ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ފުރަތަމަ ހަފްތާގައި ހަރަދުކުރީ 219 މިލިއަން ރުފިޔާ
މިހިނގާ 2020 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބި، 219.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
Advertisement
މިހިނގާ 2020 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބި، 219.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން ޓެކްސްގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަފްތާގައި ލިބިފައި ވަނީ 54.2 މިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތްގޮތުން 32.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތަށް އެއްވެސް އެއްޗެއް ލިބިފައެއް ނުވެ އެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބިފައިވަނީ 234.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 146 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރީ ރިކަރަންޓް ހަރަދުގެ ގޮތުގަ އެވެ. އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި 137.6 މިލިއަން ރުފިޔާ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހަރަދުކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކުރި 129.2 މިލިއަން ރުފިޔާ، މުސާރަ އާއި ޕެންޝަނަށް ހޭދަކުރި 8.3 މިލިއަން ރުފިޔާ ހިމެނެ އެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމެންޓްތަކުގެ ގޮތުގައި 82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި 37.9 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު 35.9 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.
0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި