Adhadhu Feni Meykaraa Hama Nidhives Nunidhey
vfp.mv
VFPBAAZAARU
HM
HM
އަދަދު ފެނި މޭކަރާ ހަމަނިދިވެސް ނުނިދޭ
inage
  ރިޕޯޓް | ސިޔާސީ | 11 ސެޕްޓެމްބަރ 2018 | 4 ކޮމެންޓް
ދެހާސްފަނަރަ ވަނަ އަހަރުގެ މޭމަހު އެއްވަނަދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމަށްފަހު ސިޔާސީ ހަރަކާތްތަކުގައި ކަސްތޮޅު ސަރުކާރުން އެޅުވިއެވެ. ނުފޫޒާއި ބާރު ބޭނުންކޮށް ޤާނުނުތަކާއި ޤަވައިދުތައް ރެއިން ރެއަށް ބަދަލުކޮށް ޤާނޫނު އަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ބޭނުންވާގޮތަށް ބަނދެލިއެވެ. އެވަރަކުން ނިންމާލީކީ ނޫނެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް ޖަލުގެ ތޭރިތަކުގެ ބިށްދޮށަށް ދާންޖެހުނު އިރު އަނެއްބައެއްގެ މައްޗަށް ސަރުކާރުން އުފުލި ދައުވާތަކުގެ ސަބަބުން އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލަން މަޖްބޫރުކުރުވިއެވެ. kobadoctor
ކޮންމެއަކަސް އޭގެ ތިން އަހަރުފަހުން މިމަހުގެ އަށްވަނަ ދުވަހުގެރޭ މާލޭގައި ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ފަރާތަކަށް ސަރުކާރުން ހުއްދަދިނެވެ. އެތައް ހުރަސްތަކެއް ކުރިމަތިކުރުވާ އެތައް އެތައް އުޒުރުތަކެއް ދެއްކުމަށްފަހު އިދިކޮޅު މީހުންނަށް ޖަލްސާއެއް ބާއްވަން ސަރުކާރުން ބިމެއް ނުދޭތާ ތިން އަހަރުފަހުން ތަނެއް މިދިނީ އަންނަ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއްކަމަށް ދެއްކުމަށް ބޭރުގެ ފަރާތްތަކުގެ ލޮލޮގައި އަދުން އެޅުވުމަށްކަމަށް އެއްބަޔަކު ދެކެއެވެ. އަނެއް ބަޔަކު ބުނާގޮތުން ހިތާއި ދެކޮޅަށް ނަމަވެސް މާލޭ ކާނިވާ ސަރަހައްދު އިދިކޮޅު ފަރާތަކަށް ދޫކުރީ އިޔޫއިން ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުން ސަލާމަތްވުމަށެވެ.

ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އިދިކޮޅުގެ ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދިން ދިނުން އަނެއްކާވެސް މިވީ ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ އެތައް ބައެއްގެ ލޮލުން ހަމަ ނިދި ގެއްލުވާލާ ސަރުކާރުގެ އަސްލު ސައިޒް އަންގާލަދިން ކަމަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އެކި ދިމާދިމާދިމާލުން އެއްވެސް މަޖްބޫރުކަމެއް ނެތި އުފަލާއެކު މީހުން ނުކުމެ މުޅި ކާނިވާ ސަރަހައްދު ހިނދުކޮޅެއްގެ ތެރޭގައި ފުރާލި ފުރާލުން ވެގެންދިޔައީ ސަރުކާރަށް ހަޖަމްކުރަން އުނދަގޫވި މަންޒަރަކަށެވެ. ތަންތައްޔާރުކުރުމަށް ލިބުނު މަދުވަގުތުކޮޅާއި ޑްރޯން ބޭނުންކުރުން މަނާކުރުމާއި އެކުވެސް އާއްމުވި ފޮޓޯތަކުން ފެނުނު ބިޔަ މަންޒަރުން ހުދު ރައީސް ޔާމީންނާއި ސަރުކާރުގެ އިސްވެރިނަށްވެސް ބަލަން މަޖްބޫރުވިއެވެ. އެންމެ ފަހުން އަމިއްލަ ކެމްޕެއިންގައި ކުރަމުންދިޔަ ކަންކަން ހަދާންނެތި އެތައް ބައެއްގެ ލޮލަށް ފެނުނު މަންޒަރު އޮޅުވާލަން މަސައްކަތްކުރަން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް މީހުންނަށް މަޖްބޫރުވެ އިސާހިތަކު އެކަންފެށިއެވެ.


