Raees Yaminah Thaidhu Nukuraa Baeh Ilumuveringe Photo Jahaigen List Nerumun Hoonuvejje
vfp.mv
VFPBAAZAARU
MIB
MIB
ޔާމީނަށް ތާއީދު ނުކުރާ އިލުމުވެރިންގެ ފޮޓޯ ޖަހައިގެން ލިސްޓު ނެރުމުން ހޫނުވެއްޖެ
inage
ރައީސް ޔާމީނަށް ތާއީދު ކުރާ ކަމަށް ބުނެ އާއްމުކޮށްފައިވާ އިލުމުވެރިންގެ ފޮޓޯތައް---
  ހަބަރު | ސިޔާސީ | 12 ސެޕްޓެމްބަރ 2018 | 17 ކޮމެންޓް
ބައެއް އިލުމުވެރިންގެ ހުއްދަ ނުހޯދާ ރައީސް އަބްދުﷲ ޔާމީނަށް 66 އިލުމުވެރިޔަކު ތާއީދު ކުރާ ކަމަށް ބުނެ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސޯޝަލް މީޑިއާގައި ފޮޓޯ ޖަހައިގެން ލިސްޓެއް އާއްމު ކުރުމުން އެ މައްސަލަ ހޫނުވެއްޖެއެވެ. dhi2
ރައީސް ޔާމީނަށް ތާއީދު ކުރާ 66 އިލުމުވެރިން ކަމަށް ބުނެ އެބޭފުޅުންގެ ފޮޓޯއާއެކު ނިހާން ޓްވިޓާގައި ވިދާޅުވެފައިވަނީ 98 އިންސައްތަ އިލުމުވެރިންގެ ތާއީދު އޮތީ ރައީސް ޔާމީނަށް ކަމަށެވެ.

ނިހާން ވަނީ އެ 66 އިލުމުވެރިން ރައީސް ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ބައިއަތު ހިއްޕަވާފައިވާ ކަމަށް ފޭސްބުކްގައި ވިދާޅުވެފައެވެ.
ނިހާން ކުރައްވާފައިވާ ޓްވީޓާއި ގުޅިގެން ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ހުސައިން މައުރޫފު ވަނީ އެއީ ފޭކު ލިސްޓެއް ކަމަށް ބުނެ އެ ޓްވީޓަށް ރައްދު ދެއްވާފައެވެ.
ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ޝެއިހް އަހުމަދު ނަޒީހު ވެސް ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ލިސްޓުގައި ނަން ހިމެނީ އެނގުމެއް ނެތި ކަމަށް ވިދާޅުވެފައެވެ.
ޝެއިހް ނިމާލު މުހައްމަދު ވެސް ވަނީ އެބޭފުޅާ ވަކި ފަރާތަކަށް ތާއީދު ކުރިކަން ހާމަ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
ޝެއިހް މުހައްމަދު ޝަމްއޫނު ވެސް ވަނީ ނިހާންމެން ކުޅޭ ކުޅިގަނޑާ އެބޭފުޅާ ދުރުގައި ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
އާއްމުކޮށްފައިވާ ލިސްޓުގައި ސަރުކާރުގެ އެކި ވަޒީފާތައް އަދާ ކުރައްވަމުން ގެންދަވާ ބައެއް ޝެއިހުންގެ ފޮޓޯތައް ވެސް ހިމަނާފައިވާ އިރު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޝެއިހަކު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ފޮޓޯ ޖަހައިގެން ލިސްޓެއް ނެރެފައިވަނީ އެނގިގެން ނޫން ކަމަށާއި، އެކަމަށް ހުއްދަ ވެސް ދީފައި ނުވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވާ އިލުމުވެރިން ކަމަށް ވިދާޅުވެ ނެރެފައިވާ ލިސްޓުގައި ނައިފަރު ކޯޓުގެ ގާޒީ ޝެއިހް މުހައްމަދު މޫސާއާއި މީދޫ ކޯޓުގެ ގާޒީ ޝެއިހް މުހައްމަދު ތޮއްޔިބުގެ ފޮޓޯ ވެސް ހިމެނެއެވެ. ތޮއްޔިބުވަނީ އެބޭފުޅާގެ ފޮޓޯ ވެސް އާއްމުކޮށްފައިވަނީ އެނގިގެން ނޫން ކަމަށް ވިދާޅުވެފައެވެ.
މިހަބަރާއި ގުޅިގެން ނިހާންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ގުޅުންހުރި
ރައީސް ޔާމީނަށް އިތުބާރު ކުރަން ހެޔޮ ނުވާނެ: ނިޔާޒު
17 ސެޕްޓެމްބަރ 2018
އައިޑީ ކާޑު ގަންނަން އުޅޭ ކަމުގެ ތުހުމަތު މުއައްސަސާތަކުގެ ބައެއް ވެރިންނަށް!
16 ސެޕްޓެމްބަރ 2018
އިންތިހާބަށް ނުފޫޒު ފޯރުވަން ފައިސާ ބޭނުން ކުރާ ކަމުގެ ތުހުމަތު އިދިކޮޅަށް
15 ސެޕްޓެމްބަރ 2018
ޅ.އަތޮޅާއި ހިންނަވަރުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ޔާމީނަށް: ނާޒިމް
15 ސެޕްޓެމްބަރ 2018
ހިޔާލު

މުސްތަފާ
ވަގުންނަށް ތާއީދު ކުރާނީ ވެސް ވަގުން. ޝެއިޚުންގެ ފަސްބައި ހަޑިނުކޮށް ތިބުމަށް ގޮވާލަން.
ނާޅި
ޑރ ޝަހީމް ކާރިން އައްސަވާބަލަ ޝަހީމުގެ އެކުވެރިޔާ ބިން ސަލްމާނު ހަރަމްފުޅުގެ އިމާމު އާލު ތާލިބަށް ހެދިގޮތެއް !
ކާލާމަންނަ
އެންމެފަހުން އަތަކަށްނުންތިގޮވީ . ނިހާނުމެންތިއުޅެނީ އޮންލައިނުން ޝޭޚުންވިއްކާލަން . ދެންޖަހާއައިބޭގަވެސް
ކާލި
ސައުދީގައި މިހާރު އިލްމުވެރިންނަށް އަނިޔާ ދެމުންދާ ވަލާއަހުދު ބިން ސަލްމާނުގެ ވަރަށް ބޮޑު އެކުވެރިޔެއް ޑރ ޝަހީމަކީ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް !
ލަދު
ވަގުން ނަށް ތާޢީދު ކުރާއިލްމުވެރިން ތިބޭތޯ ؟
އިންސާފު
ސުރުޚި އަކާއި ލިޔުމާއި ދިމާ ނުވޭ. ސުރުޚީ ކިޔާފައި ލިޔުން ކިޔާލުމުން އަސްލު އެނގިގެން ދަނީ ގައުމުގައި ފިތުނަ އުފައްދާ މިންވަރު. ޚާއްސަކޮށް މިހާރު ވީ.އެފް.ޕީ. ނޫސް ވެގެން ގޮސްފައިވަނީ ރ.ޓީވީ. އާއި ރ.އެމްވީއަށް ވުރެވެސް ފިތުނަ އުފެއްދުމުގައި ކުރީގައި އުޅޭ ބަޔަކަށް. އެއްވެސް ގޮތެއް ފޮތެއް ތަނެއް ދޮރެއް ބަލައިލުމެއް ނެތި ހިތު ހުރިއެއްޗެއް ލިޔަމުންދަނީ އެކަމުން ނުކުންނާނޭ ނަތީޖާއަކަށް ބެލުމެއްނެތި ﷲ އަށް ބިރުވެތި ވުމެއް ނެތި.
މިކޮމެންޓް ޖަހައި ނުދިނަސް ހަމަގައިމުވެސް ކިޔާނެ ކަމަށް އުއްމީދުކުރަން.
Abdulla Rasheed
ތިކަމުންވެސް ހަމަ ވައްކަން
ޞައްދާމު
ސުރުޚީގަ ވަނީ ތާއީދު ނުކުރާ ވާހަކަ
ޢިލްމުވެރިން
މިޒާތު ކަންތައްކުރީމަ ރައްޔިތުންގެ ހިތުގައި އުފެދުނީ ހައްތަހާ ނަފުރަތު
ނަން
އަބުރުގެ ދައުވާ ކުރޭ!
އެޅަބެއްޔާ
ތައްޓު މައްޗައް އެއްލާ ވަގުތު ސާމަރާ ހިފައިގެން ހުނަނާތި.
އަޅޭ
ހުންނާނީ ރަނގަޅަށް ދީނީކާޑު ކުޅެވިފަ މިހާރު...ހުރިހާ ގޮތަކުން ތިޔަވަނީ ފެއިލް...ރައްޔިތުން ތިބީ ވަރަށް ރަނގަޅަށް ހޭލާ... ބޮނަކުވާ ފެން އަނގަޔަށް އަޅައިގެން މަޖްލިސްތެރޭ ރޮޒޭގެ މޫނަށް ޖެހޭތޯބަލާ...އޭރުން ތިޔަ ސައިޒް ފެންނާނީ...ލޮލް
ސައްޕޭ
ހުރިހާ އިލްމުވެރިން ވިއްކާގެން ވެސް ވޯޓެއް އިތުރުކުރެވޭތޯ ބަލަ!
ސައްޕޭ
ގޮތްހުސްވެގެން މިހާރު އެއްމެ ފަހުގެ ހަތިޔާރު ލޯޑުކޮށްފި، މިމީހުން ހީކުރަނީ ދީނަކީ މިމީހުން ކުޅެން ބާއްވާލެއްވި އެއްޗެއްކަމަށް، ވަގަކަށް ހާސްދުވަސް ރައްޔިތުންނަށް 1 ދުވަސް
ގުބ
ޕީޕީއެމް އުޅެނީ ތާއީދު އޮތްކަންދައްކަން އެކަން އެންމެނައް އިންގޭ! ރައްޔިތުންގެ ތާއީދެއްވެސް އިލްމުވެރިންގެ ތާއީދެއްވެސް ނެތް! ކުންފުނިތަކުގެ ތާއީދުވެސް އޮތްކަމައް ދައްކަނީ މަޖުބޫރުކޮއްގެން!
ބާނި
މިފަހަރު ތިއޮތީ ހަމަ ރަނގަޅަށްވެސް ރައީސް ޔާމީނު ހިބަރުވަދުގައި ޖެހިފަ، ދެން ވާންކުރިވަރަކަށް ވާނީ އަނިޔާ، ލިބޭނީ ގެއްލުން، އެންމެފަހުން ނަގާ ޓައްޓު މައްޗަށް
ޖަމަލު
ޝަހުސުގެ ދައުވާ އަދި އަބުރުގެ ދައުވާގެ އިތރުން ފިކުރީ ވައްކަމުގެ ދައުވާ ކުރައްވާ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]