އަންހެން ދަރިން ތިބޭ ފިރިހެނުން މާ ހިތްތިރިވާނެ
އަންހެން ދަރިން ތިބޭނަމަ ފިރިހެނުން ހިތްތިރިވެފައި ރަނގަޅުވާނެ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
Advertisement

މުއްސަނދި ފިރިހެނުންގެ މެދުގައި ހުރި ތަފާތުތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ ދިރާސާއިން ލިބުނީ ހީވެސް ނުކުރާ ނަތީޖާއެކެވެ. މި ދިރާސާ އަކީ ބައެއް މުއްސަނދިން އެހާ ބައިވަރު އެހީތައް ކޮށް ފާއިސާ ހަރަދު ކުރާއިރު، އަނެއްބައި މުއްސަނދިން އެއްވެސް ވަރަކަށް މިފަދަ ކަންކަން ނުކުރަނީ ކީއްވެތޯ ބެލުމަށް ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. 

ދިހަ ހާހެއް ހާ ކުންފުނީގެ ސީއީއޯ އިން ލައިގެން ކުރިއަަށް ގެންދިޔަ މި ދިރާސާ ވަނީ އެމީހުން މުވައްޒަފުންނާއި މެދު ކަންތައް ކުރާ ގޮތާއި މުސާރަ ދޭއުސޫލު ބަލާފައެވެ. އެގޮތުން ދަރިއަކު ލިބުމުން ގިނަ އަދަދެއްގެ ސީއީއޯ އިން މުވައްޒަފުންގެ މުސާރަ ކުޑަ ކުރާކަން ފާހަގަ ކުރެވުނު ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެއެވެ. އަދި މިކަން އިތުރަށް ބެލުމުން ފިރިހެން ދަރިއަކު ލިބުމުން މުސާރަ ކުޑަ ކުރާ ސީއީއޯ އިން ގިނަ ނަމަވެސް އަންހެން ދަރިއަކު ލިބުމުން މުސާރަ މަދު ނުކުރާކަމަށް ފާހަގަ ކުރެވުނު ކަމަށް ދިރާސާ ކުރި މީހުން ބުނެއެވެ. 

މިއީ، އަންހެން ދަރިއަކު ލިބުމުން، ފިރިހެންމީހާގެ ހިތްތިރިކަމާ އަޅާލުމުގެ ސިފަ އިތުރުވެގެން ދިއުމުގެ ސަބަބުން ކަމަށް މި ދިރާސާ ކުރި މީހުން ބުނެއެވެ. އެއީ ކޮންމެ އުމުރެއްގެ ކުއްޖެއް ނަމަވެސް ތަފާތެއް ނާދެއެވެ. 

މީގެ ކުރިން ކުރި ދިރާސާއެއް ވަނީ އަންހެން ދަރިން ތިބޭ ސިޔާސީ މަގާމު ތަކުގައި ތިބޭ މީހުންވެސް ފިރިހެން ދަރިން ތިބޭ މީހުންނާއި އަޅާ ބަލާއިރު ހިތްތިރިވެފައި ރަނގަޅު ވާނެ ކަމަށް ދައްކާފައެވެ. 

93%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
7%
ރުޅިއައި