖޯން ނިއުޓަން ވަނީ މިދަނޑިވަޅަކީ ދުންފަތާ ދުރަށް ދިއުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށާއި މިކަމުގެ ސަބަބުން ތިމާގެ އިތުރުން ތިމާއާއި އެކު އުޅޭ އެހެން މީހުންގެ ފުރާނަ ރައްކާތެރި ކުރެވޭނެކަމަށް ވިދާޅުވެފައެވެ. 

ކޮވިޑް-19 އަކީ މީހާގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބައްޔެކެވެ. އެހެން ކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމެއަށް ލިބޭ ގެއްލުން އިތުރުވެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ ފުރާނައަށް ގެއްލުންވުން އެކަށީގެންވެއެވެ. 

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރާއިރު، ކޮރޯނާ ވައިރަސް މީހާގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑު ކަމަށް ޖޯން ނިއުޓަން ފާހަގަ ކުރިއެވެ. ސަބަބަކީ، ސިނގިރޭޓު ބޯއިރު ގިނަ އިން އަތާ އަނގައާއި ދިމާ ވުންކަމަށް ޖޯން ނިއުޓަން ފާހަގަކުރިއެވެ. 

ޖޯން ނިއުޓަން ވަނީ އެމީހުން ކުރި ދިރާސާއިން ދައްކާ ގޮތުން، ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން އިން ބަލިޖެހުނު މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުރާނައަށް ނުރައްކާ ކުރުން 14 އިންސައްތަ ފުރުސަތު ބޮޑުކަމަށް ބުނެފައެވެ. 

ޗައިނާގެ މެޑިކަލް ޖާނަލް އެއްގައި ޝާއިރު ކޮށްފައިވާ މި ދިރާސާ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަށެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި