Priyanka Ahvure Nick Hagu Kamah Bune Faadukiyaa Mahsalaige Dhifaaugai Karan Johar
vfp.mv
VFPBAAZAARU
MIB
MIB
ޕްރިޔަންކާއަށްވުރެ ނިކް ހަގު ކަމަށް ބުނެ ފާޑުކިޔާ މައްސަލާގެ ދިފާއުގައި ކަރަން ޖޯހަރު
inage
ކަރަން ޖޯހަރު އަދި ޕްރިޔަންކާ އާއި ނިކް--
  މުނިފޫހިފިލުވުން | ބޮލީވުޑް | 12 ސެޕްޓެމްބަރ 2018 | 2 ކޮމެންޓް
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުމުރު އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސްއަށް ވުރެ ދޮށިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތް އެޖޯޑަށް އަމާޒުވެފައިވަނިކޮށް ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އެދެމީހުންގެ ދިފާއުގައި ތެދުވެއްޖެއެވެ. kobadoctor
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި ކަރަން ބުނީ މީހަކު ދެކެ ލޯބިވާއިރު އެމީހާގެ އުމުރަށް ބަލަން ނުޖެހޭކަމަށެވެ. އެގޮތުން އެކަކު އަނެކަކާއި މެދު ހިތްހަމަޖެހޭނަމަ ދެމީހުންގެ މެދުގައި އޮންނަ އުމުރުގެ ތަފާތަށް ބެލުމުގެ ބޭނުމެއް ނެތްކަމަށް ވެސް ކަރަން ބުނެއެވެ.

އުމުރުން 46 އަހަރުގެ ކަރަން ވަނީ ކައިވެންޏެއްކުރާއިރު އަންހެން މީހާއަށް ވުރެ ފިރިހެން މީހާ ދޮށީ ވާންޖެހޭނެ ކަމަށް ބުނާ ގަވައިދެއް ހަދާފައިވަނީ ކާކުތޯ ސުވާލު އުފައްދާފައެވެ. އެގޮތުން ބައެއް ފަހަރު އޭނާގެ އާއިލާގެ ތެރޭގައި ވެސް އަންހެން މީހާ ފިރިހެން މީހާއަށް ވުރެ ދޮށިވުން މައްސަލައެއްކަމަށް ދެކި ވާހަކަ ދައްކާފައިވާކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކަރަން ބުނެއެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި އުމުރުން 25 އަހަރުގެ ނިކް އެކަކު އަނެކަކާއެކު ނަގާފައިވާ ފޮޓޯތަކަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ޖޯކުޖަހަމުން އަންނައިރު ބައެއް ފަރާތްތަކުން ބުނަނީ ޕްރިޔަންކާ ނިކްގެ ކައިރީ ހުންނައިރު ހީވަނީ އޭނާގެ ދަރިއެއްގެ ކައިރީ ހުންނަހެންކަމަށެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިނަމަވެސް މިއަދާ ހަމައަށް ވެސް އެދެމީހުން ކުރެއެކެއްވެސް އެކަމަށް ރައްދުދީފައެއް ނުވެއެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަބަރުތައް ބުނެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕްރިޔަންކާއަށް 36 އަހަރު ފުރުން ފާހަގަކުރުމުގެ ތެރެއިން ދެމީހުން ވަނީ ލަންޑަނުގައި އެންގޭޖުވެފައެވެ. ނަމަވެސް ރަސްމީކޮށް ދެމީހުން އެންގޭޖުވެފައިވަނީ މިދިޔަ މަހު އިންޑިއާގައެވެ. އަދި އެހަފުލާގައި ދެމީހުންގެ އާއިލާގެ ފަރާތުން ވެސް މީހުން ބައިވެރިވިވެފައިވާއިރު ދެމީހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެކަން އަންގާފައެވެ.
ގުޅުންހުރި
ކުޗް ކުޗް ހޯތާ ހޭ ގެ ދެވަނަ ބަޔަށް ރަންބީރާއި އާލިއާ އަދި ޖާންވީ
11 ސެޕްޓެމްބަރ 2018
ކަރަން ޖޯހަރުގެ ފޭވަރިޓް އެކްޓަރަކީ ކާކުކަން އެނގޭތަ؟
5 ސެޕްޓެމްބަރ 2018
ކަރަން ޖޯހަރާއި ވައްތަރު މީހަކު ފެނި އޭނާވެސް ހައިރާން ވެއްޖެ
1 ސެޕްޓެމްބަރ 2018
ކަރަން ޖޯހަރު ކައިވެނިކުރަން ބޭނުމީ ކަރީނާއާ
1 ސެޕްޓެމްބަރ 2018
ހިޔާލު

ާާލައިޝާ
އަންހެނުން މުސްކުޅިވާލެއް އަވަސް ފިރިހެނުން ނަށްވުރެ އާއްމު ގޮތެއްގަ އަންހެނަކަށް ދަރިންނެއްް ނުލިިބޭ 56 58 އަށްވުރެ މައްޗަށް ދިޔައިމައެއް އެކަމަކު ފިރިހެނުން ނަށް 70 އަހަރު ވިޔަސް ދަރިންވެސް ލިބޭ
ޯޗަކާސް
ޢުމުރަކީ މައްސަލަ އެއް ނޫން، އެކަމަކު ފިރިހެނުން ދޮށި ވީމަ ރަގަޅީ،
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]