Ibu ah Mi ulhenee kihineh hadhanbaa!?
vfp.mv
VFPBAAZAARU
MIB
MIB
އިބޫއަށް މިއުޅެނީ ކިހިނެއް ހަދަންބާ!؟
inage
  ރިޕޯޓް | ސިޔާސީ | 12 ސެޕްޓެމްބަރ 2018 | 10 ކޮމެންޓް
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބުދުﷲ ޔާމީންނާއި ގުޅިފައިވާ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ތާއިދު ހޯދުމަށް ވާހަކަފުޅުތައް ދައްކަވަމުންގެންދަވާއިރު އިބޫ ދެއްކެވި ވާހަކަފުޅެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށިއިރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކަން ބޮޑުވެ ތަހުގީގެއް ކުރާ ވާހަކައެއް ފުލުހުން ނުދައްކަވައެވެ. Dhiraagu
ދޯންޏެއް ހާލުގައި ޖެހިގެން ފުލުހުންނާއި ގުޅުމުން ތާއީދު ކުރައްވަނީ ކޮން ފަރާތަކަށްތޯ އެހި ކަމަށް ވިދާޅުވެ އިބޫ ދެއްކެވި ވާހަކަފުޅެއް ތަހުގީގުކުރަން ފަށާފައިވާކަމަށް އިއްޔެ ފުލުހުން ހާމަކުރުމާއެކު ވަރަށް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް އެންމެ 12 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް އިބޫގެ މައްސަލައެއް ތަހުގީގުކުރާ ވާހަކަ ބުނެ ފުލުހުން އެ ވާހަކަ ހާމަކުރުމަކީ ކުޑަކަމެއްގެގޮތުގައި ނުފެނެއެވެ. ސަބަބަކީ އިބޫ އާ އެކު އިންތިހާބުގައި ވާދަކުރައްވާ ޔާމީން ވެސް ވަރަށް ނާޒުކު ވާހަކަތައް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދައްކަވާފައިވާއިރު އެވާހަކަތަކާ ބެހޭ ގޮތުން ފުލުހުންގެ މާ ބޮޑު ކަން ބޮޑުވުންތަކެއް ހުރިތަން ނުފެންނާތީއެވެ.

ފުލުހުންނާގުޅޭގޮތުން ދޮގު ވާހަކަ އިބޫ ދެއްކެވިކަމަށް ވިދާޅުވެ މައްސަލަ ތަހުގީގުކުރަމުންދާއިރު، ރައީސް ޔާމީން އަދަލުއިންސާފުގެ ބާރު ކަނޑުވާލައި ކޯޓްތަކަށް ނުފޫޒުފޯރުވިކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާކަމަށްވެ އެވެ. އެގޮތުން ރައީސް ނަޝީދާއި، ގާސީމް އިބްރާހީމުގެ ކެންޑިޑެންސީ ގެއްލުވާނީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލީ ވެސް ރައީސް ޔާމީން ކަމަށް އިއްޔެވަނީ ވިދާޅުވެފައެވެ.

މި ދެ ވާހަކައަކީ ވެސް ވަރަށް ސީރިއަސް ދެ ވާހަކައެވެ. ސަބަބަކީ ރައީސް ޔާމީން އެ ވިދާޅުވި ކަންކަމަށް ގޮތެއް ކަނޑައަޅަން ޖެހެނީ އެއްވެސް ނުފޫޒެއް ނެތި ހިނގާ އަދަލުއިންސާފު ގާއިމްކުރާ ފަރާތްކަމަށްވާ ކޯޓުންކަމަށް ގާނޫނުގައި ބުނާތީ އެވެ. ގާނޫނުގައި ކަން ހިނގަންވި މަގު ބުނެފައިވަނިކޮށް އެމަގުން އެކަން ހިނގާފައިނުވާކަމަށް ރައީސް ޔާމީން އިއުތިރާފުވެވަޑައިގެންފައިވުމަކީ ފުލުހުން ކަން ބޮޑުވާން ޖެހޭވަރުގެ ކަމަކަން ނުވަނީތޯ އެވެ.

ދެން އޮތީ އިބޫ ދެއްކެވި ވާހަކަ އެވެ. އަޑިއަށް ދިޔަ ދޯންޏަކަށް ފުލުހުންގެ އެހީތެރިކަން ހޯދަން ކުރި މަސައްކަތް ދިޔަގޮތުގެ ވާހަކައެވެ. އިބޫ ވިދާޅުވީ ފުލުހުންގެ އެހީތެރިކަން ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށް ގުޅައި އެހާދިސާގެ ވާހަކަ ރިޕޯޓްކުރިކަމަށެވެ. ފުލުހުންނާ ވާހަކަ ދައްކާފައި ފޯނު ބޭއްވި ފަހުން އިތުރު ފޯނު ކޯލެއް އެމީހާއަށް ލިބުނު ކަމަށާއި އެ ފޯނުކޯލުގައި ސާފުކުރީ ސިޔާސީ ވިސްނުމަކީ ކޮބައިތޯ އެހި ކަމަށެވެ. ޖަވާބުގައި އެމީހާ ބުނީ އޭނާގެ ސިޔާސީ ވިސްނުން ހުރީ އިންސާފަށް ބުނެ އެ ފޯނުކޯލަށް ޖަވާބު ދިންކަމަށް އިބޫ ގާތު އެ މީހާ ބުނިކަމަށް އިބޫ ވިދާޅުވިއެވެ.