ޕީޕީއެމް ޖަލްސާއަށް ބަޔަކު މާލެ އަންނަނީ--ފޮޓޯ ސޯޝަލް މީޑިއާ

އިދިކޮޅުން ޖަލްސާ ބޭއްވި ރޭ ރައީސް ޔާމިން ހުންނެވީ ލ އަތޮޅު ފުނަދޫގައި އަމިއްލަ ކެމްޕެއިން މަސައްތަފުޅުގައިކަންވެސް އެމަނިކުފާނުވެސް ހަދުމަނެތުނެވެ. ސަރުކާރުގެ ވައުދުތަކާއި އެމަނިކުފާނުގެ ތަސައްވަރުތައް ރައްޔިތުނާއި ހިއްސާކުރެއްވުމުގެ ބަދަލުގައި ހުދު އެމަނިކުފާނުވެސް އަވަސްވެޑައިގަތީ އެތައް ސަތޭކަ ދިވެހިންނަށް ފެނުނު މަންޒަރު އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކަށް އޮޅުވާލެވޭތޯ ބެއްލެވުމަށެވެ. އެގޮތުން އެތައް ސަތޭކަ މާލޭ ރައްޔިތުންނާއި ޒުވާނުންނާއި އެކު އިދިކޮޅު ބޭއްވި ޖަލްސާއަށް މާލޭ ސަރަހައްދުންދާނެ ޒުވާނަކު ނުވިކަމަށާއި އަތޮޅުތެރެއިން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއްކަމަށް ވިދާޅުވެ އަމިއްލަ ނަފްސަށްވެސް އޮޅުވާލައްވަން ރައީސް މީހާ މަސައްކަތްކުރެއްވިއެވެ.





އިދިކޮޅު ޖަލްސާއިން މާލޭ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން ނުފެންނަކަމަށް ވިދާޅުވިއިރު އެ ޖަލްސާގައ ބައިވެރިވި ޒުވާނުން ޖޯޝާއި ހިނިތުންވުމުގައި ނަގާފައިވާ ފޮޓޯތައް ޝޯޝަލް މީޑިއާގައި ފެތުރެމުން އެހެރަދަނީ ފަތުއަޑު ކިޔާފައެވެ. އަދި އޭގެ އެއް ރޭ ކުރިން ޕީޕީއެމުން ހަމަ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ހާޒިރުވީ ހުސް މާލެ، ވިލިމާލެ އަދި ހުޅުމާލޭ މީހުންކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަމުން ގެންދަވާއިރު އެކި ރަށްރަށުން މާލެ ދަތުރުކުރި މީހުންގެ މަންޒަރުތައް މިއަދުވެސް އެހެރީ ޝޯޝަލް މީޑިއާގައި ފެންނާށެވެ. އަދި މި ފޮޓޯތަކަށް ބަލާލުމުން އެއީ އިދިކޮޅު މީހުންގެ ބަދަލުގައި ޕީޕީއެމްގެ ސަޕޯޓަރުން ހިއްސާކޮށްފައިވާ ފޮޓޯތައްކަންވެސް އެހެރީ އެނގޭށެވެ.

