އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން އެތައް ގުނައެއް ކުޑަ އެއްޗެއް--
އީ-ސިނގިރޭޓް: އާ ހޯދުންތަކާއި، ކަންބޮޑުވުންތައް އަދި ހައްލުތައް!
‎އީ-ސިނގިރޭޓަކީ ކޮބައިކަން މީގެ ކުރީގެ ލިޔުންތަކުގައި ވަރަށް ބޮޑަށް ތަފްސީލުކޮށްދީފައި ވާނެ އެވެ؛ އަލުން ކިޔާލަން ބޭނުންނަމަ <a href="https://cnm.mv/news-93224.html">[މި ލިންކް ބައްލަވާށެވެ.]</a> އީ-ސިނގިރޭޓާއި ގުޅޭ އާ ހޯދުންތަކުގެ ވާހަކަ ފަށަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޔުނިވާސިޓީތަކުން ހަދާފައިވާ ދިރާރާސާތަކުގެ ނަތީޖާ ވަރަށް ސާފެވެ؛ އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން އެތައް ގުނައެއް ކުޑަ އެއްޗެއް ކަމެވެ.
Advertisement
‎އީ-ސިނގިރޭޓަކީ ކޮބައިކަން މީގެ ކުރީގެ ލިޔުންތަކުގައި ވަރަށް ބޮޑަށް ތަފްސީލުކޮށްދީފައި ވާނެ އެވެ؛ އަލުން ކިޔާލަން ބޭނުންނަމަ [މި ލިންކް ބައްލަވާށެވެ.] އީ-ސިނގިރޭޓާއި ގުޅޭ އާ ހޯދުންތަކުގެ ވާހަކަ ފަށަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޔުނިވާސިޓީތަކުން ހަދާފައިވާ ދިރާރާސާތަކުގެ ނަތީޖާ ވަރަށް ސާފެވެ؛ އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން އެތައް ގުނައެއް ކުޑަ އެއްޗެއް ކަމެވެ.

‎ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާތަނަށް އީ-ސިނގިރޭޓަށް މާ ބޮޑު ތާއީދެއް ނުކުރި ނަމަވެސް، އެ ޖަމިއްޔާ އިން ވެސް އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ގެއްލުން ބޮޑު އެއްޗެއް ކަމަށް މިހާތަނަށް ބުނެފައެއް ނުވެ އެވެ. އަދި ޔުނިވާސިޓީ އޮފް ނޮޓިންހަމް، ކުއިން މޭރީ ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް އެޑިންބާގް، ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން، ޔުނިވާސިޓީ އޮފް މެލްބަން، ކާޑިފް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ޕެޓްރާޒް ފަދަ އިތުބާރުލިބިފައިވާ ބޮޑެތި އެތައް ޔުނިވާސިޓީތަކަކުން ހޯދާފައިވާ ހޯދުންތަކުން ވެސް އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއް ކަން ޔަގީންކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

‎ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެކްޝަން އޮން ސްމޯކިން އެންޑް ހެލްތު (އޭޝް) ފަދަ ޖަމިއްޔާތައް، އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އެއްޗެއް ކަމަށް ގަބޫލުކުރެ އެވެ. އޭގެ އިތުރުން ޕަބްލިކް ހެލްތް އިންގްލޭންޑް އާއި ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ވެސް އާންމުކޮށް ސިނގިރޭޓްބޯ މީހުން އީ-ސިނގިރޭޓަށް ބަދަލުވުމަށް ބާރު އަޅަ އެވެ؛ އީ-ސިނގިރޭޓުގެ ގެއްލުން ކުޑަ ކަމަށް އެ ގައުމުތަކުން ގަބޫލު ކުރެ އެވެ.

‎އީ-ސިނގިރޭޓާއި ގުޅޭގޮތުން މިހާރު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ އެމެރިކާ އަށެވެ. އެ ގައުމުގައި އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ މެދުގައި ފުއްޕާމޭގެ މައްސަލަތަކެއް ޖެހި، އޭގެ ތެރެއިން ބަޔަކު މަރުވުމުންނެވެ. އެއީ ކިހިނެއް ދިމާވި ކަމެއް ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނުވަތަ އެފަދަ ހާދިސާތަކުގެ ބޭނުން ހިފައި އީ-ސިނގިރޭޓްގެ ހަގީގަތް އޮޅުވާލުމުގެ ބިރު އޮތުމެވެ.

‎އެމެރިކާގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް ހޯދާފައިވާ ހޯދުންތައް ދައްކާ ގޮތުގައި އެ ކަން ހިނގަން އެންމެ ބޮޑަށް މެދުވެރިވީ ޓެޓްރޯހައިޑްރޯކެނެބިނޮލް (ޓީއެޗްސީ) ކިހާ ކޮންޕައުންޑެކެވެ. ޓީއެޗްސީ އަކީ ކެނެބިހުގައި އެކުލެވޭ އެއްޗެކެޗެ؛ އެހެންކަމުން އެ މައްސަލަތައް ދިމާވި ކެނަބިހާއި ގުޅޭ ފްލޭވާތައް ބޭނުންކޮށްގެން ވޭޕް ކުރާ މީހުންނަށެވެ.

‎މިއީ އާ ކަންބޮޑުވުންތަކަކަށް ވެސް ހުޅުވުނު ދޮރެކެވެ. އެގޮތުން ގައުމުތަކުން އީ-ސިނގިރޭޓް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން އެމެރިކާގައި ދިމާވި ހާދިސާއިން ދައްކުވައިދެ އެވެ. އެގޮތުން ވޭޕް ފްލޭވާތަކާއި، ޓޭންކްތަކުގެ އިތުރުން އެއާ ގުޅޭ އެހެނިހެން ގަވާއިދުތައް އެކުލަވާލާ، ރެގިއުލޭޓް ކުރަން ޖެހެ އެވެ؛ އާ ގަވާއިދުތަކަކީ ފަހުގެ ދިރާސާތަކުގެ ނަތީޖާ އަށް ބިނާވެގެން، ތަޖުރިބާކާރުންގެ ލަފާގެ މަތިން ހެދޭ ގަވާއިދުތަކަކަށް ވުމަކީ ވެސް އިންތިހާ އަށް މުހިންމު ކަމެކެވެ. އެގޮތުން ހެދޭ ގަވާއިދުތަކަކީ އީ-ސިނގިރޭޓުގެ ބްލެކްމާކެޓް ވީހާވެސް ކުޑަކޮށް، އަދި އީ-ސިނގިރޭޓް އަދި އާންމުކޮށް ބޭނުންކުރާ ސިނގިރޭޓް އަލަށް ބޭނުންކުރަންފަށާ ޒުވާނުން މަދުކުރެވޭނެ ގޮތަކަށް ތައްޔާރުކުރެވޭ ގަވާއިދަކަށް ވުމަކީ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

‎އެހެންނޫންނަމަ އީ-ސިނގިރޭޓާއި ގުޅޭގޮތުން މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، އީ-ސިނގިރޭޓުގެ ބަދަލުގައި އާންމުކޮށް ބޭނުންކުރާ ސިނގިރޭޓް ބޯން ފެށުމުގެ ބިރު އެބައޮތެވެ. އެހެންކަމަށްވެއްޖެނަމަ، އެއީ ސިއްހަތަށް ގެއްލުން ކުޑަ ގޮތެއް އޮއްވާ އޭގެ ބަދަލުގައި އެތައް ބަޔަކު އެއަށް ވުރެއް ބޮޑު ނުރައްކަލަކަށް ވައްޓާލުން ކަމަށް ވާނެ އެވެ.
25%
އުފާވި
50%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
0%
ރުޅިއައި