Bharat ge Shooting Dhen Othy Abu Dhabi gai
vfp.mv
VFPBAAZAARU
HM
HM
ބާރަތުގެ ޝޫޓިން ދެން އޮތީ އަބޫ ދާބީގައި
inage
ބާރަތުގެ ލަވައެއްގެ މަންޒަރެއް--
  މުނިފޫހިފިލުވުން | ބޮލީވުޑް | 12 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ބާރަތުގެ ޝޫޓިން ދެން އޮތީ އަބޫ ދާބީގައެވެ. dhi2
މިދިޔަ މަހު މޮލްޓާގައި "ބާރަތު"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ނިންމާލާފައިވާއިރު ބާރަތުގެ ޝޫޓިން ދެން ކުރިއަށް ދާނީ އަބޫ ދާބީ ގައި ކަމަށް އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ދެތަރިން ކަމަށްވާ ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ވަރަށް އަވަހަށް އަބޫ ދާބީ އަށް ފުރާނެ ކަމަށްވެސް އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަބޫ ދާބީގައި ކުރިއަށް ގެންދާ ޝޫޓިން ފަށަނީ އަދި ކޮންއިރަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ޝެޑިއުލްގައި ސަލްމާން ހާން އާއި ކެޓްރީނާގެ އިތުރުން ބައިވެރިވަނީ ކޮން ތަރިންނެއް ކަމެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ބަޔަކު އެފިލްމަށް އިންތިޒާރުކުރަމުން ދާއިރު އެފިލްމުގައި ސަލަމާން ހާން އާއި ކެޓްރީނާގެ އިތުރުން ފިލްމުގައި ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގުރޯވާ، އާސިފް، ނޯރާ އަދި ޖެކީ ޝްރޮފް ވެސް ފެނިގެންދާނެއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ގުޅުންހުރި
ބާރަތުގައި ސަލްމާނުގެ ބައްޕައަކީ ކާކުކަން އެނގޭތަ؟
4 ސެޕްޓެމްބަރ 2018
ބާރަތުގެ ޝޫޓިން ސަލްމާން ނިންމާލައިފި
28 އޯގަސްޓު 2018
ބާރަތުގައި ސަލްމާނާއި ކެޓްރީނާ ފެންނާނެ ގޮތުގެ ފޮޓޯއެއް ދައްކާލައިފި
26 އޯގަސްޓު 2018
ޖެކޮލިން އަތުން "ބާރަތު" ދޫވެގެން ދިޔައީ ކީއްވެގެންކަން އިނގޭތަ؟
18 އޯގަސްޓު 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]