އަނެއްކޮޅުން އިދިކޮޅުން މާލޭގައި ޖަލްސާ ބޭއްވި ރޭ އެ ޖަލްސާއަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ނުވަތަ ޖަލްސާއަށް ހުރަސްއެޅުމުގެ ނިޔަތުގައި ހުޅުމާލޭގައި ރައީސް ޔާމީންގެ ރަނިންމޭޓާއި ޕީޕީއެމްގެ ލީޑަ ޝިޕުން ބޭއްވި ޖަލްސާގައި ބައިވެރިވި ފަރާތްތަކުގެ ހާލުވެސް ހުރީ ހަމަ މިފަދައިންނެވެ. ރައީސް ޔާމީންގެ އަރިހުގައި މިހާރު ފެންނަމުންދާ މަދު މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކްވެސް ވިދާޅުވީ އިދިކޮޅުން ބޭއްވި ޖަލްސާއަށް ހާޒުރުވި މީހުންގެ އަދަދަކީ ޕީޕީއެމުން ބާއްވާ ކަންމަތީ ޖަލްސާއަށް މީހުންދާ މިންވަރުކަމަށެވެ.

އަދި މިވަރަކުންވެސް ނިމުނީކީ ނޫނެނެވެ. ބްރިޖްގެ ސަޅި ވާހަކަ އާއި ރައީސް ޔާމީންގެ ގަޓްގެ ވާހަކަ ދައްކަވަމުން ޓްވީޓްތަކާއި ސްޓޭޓަސްތައް ލިޔުއްވަމުން ގެންދެވި ވަޒީރުންނާއި ޕީޕީއެމްގެ ޝޯޝަލް މީޑިއާ އެކްޓިވްސްޓުންވެސް އެވާހަކަތައް ހުއްޓާލާ އެމީހަކަށް ފެންނަ ފޯމިއުލާއަކަށް އިދިކޮޅު ޖަލްސާއަށް ދިޔަ މީހުންގެ ގުނާ އެކަން ހާމަކުރުމުގެ މަސައްކަތް ފެށިއެވެ. އިދިކޮޅު ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ހާހުން ގުނޭކަން ހެޔޮހިތުން ޤަބޫލުކުރި ނަމަވެސް ހިތާއި ދެކޮޅަށް ނަމަވެސް ބުނަންޖެހުނީ އެ އަދަދު 2223 ވުރެ މަތިނުވާނެކަމަށެވެ.

ދެންވެސް އަނެއްކާ އަނެއްވާހަކައެވެ. އިދިކޮޅުން ބޭއްވި ޖަލްސާއަށް މީހުން ހާޒިރުވި އަދަދުން ސަރުކާރުގެ ވެރިންގެ މޭ ކަރާކަން އެނގިގެންދާ އަނެއްކަމަކީ ކުއްލި އަކަށް ޕީޕީއެމުން ޕްރެސްއެއް ބާއްވާ އެޕާޓީގެ އަސްލު ސައިޒް ދައްކާލުމަށް ވަރަށް އަވަހަށް ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށް އެ މަސައްކަތް ފެށިކަން އިއުލާންކުރުމުންނެވެ.

ކޮންމެ އަކަސް އެއްވެސް ބިރެއްނެތި އެއްވެސް މަޖްބޫރުކަމެއްނެތި އިދިކޮޅުން ބޭއްވި ޖަލްސާ އަށް އެތައް ހާސްބަޔަކު ނުކުތުން ވެގެން މިދިޔައީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ސަރުކާރާއި ދެކޮޅަށް ވައްޓާލި އެޓޮމް ބޮމެއް ފަދަ އެއްޗަކަށެވެ. ޕީޕީއެމުން ބާއްވާ ކޮންމެ ޖަލްސާއަކާއި ރައީސް ވަޑައިގަންނަވާ ކޮންމެ ރަށަކުން ސަރުކާރު ކުންފުނިންތަކާއި ސިވިލް ސާރވަންޓުން މަޖްބޫރު ކުރުވައިގެން ނެރެ ސައިޒް ދައްކަމުން ދިