ގޭގައި ތިބެގެން މިއަރަތްތަކަށް ޖަވާބުދީބަލަ!
ކޮވިޑް19ގެ ސަބަބުން އެންމެން ވެސް ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ގޮވާލައްވަމުން އަންނައިރު ގިނަ މީހުންގެ ޝަކުވާ އަކީ ގޭގައި ތިބެން ޖެހޭތީ ފޫހިވާ ވާހަކައެވެ.
Advertisement

ގޭގައިތިބިގެން ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން ޓީވީ ބެލުމާއި ފޮތް ކިޔުމާއި ފިލްމު ބެލުމާއި ކެއްކުމުގެ އިތުރުން އާ ކަންކަން ދަސް ވެސް ކުރެވިދާނެއެވެ.

އޭގެ އިތުރުން ކުރެވިދާނެ އެހެން ކަމެއް ވެސް އެބަ އޮތެވެ. ގޭގައި ތިބިގެން މިއަރަތްތަކަށް ޖަވާބު ދެވިދާނެއެވެ.

މި އަރަތްތަކުގެ ޖަވާބު އިނގޭތަ؟

  1. އަހަރެންގެ ލޮލެއް ހުރެއެވެ. އެހެނަސް އެސްފިޔައެއް ނުހުރެއެވެ. އަދި ކަރުނައެއް ނުއެއް ފައިބައެވެ. އަހަރެންގެ މަސައްކަތާއިގެން ކުރިޔަށް ދާ އިރު އިސްތަށިގަނޑެއް އޮވެއެވެ. އަހަންނަކީ ކާކު؟
  2. އަތްލާފައި ބޯލާ އެއްޗެއް، ބޯލާފައި އަތްލާ އެއްޗެއް، ކޯއްޗެއް؟
  3. ދެމި ދެމީހެން ކުރުވާ އެއްޗެއް، ކޯއްޗެއް؟
  4. ބޭނުންވީމާ، އެއްލާލާއެއްޗެއް، ބޭނުން ނެތުނީމާ ނަގާ އެއްޗެއް، ކޯއްޗެއް؟
  5. ގަހަކު ފަތޭ، ނުވަ ނާރޭ، ބިނދެ ބިނދެ ކާހާ މީރޭ، އެއީ ކޯއްޗެއް؟
  6. މިއަދަކީ ނަސްރުގެ އުފަން ދުވަހެވެ. އޭނާ ބައްޕަ އުފަންދުވަހު ހަދިޔާއެއް ދީފިއެވެ. އެ ހަދިޔާ ދީފައި ބައްޕަ ބުނީ، ބަނޑުހައި ވީމާ އެ ކާލާށެވެ. އަދި ކަރުހިތްކައިގަތުމުން އެ ބޯލާށެވެ. އަދި ފިނި ވީމާ އަންދާލާށެވެ. އެހެން ވީމާ ބައްޕަ ހަދިޔާއަކަށް އެދިނީ ކޯއްޗެއް؟
  7. އެންމެ ހުތް މަގު، ކޮން މަގު؟
  8. އޭއްޗަކީ ދިގު އެއްޗެއް، އެއްކޮޅުގައި ހުންނަނީ ނަރުވާ ފަޅާފައި، އޭތި ވަޅުގަނޑަކަށް ލުމުން ފޮނު އަރާނެ، އެއީ ކޯއްޗެއް؟
  9. ހިއްކި ހިއްކި ހެން ތެއްވާ އެއްޗެއް؟
  10. ހަނދު މެދުގައި އޮންނަނީ ކޯއްޗެއް؟

މިއަރަތްތަކުގެ ޖަވާބު އެނގޭ ނަމަ އަވަހަށް ހިއްސާކުރޭ!

71%
އުފާވި
14%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
14%
ރުޅިއައި