Sihhee dhaaira ge musaarathah bodukoh dheynan: Ibu
vfp.mv
VFPBAAZAARU
MIB
MIB
ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށްދޭނަން: އިބޫ
inage
އިބޫ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
  ހަބަރު | ސިޔާސީ | 11 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދޭނެކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެ އެވެ. kobadoctor
ނ ވެލިދޫގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިސަރުކާރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ނުކުރާތާންގައި އެމުވައްޒަފުންނަށް އަޅާވެސް ނުލާ ކަމުގައެވެ.

އިބޫ ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ އަގު މިސަރުކާރުން ވަޒަން ނުކުރާއިރު އެ މުވައްޒަފުންގެ މުސާރަތައްވެސް ވަނީ ކުޑަ ކަމުގައެވެ.

އެހެން ކަމުން ކޯލިޝަންގެ ވެރިކަމެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އުޖޫރަ މުރާޖައާކޮށްދޭނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތާ އެކަށޭނަ ރަނގަޅު އުޖޫރައެއް އެ ދާއިރާގެ މުވައްޒަފުންނަށް ހަމަޖައްސާދޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއިރު ތައުލީމީ ދާއިރާއާއި ބައެއް އެހެން ދާއިރާ ތަކުގެ މުވައްޒަފުންގެ މުސާރަވެސް ކޯލިޝަންގެ ވެރިކަމެއްގައި ބޮޑުކޮށްދޭނެކަމަށް އިބޫ ކުރިންވަނީ ވިދާޅުވެފައެވެ.
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]