ޔާމީނާއި އިބޫ ދެއްކެވި ވާހަކަތައް އެގޮތަށް ހުރިއިރު އިބޫގެ ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ފުލުހުން އިއްޔެ ބުނީ އެފަދަ ކަމެއް ފުލުހުން ކޮށްފައި ނުވާނެ ކަމަށާއި، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އިބޫ ދެއްކެވި ވާހަކަފުޅާގުޅިގެން ފުލުހުން ނެރުނު ބަޔާން އިއްވަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގަސްތުގައި ފުލުހުންނާއި ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަ، ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅައި ތަހުގީގު ކުރާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުން ބުނީ ގަންލަންދޫ ކަނޑު ހުރަސްކުރި ދޯންޏެއް ކަމަށް ބުނާ އެ ހާދިސާ ހިނގާފައި ވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ފުލުހުންގެ ވިސްނުން ހުރިގޮތަށް ބަލާއިރު، ތަހްގީގު ކުރަމުންދަނީ ފުލުހުންނާއި ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަދެއްކި މައްސަލާގައެވެ.

ފުލުހުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ އިބޫ ދެއްކި މައްސަލަ ފުލުހުން ބަލާއިރު، ރައީސް ނަޝީދާއި ގާސިމް އިބްރާހީމުގެ ކެންޑިޑެސީ ބާތިލުކޮށްލީ ރައީސް ޔާމީންކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަ އާއި 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލީ ރައީސް ޔާމީންކަމަށް އެ މަނިކުފާނު ވިދާޅުވި މައްސަލަ ތަހުގީގު ކުރާކަމެއް ނުވަތަ ނޫންކަން އާންމުކޮށް ފުލުހުން ހާމަނުކުރުމަކީ ފުލުހުންނާ މެދު ސުވާލު އުފެެއްދުމުގެ ފުރުސަތު އޮތް ކަމެކެވެ. އިބޫ މައްސަލަ ބަލާ ވާހަކަ ބުނުމަކީ އިބޫ އާ މެދު ތަފާތުކުރުމެއް ގެންގުޅެނީކަމަށް ނުވާނެތޯ އެވެ. އިބޫ މައްޗަށް މައްސަލައެއް އުފައްދާ ކަންތައްގަނޑެއް ހިންގަނީ ނޫންތޯ މިއީ ވެސް އުފެއްދިދާނެ ސުވާލެކެވެ.

ފުލުހުންގެ އެ އަމަލާ ގުޅިގެން ދެން އޮތް ސުވާލަކީ އިބޫއާ މެދު ގާނޫނީގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.

ކުރީގެ ޑެޕިއުޓި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާލުވީ ގަސްތުގައި ދޮގު ހަދައި އޮޅުވާލުމަކީ ކުށެއްގެ ގޮތުގައި އޮންނަނީ ކުރީގެ ޖިނާއީ އިޖުރާތުގައި ކަމަށެވެ. ނަމަވެސް މިހާރުގެ ޖިނާއީ އިޖުރާތުގައި އެއީ ކުށެއް ކަމަށް ފާހަގަކޮށްފައިނުވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ނަމަވެސް ޝަމީމު ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ބެލިދާނެކަމަށާއި ބަލާ ނަމަ ބެލޭނީ ޖިނާއީ އިޖުރާތުގެ 533 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ނަމަވެސް މިހާރު އެއީ ކުށެއް ނޫން ކަމަށް ޝަމީމު ވިދާޅުވިއެވެ.

" އެ މައްސަލަ ތަހްގީގު ކުރާ ނަމަ އެންމެ މަދުވެގެންވެސް ކޯޓުން ކަމެއް ކުރަން އެބަ ބޭނުންވޭ 13 ނޫނީ 14 ދުވަސް. އިބޫއާއި ސުވާލުކޮށް މުޅި ޕްރޮސެސް ނިންމަން ޕްރޮސީޖަރއަށް މިހާ ދުވަސް ނަގާނެ" ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ފުލުހުންނަށް މިވަގުތު ކުރެވޭނެ ކަމަކީ އިބޫ ރަށުން ބޭރަށް ފުރުން މަނާކޮށް ތަހުގީގަށް މާލެ ބަންދު ކުރުން ކަމަށެވެ.

