Artificial Beach Mimahu Ha Dhuvahehgai Hoadhumah MDP in Edhefi
vfp.mv
VFPBAAZAARU
HM
HM
އާޓިފިޝަލް ބީޗް މިމަހު ހަ ދުވަހެއްގައި ހޯދުމަށް އެމްޑީޕީން އެދެފި
inage
އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން...
  ހަބަރު | ސިޔާސީ | 12 ސެޕްޓެމްބަރ 2018 | 5 ކޮމެންޓް
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރާޓީކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕޭނަށް މިމަހުގެ ހަ ދުވަހަކަށް އާޓިފިޝަލް ބީޗް ހޯދުމަށް އެދެފިއެވެ. Dhiraagu
އެމްޑީޕީން މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ މިމަހުގެ 13 އިން 15 އަށް އަދި 20 އިން 22 އަށް އާޓިފިޝަލް ބީޗް އެޕާޓީއަށް ދިނުމަށް އެދިފައެވެ.

"ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކެމްޕޭން އަދި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ދެއްވާފައެވެ." މި ހަދުވަހުގެ ހެދުނު 6 އިން މެންދުރު 12 އަށް އާޓިފިޝަލް ބީޗް ހޯދުމަށް އެމްޑީޕީން ފޮނުވި ސިޓީގައިވެއެވެ.


އިދިކޮޅު ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ދައުލަތުގެ އެއްވެސް ތަނެއް ނުދީ ތިން އަހަރަށް ބޭއްވުމަށްފަހު އިިދިކޮޅު ބޮޑު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ނުކުތުމާއި ގުޅިގެން ޕީޕީއެމުންވެސް ވަނީ އެޕާޓީގެ ސައިޒު ދައްކާލަން އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައެވެ.
ގުޅުންހުރި
އެމްޑީޕީގެ މެނިފެސްޓޯ: ބަނދަރުގައި ވެރިންގެ ބޭނުމަށް ބަންދުކުރި ޖާގަތައް ހުޅުވާލާނަން
5 ޖުލައި 2018
އެމްޑީޕީގެ މެނިފެސްޓޯ: ޕިކްނިކް ދިއުމަށް މާލެ ކައިރިން ހާއްސަ ރަށެއް
5 ޖުލައި 2018
އެމްޑީޕީގެ މެނިފެސްޓޯ: ވިޔަފާރިތަކަށް ލުއި ދިނުމަށް ޓެކްސް ފްރީ ޒޯންތަކެއް
4 ޖުލައި 2018
އެމްޑީޕީގެ މެނިޕެސްޓޯ: ޖާގަ ނެތް ރަށްރަށަށް ކައިރީ ފަޅުރަށްތަކުގައި އެގްރިދަނޑުތައް
4 ޖުލައި 2018
ހިޔާލު

މަރީ
މިހާރު އެއުޅެނީ ޕީޕީއެމްއިން ބޮޑު ޖަލްސާ ބާއްވަން އުޅޭތީ އެކަމަށް ހުރަސްއަޅަން
މެޑަމް އައިޝާ
ކާޅު ކޮށި އަޅަން ދޯ ހުރިހާހުއްދަ އެތާގަ
ދޮންކޮ
އަސްލު އެމްޑީޕީ ގެ ކަޑަ ކަމަކީ ޖަލްސާއެއް ބާއްވަން ބިމެއް ދިނަސް، އެމީހުން ބާއްވާ ޖަލްސާގަ ގިއްކިޔާފަ މީހުން ބައިވެރިވާތީވެ. އެއީ ވަރަށް ވެސް ހިތާމަވެެރި މަންޒަރެއް. އެމްޑީޕީވެސް އެހެން ކަންތައް ކޮއްގެން ނުވާނެ ދޯ!! ޢެހެން ކަންތައް ކުރީމާ ނިހާނުއާއި ތިނު އަދުރޭ ރުޅި އަންނަނީ އަހަރެމެން ދެކެ.
ސާބެ
ތިކަމާ ނޫޅުއްވާ... ތިޔަ ދައްކާ ބޮޑު ލަޝްކަރުގެ ބޮޑު މަންޒަރުތަކާ ހެދި ތިޔަ ފުރުސަތު ދެވޭކައް ނެތް... ސޮރީ
ނަޖްވާ
އަސްލު ދޭންޖެހޭނެ ދޯ ހަމަ؟
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]