Midhiya Mahu MIRA ah 1 Billion Ruffiya Libihje
vfp.mv
VFPBAAZAARU
HM
HM
މިދިޔަ މަހު މީރާއަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ
inage
މީރާ
  ވިޔަފާރި | އިގްތިސާދު | 12 ސެޕްޓެމްބަރ 2018 | 1 ކޮމެންޓް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮަށް މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. muni
މީރާއިން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 38.5 މިލިއަން ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނިއަށްވުރެ 0.4 އިންސައްތަ މަދު މިންވަރެކެވެ. ނަމަވެސް މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ 16.8 އިންސައްތަ އިތުރު ކަމަށް މީރާއިން ބުނެއެވެ.

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 52.3 އިންސައްތައަކީ ޖީއެސްޓީން ލިބުނު އާމްދަނީއެވެ. އެއީ 529 މިލިއަން ރުފިޔާއެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 121 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ގުޅުންހުރި
މީރާގެ ކަލެކްޝަން ސެންޓަރެއް އުނގޫފާރުގައި ހުޅުވައިފި
11 ސެޕްޓެމްބަރ 2018
ދެ މިލިއަން ރުފިޔާގެ ޖުރިމާނާ ރާއްޖެޓީވީން ދައްކައިފި
9 ސެޕްޓެމްބަރ 2018
މީރާގެ ސިޔާސީ ވިސްނުމެއް ނެތް އިންތިހާބީ އިއްތިފާގު!
30 އޯގަސްޓު 2018
ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މަޢާފު ކޮށްދޭން ނިންމައިފި
27 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
ފާތުމަ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮަށް މިދިޔަ މަހު ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ކަލަފި !!! މީ ހަގީގަތަކީ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]