އެހެންކަމުން އިބޫ އާ މެދު ފުލުހުން އަމަލުކުރަން މިއުޅޭގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް އެނގޭހާ ވެސް ކަމަކީ އިބޫ އާ މެދު ފުލުހުންގެ ލޯ ހުއްޓިފައިވާކަމަށެވެ.
ގުޅުންހުރި
އުމަރު ރަނިންމޭޓުކަން ދޭނީ ގަވަނޭންސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހަކަށް
23 ޖުލައި 2018
އެ ދަތުރުކުރައްވަނީ ރައިސްތަ، ނޫނީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓުތަ؟
23 ޖުލައި 2018
ކަރެކްޝަންގެ މުވައްޒަފުން ޖަލު ފޮށިތަކަށް ވޯޓްލުން މަޖުބޫރުކޮށްފި
22 ޖުލައި 2018
ވަޒީރުންނާއި ވެރިން ރީރެޖިސްޓްރީ ކުރުމުގައިއުޅޭތީ އިބޫ ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖުލައި 2018
ހިޔާލު

މަބޫ
އިބޫއަށް ހަދަން މިއުޅޭ ގޮތަކީ ވާހަކަ ދައްކަން ދަސްކޮށްދޭން. ޕޯޑިއަމް ތަކަށް އަރައި، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި، ކޮސްގޮވާތީ. އެކަން ރަނގަޅުކުރަން މިއުޅެނީ. ސާފުވެއްޖެތޯ.
އަންމަޑޭ
ޖެހިގެން އޮތް ވާދޫ ރިސޯރޓް ކައިރިން ލޯންޗަކާ ދޯންޏެއް ޖެހި ހިގި ހާދިސާއެއްގަ އަޅުގަނޑު ޕޮލިހައް ގުޅީމަ ވިދާޅުވި ތިޔަތަނައް ދެވޭކަށްނެތޭ މަޑުމަޑު ން އަންނާށޭ ޓީޖެޓީއަށް އޭރު ކައްޕިގެއްލިގެން މިއުޅެނީ ވީމާ ޕޮލިހުން ތިހެންބުނެދާނެކަމަށް ގަބޫލް ކުރަން
ޙފ×
މިރާއްޖޭގަ ޔާމީނައް ތާއީދު ނެތީމަ ވާނެގޮތްމި ވަނީ
ހުވަދު
އިބޫއަށް ލިބެމުންދާ ސަޕޯރޓް ޔާމީނަށް ފެނިފާ އޭނާގެ ހިތަށް ކެންނުވެގެން ފުލުހުންލައްވާ ކުރުވާކަންތައް ތީ. މިކަމުން ސަލާމަތް ވުމަށްޓަކާ ވޯޓުލާދުވަހު އެންމެހެދުނާ ހުރިހާއެންމެން ނިކުމެ ވޯޓު އަޅާ ޔާމީނު ބަލިކުރުންނޫން ގޮތެއް މިކަމުގާނެތް
މުޢީޒުބޭ
ނަމަނަމަ އިބޫ ފަހަތުން ދުވެ މިކަން ހުއްޓުވަން ނޫޅޭތި... ޔާމީން ދެއްކިވާހަކަތަކަށް ފުލުހުން ޖަވާބުދާރީވެ ހަމަހަމަ ކަން ނުދައްކާ މޮޔަނުހަދާތި... ރައްޔިތުންގެ ތާއީދު އޮތީ އިބޫއަށް
ކެޔޮޅު
މަސްމާރުކޭޓެކޭއެއްފަދަތަނެއް . .. މީނާގުޅުންހުރިއެއްވެސްމައްސަލައެއް މިރާއްޖޭގަނުބަލާނެކަމީ ކަށަވަރުވެޔަގީންވާކަމެއް . ވީމާ ބައިނަލްއަގުވާމީކޯޓަށް އެހުރިހާމައްސަލަތަކެއް ހުށައެޅުމަށް އެންމެހާދިވެހިރައްޔިތުންގެނަމުގަ ގޮވާލަން .. އަނެއްކާ އަހަރެން ޖަލަށްނުލާނެބާ ؟
ފިރުޓޭ
މީހުންވެސް ހަމަ ތިބޭނެ ދޯ މި ފުރަ މާލޭގައާ ރާއްޖޭގަ ހަމަ! ހެދިހާ އެއްޗެއް ހަދާތަން ބަލަހައްޓާއިގެން ތިބޭނެއެކޭ ހަމަ ހިތެއް ނުބުނޭ އިނގޭ!
މެޑަމް އައިޝާ
އަމިއްޅަ އަށް ހަޅާކު ވަނީ މޮޔައިން 15މަސް
އަހުމަދު
މިއީ އެބުނާ ހަމަހަމަކަމަކީ އެއްބައެއްގެފަހަތުން ފުލުހުން ދުވުން...
ވަކިމީހަކުބުނާއިރަށްފުލުސްނުކުމެ ހައްޔަރުކުރުން
ދޮންހަސަންބެ
ފުލުހުންގެ މިނިވަންކަން ވަނީ ގެއްލިފައި. ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑީޑޭޓް އެއްގެ މަސްއަލަ ތަހުގީގުކުރުމަކީ މިވަގުތު ކުރުން ރަގަޅުކަމެއްނޫން. މިކަމުގެ ސަބަބުން އިންތިހާބަށް ނުފޫޒް ފޯރުވަމުންދާކަން ޔަގީންކުރެވޭނެ.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]