Vagakah Haas Dhuvas, Rayyithunnah Eh Dhuvas, Banner Fuluhun Nagaifi
vfp.mv
VFPBAAZAARU
HM
HM
"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ބެނާ ފުލުހުން ނަގައިފި
inage
މާޅޮހުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަނީ---ފޮޓޯ:ސޯޝަލް މީޑިއާ
  ހަބަރު | ސިޔާސީ | 12 ސެޕްޓެމްބަރ 2018 | 4 ކޮމެންޓް
"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ކަމަށް ލިޔެ ބ.މާޅޮހުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވާ ބެނާއެއް ފުލުހުން މިއަދު ނަގައިފިއެވެ. dhi2
މާޅޮހުގައި އިދިކޮޅު ކެމްޕޭންގައި ހަރަކާތްތެރިވާ އިސް މީހަކު ވީއެފްޕީއަށް ބުނި ގޮތުގައި ފުލުހުން ބެނާ ނެގި ވަކި ސަބަބެއް އަންގާފައި ނުވެއެވެ.

އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮންނަ މާޅޮހުގައި ދަމާފައިވާ އެ ދިދަ ފުލުހުން އަމިއްލައަށް މިއަދު ނެގި އިރު އެ ބެނާ ނަގަން ފުލުހުން ކައުންސިލުގައި ދެ ދުވަސް ކުރިން އެދިފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ބެނާ ނެގި ވަކި ސަބަބެއް ނާންގާ. އަޅުގަނޑުމެން މިބަލަނީ ވަގެކޭ ޖަހާފައި އޮތީމަ ކެތް ނުކުރެވުނީ ކަމަށް. އެ ބަހަކީ ހަރު ބަހަކުން ނަކަލުކޮށްފައިވާ ބަހެއް. މިރަށުގައި އެބަ ހުރި އެހެން ބެނާތައް ވެސް އެ ނުނަގާ. މިބެނާ ނަގަން ޖެހޭ ސަބަބެއް އޮންނާނެތާ ދެއްތޯ،" މާޅޮހުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އެމްޑީޕީން ދަމާފައިވާ ބެނާގައި "ވަގު" ޖަހާފައި އޮތުމުން ވަކި މީހަކަށް ނިސްބަތްކޮށް ދަމާފައިވާ ބެނާއެއް ކަމަށް ބުނެ ބެނާ ނަގަން ކައުންސިލަށް އެނގި ކަމަށެވެ. "އަޅުގަނޑުމެން ވާނެ އަންގާފައި ފުލުހުންގެ އެންގުމާ އެއްގޮތަށް ބެނާ ނަގަން އެމްޑީޕީއަށް،" ސުޖާއު ވިދާޅުވިއެވެ.

މިހަބަރާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ގުޅުންހުރި
އިބޫއަށް އެންމެ ހިތްގައިމު މަންޒަރެއް ފެނިވަޑައިގެންނެވީ ފީއަލިން
17 ސެޕްޓެމްބަރ 2018
ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް
17 ސެޕްޓެމްބަރ 2018
ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްދެއްވާ: މާރިޔާ
17 ސެޕްޓެމްބަރ 2018
މެނިފެސްޓޯގައި ދޮޅު އަހަރުން އިސްތިއުފާ ދޭ ވާހަކައާއި، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް
17 ސެޕްޓެމްބަރ 2018
ހިޔާލު

ކޭބީ
ވަގު އެއީ ވަކި މީހަކައް ނިސްބަތް ވާ ނަމެއްކަން އެއޮތީ އިންގިފަ... ކޮންމެވެސް ކޮންމެވެސް ވޯޓާ ކައިރިނުކުރާތި
ދޮން ސޭޓް
ދެން "ވަގަކަށް 1000 ދުވަސް ވެރިޔަކަށް 1 ދުވަސް" ކަަމަށް ލިޔެފަ އަވަހަށް ދަމާ...
އަހައްމާ
ފުލުހުންނަ ނޭގެނީތޯ ؟ ވަގަކަށް ހާސް ދުވަސް ރައްޔިތުންނަ ވޯޓުލާ ދުވަސް. މީ ހަގީގަތް.
ސާބެ
ހިޔާނާތާއި ވައްކަން ފޮރުވުމަށް މިއަދު ފުލުހުން ބޭނުންކުރެވިދާނެ... އެބުނާ އެއްދުވަސް އެބައާދޭ.. އެދުވަހަކު ފުލުހުން ތިބޭނީ ޝަރަފް ވެރިކަމާ އެކު އެމީހުންގެ ޒިންމާ އަދާކުރަން... މިއަދު ފުލުހުން ލައްވާ ތިޔަ ކުރަނީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރުވާ ފިނޑި އަމަލެއް
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]