Bendtner Taxi Driver Ehge Dhaidholhi Bindhaalaifi
vfp.mv
VFPBAAZAARU
HM
HM
ބެންޓްނާ ޑްރައިވަރެއްގެ ދަތްދޮޅި ބިންދާލި މައްސަލަ ފުލުހަށް
inage
ނިކްލަސް ބެންޓްނާ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 12 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ނިކްލަސް ބެންޓްނާ ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ އޭނާ ދަތްދޮޅި ބިންދާލި ކަމަށް ބުނާ މައްސަލައެއް ޑޭންމާކު ފުލުހުން ބަލަން ފަށައިފި އެވެ. dhi2
ނޯވޭގެ ކްލަބެއް ކަމުގައިވާ ރޮސެންބޯގްއާ ދާދިފަހުން ގުޅުނު ބެންޓްނާގެ މައްޗަށް ތުހުމަތު ކުރަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓެކްސީ ޑްރައިވަރަކާ ދެމެދު ހިތް ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާ، ޑްރައިވަރުގެ ދަތްދޮޅި ބިންދާލި ކަމަށެވެ.

އުމުރުން 30 އަހަރުގެ ބެންޓްނާ މި މައްސަލާގައި ޓެކްސީ ޑްރައިވަރަށް ހަމަލާދިން ކަމަށް އިއުތިރާފުވެފައިވާއިރު އޭނާ ބުނީ އެކަން އެގޮތަށް ކޮށްފައިވަނީ އަމިއްލަ ދިފާއުގައި ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބެންޓްނާ ހަމަލާދިނުމުގެ ސަބަބުން އަނިޔާވި ޓެކްސީ ޑްރައިވަރު މައްސަކަތް ކުރާ ކުންފުނިން މި މައްސަލާގައި ނެރުނު ބަޔާނެއްގައި ޑްރައިވަރަށް އަނިޔާވިކަން ކަށަވަރު ކޮށްދެމުން ބުނެފައިވަނީ ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބި އޭނާގެ އަނިޔާތަށް ރަނގަޅު ކުރުމަށް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ގުޅުންހުރި
ފުވައްމުލަކުގައި ވަޅި ޖެހި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
16 ސެޕްޓެމްބަރ 2018
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
16 ސެޕްޓެމްބަރ 2018
ފުވައްމުލަކުގައި މީހެއްގެ ކަރަށާއި ބަނޑަށް ވަޅި ޖަހައި ޒަހަމުކޮށްލައިފި
15 ސެޕްޓެމްބަރ 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]