Mi Gaumugai Meehun Harufa ves Kai ulhey
vfp.mv
VFPBAAZAARU
HM
HM
މިގައުމުގައި މީހުން ހަރުފަވެސް ކައި އުޅޭ
inage
މިގައުމުގައި ހަރުފަވެސް ކައި އުޅޭ
  ފޭޑި | | 12 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
ވިއެޓްނާމްގެ މީހުންނަކީ އެމީހުންގެ ކެއުމުގައި ހަރުފަވެސް ކައި އުޅޭ ބައެކެވެ. އެގޮތުން އާންމު ގޮތެއްގައި އެމީހުން ހަރުފަ ކައި އުޅޭނީ ހަރުފަ ސްޓީމްކޮށްގެން ނުވަތަ ފިހެގެންނެވެ. dhi2
އެގައުމުގެ މީހުން ދެކޭގޮތުގައި ހަރުފައަކީ ގިނަ ކަންކަމަށް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. އެގޮތުން ހަށިގަނޑުގެ ފިނިކޮށްދިނުމާއި ބޮލުގައި ރިއްސާނަމަ އެކަމަށް ހައްލެއް ލިބުމާއި ބަނޑުގައި ވައި އުފެދޭނަމަވެސް އެކަމަށް ހައްލެއް ލިބިގެންދާކަމަށް އެގައުމުގެ މީހުން ގަބޫލުކުރެއެވެ. އާންމު ގޮތެއްގައި އެގައުމުގެ މީހުން ހަރުފަ ހިފާ އުޅެނީ ވިއެޓްނާމްގެ އުތުރު ފަރާތުގައި އޮންނަ ޖަންގަލިންނެވެ.

އެގައުމުގެ ރެސްޓޯރެންޓު ތަކުންވެސް ހަރުފައިގެ ރެސެޕީތައް ލިބެން ހުރެއެވެ. ހަރުފައިގެ ރެސެޕީތައް ތައްޔާރުކުރާއިރު ލެމަންގްރާސް އަދި މިރުސް ބޭނުން ކުރެއެވެ. އަދި ހަރުފައިގެ ލޭ އަޅައިގެން ބަތް ކައްކާ އުޅެއެވެ.

ވައިލްޑް ލައިފް މާހިރުން ބުނާ ގޮތުގައި ހަރުފަ މަރަމުން ގެންދާ ނަމަ، ޖަންގަލިތަކުގެ އެކޯ ސިސްޓަމަށް ވަރަށް ބޮޑަށް ގެއްލުންވާނެއެވެ. ވިއެޓްނާމުގައި ހަރުފަ މަރަމުން ދިޔަ ނަމަވެސް އެގައުމުގެ އެއްވެސް ވުޒާރާއަކުން ފިޔަވަޅު އަޅާފައިނުވެއެވެ،
ގުޅުންހުރި
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]