Dheenaai maslahathaai minivankamahvure muhimmu kameh nei: Raees
vfp.mv
VFPBAAZAARU
HM
HM
ދީނާއި މަސްލަހަތާއި މިނިވަންކަމަށްވުރެ މުހިއްމުކަމެއް ނެތް: ރައީސް
inage
ދީނާއި މަސްލަހަތާއި މިނިވަންކަމަށްވުރެ މުހިއްމުކަމެއް ނެތް: ރައީސް
  ހަބަރު | ސިޔާސީ | 14 ސެޕްޓެމްބަރ 2018 | 1 ކޮމެންޓް
އިސްލާމް ދީނާއި ރައްޔިތުންގެ މަސްލަހަތާއި ސަލާމަތާއި ޤައުމުގެ މިނިވަންކަން ދިފާއުކުރުމަށް ވުރެ މުހިއްމުކަމެއް ނެތްކަމަށާއި މި ކަންކަން ދެމެހެއްޓުމަށް ރައްޔިތުންނަށްވެސް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ. dhi2
ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫއާއި މަރަދޫ އަދި މަރަދޫފޭދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ފޭދޫގެ ބިން ހިއްކުމުގެ ނިމުން ފާހަގަކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ލިބޭ ކުރިއެރުމަކީ ހުރިހާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ހާސިލްކުރެވޭ ކުރިއެރުން ކަމަށާއި ޤައުމަށް ނިކަމެތިކަމެއް ލިބުމުން އެއީ ހަމައެކަނި ސަރުކާރަށް ލިބޭ ނިކަމެތިކަމެއްކަމުގައި ނުދެކުމަށާއި، އެނިކަމެތިކަމަކީ ދިވެހި އެންމެހާ ރައްޔިތުން ތަހަންމަލު ކުރަންޖެހޭނެކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ކަރަންޓުގެ އަގު ހެޔޮކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 50 އިންސައްތައަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
5 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
5 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
5 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
9 ގަޑިއިރު ކުރިން
ހިޔާލު

ސައްޕޭ
ސަރުކާރުން ހިންގާ މުންކަރާތްތަކާއި، ޖަރީމާގެ ސަބަބުން ސަރުކާރަށް ކުރިމަތިވާ މުސީބާތަކުގެ ބުރައުފުލާކަށް ރައްޔިތުންނަށް ނުޖެހޭނެ، އޭގެކުރިން ހުރިހާ ރައްޔިތުންވެގެން އެކަންކުރިމީހުން ސަރުކާރުން ބޭރުކުރާނަން، އޯކޭ ދޯ!
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]