Barcelona Ge Aa Jersey Baazaarah, Supporterun Rathah
vfp.mv
VFPBAAZAARU
HM
HM
ބާސެލޯނާގެ އާ ޖާޒީ ބާޒާރަށް، ސަޕޯޓަަރުން ރަތަށް
inage
  ކުޅިވަރު | ދުނިޔެ | 12 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއިން މި ސީޒަނުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ތާޑް ކިޓް ބާޒާރަށް ނެރުމާއެކު އެކްލަބަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ. kobadoctor
އެހެން އަހަރުތަކާ ހިލާފަށް ތަފާތު ކުލައެއްގައި މިފަހަރު ނެރުނު ބާސެލޯނާގެ ތާޑް ކިޓް އެކްލަބުން ބާޒާރަށް ނެރުނީ މިއަދެވެ. ފިޔާތޮށި ކުލައިން ޑިޒައިންކޮށްފައިވާ މި ޖާޒީ ފަރުމާކޮށްފައިވަނީ ނައިކީ އިންނެވެ.

ބާސެލޯނާއިން އެކްލަބުގެ ޖާޒީ ބާޒާރަށް ނެރެ ވިއްކަން ފެށުމާއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ޖާޒީގެ އަގަށެވެ. އެގޮތުން މިފަހަރު އެކްލަބުގެ ޖާޒީ ވިއްކަން ހަމަޖެހިފައިވަނީ 100 ޕައުންޑް ( 2009 ރުފިޔާ ) އަށެވެ. މިކަހާލ ހިތް ހަމަނުޖެހި ގިނަ ބަޔަކު ދަނީ އެކްލަބަށް ފާޑު ކިޔަމުންނެވެ. އެގޮތުން ޖާޒީގެ އަގުބޮޑު ކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ލިޔެފައިވަނީ އެކްލަބުން މަސައްކަތް ކުރަނީ ސަޕޯޓަރުން "ފެލަން" ކަމަށެވެ.

ބާސެލޯނާއިން އަލަށް ބާޒާރަށް ނެރުނު ޖާޒީގެ އަގު 100 ޕައުންޑަށް އުޅޭއިރު ދާދިފަހުން ޗެލްސީން ނެރުނު އެކްލަބުގެ ތާޑް ކިޓު ވެސް އުޅެނީ ހަމަ އެހާކަށް ވަރެއްގައެވެ. އެގޮތުން އެކްލަބުގެ ޖާޒީ ވިއްކަމުން ދަނީ 97 ޕައުންޑަށެވެ. ޗެލްސީގެ ޖާޒީ އަކީ ވެސް ނައިކީން ފަރުމާކޮށްފައިވާ ޖާޒީ އެކެވެ. ނަމަވެސް ބާސާގެ ޖާޒީއާއި ހިލާފަށް ޗެލްސީގެ ޖާޒީގައި، ޖާޒީގެ ތަންކޮޅެއް ސްކޭންކޮށްލައިގެން އެކި ކަހަލަ ޑިސްކައުންޓުތަކާ އެނޫން ވެސް އެކި ކަލަހަ އިނާނުތައް ލިބޭ ޗިޕެއް ނައިކީން ވަނީ ހިމަނާފައެވެ.
ގުޅުންހުރި
ލައިސަންސް ހިފަހެއްޓުމުން ޕީކޭ ބައިސްކަލެއްގައި ފަރިތަކުރުންތަކަށް
5 ސެޕްޓެމްބަރ 2018
މެސީގެ ކެޕްޓަންކަމުގެ ދަށުން ބާސާ ފުރަތަމަ ތަށި ކާމިޔާބުކޮށްފި
13 އޯގަސްޓު 2018
ފާޑިނަންޑުގެ އިންޒާރު ވުޑްވާޑަށް: ޕޮގްބާ ވިއްކާނުލާތި
7 އޯގަސްޓު 2018
ޕޮގްބާއަށް ބާސެލޯނާއިން ކުރި ބިޑު ޔުނައިޓެޑުން ގަބޫލެއް ނުކުރި
7 އޯގަސްޓު 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]