ގިރިފުށީ ޖެޓީ ސަރަހައްދަށް އޮޔާ ގެންދަނިކޮށް ހޯދި ޕާރިސަލު:--
ރާއްޖޭގެ ރަށްރަށަށް މި ލައްގަނީ ކޯއްޗެއް؟
މިއަދު އެމްއެންޑީއެފުން ބުނެފައިވަނީ، 11:30 ހާއިރު ގިރިފުށީ ޖެޓީ ސަރަހައްދަށް އޮޔާ ގެންދިޔަ ދެ ފޫޓުގެ ޕާރިސަލެއް ފެނިފައިވާކަމަށެވެ. މިފަދަ ޕާރިސަލެއް ބ. އޭދަފުށިން މިދިޔަ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ފެނިފައިވެއެވެ.
Advertisement
މިއަދު އެމްއެންޑީއެފުން ބުނެފައިވަނީ، 11:30 ހާއިރު ގިރިފުށީ ޖެޓީ ސަރަހައްދަށް އޮޔާ ގެންދިޔަ ދެ ފޫޓުގެ ޕާރިސަލެއް ފެނިފައިވާކަމަށެވެ. މިފަދަ ޕާރިސަލެއް ބ. އޭދަފުށިން މިދިޔަ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ފެނިފައިވެއެވެ.



އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަނީ ވަރަށް ރަނގަޅަށް ބަންދުކޮށްފައި ހުރި ޕާރިސަލެކެވެ. ނަމަވެސް އެއީ ކޯއްޗެއްކަން ސާފު ނުވާތީ އެއީ ކޯއްޗެއްތޯ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ ގިރިފުށީ ފަޅުތެރެއިން މަސްތުވާތަކެތި ބަސްތާއެއް އޮޔާ ދާކަމަށް އެއްވެސް ފަރާތަކުން ފުލުހުންނަށް އަންގާފައި ނުވާކަމަށެވެ.


ބ. އޭދަފުއްޓަށް ޑިސެންބަރު މަހު ލެއްގި ގޮތްނޭގޭ ފަތް ބޮނޑި

މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ޕްލާސްޓިކް ކޮތަޅެއްގައި ބަންދުކޮށްފައިވާ ފަތްތަކެއް ބ. އޭދަފުށީ ފަޅު ތެރެއިން ފެނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ ކޮތަޅެއްގައި ބަންދުކޮށްފައިވާ ފަތްތަކެއް ފެނިގެން ފުލުހުންނަށް އެ މައުލޫމާތު ލިބިފައިވަނީ އެ ދުވަހު ހެނދުނު 10:14 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

އޭދަފުށި ކައުންސިލް އިދާރާ އިން އެދުވަހު ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ ބަނދަރުގެ އުތުރު ފަރާތުން މި ފަތްތައް ފެނުނުއިރު ހުރީ ފެން ނުވަންނާނެހެން ރީތިކޮށް ބަންދުކޮށްފައި ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ފަތެއް ކަން އެ ވަގުތު އެތަނުގައި ތިބި އެއްވެސް މީހަކަށް ނޭނގުނު ކަމަށާއި އެހެންވެސް އެ ކޮތަޅު ފުލުހުންނާ ހަވާލުކުރީ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ބައެއް މީހުން ބުނާގޮތުގައި އެއީ މަސްތުވާތަކެތީގެ ބާވަތަކަށް ވުން ވެސް އެކަށީގެންވެއެވެ.

އަނެއް ބަޔަކު ބުނަނީ އެއީ ދުން ފަތް ކަމަށެވެ.

ނަމަވެސް ސުވާލަކީ މިހާ ބޮޑަށް ޕާރިސަލުކޮށް ފެން ނުވައްނަ ގޮތް ހަދައިގެން ދުން ފަތް ގެނެސްދާނެބާ؟ އެވެ.

އަނެއްބަޔަކު ބުނަނީ އެއީ "މަދު ގަހު ފަތް" ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ބައެއް މީހުން މަސްޓޭންކަށް އަޅަން ގެންގުޅޭ އެއްޗެއް ކަމަށްވެސް ބުނެއެވެ.

މިފަދަ ހާދިސާއެއް ގާތް ގާތުގައި ހިގާފައިވާއިރު، މިކަމަށް އެދެވޭ ޖަވާބެއް ލިބޭނީ ފުލުހުންގެ ތަހުގީގު ނިންމުމުންނެވެ.
0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި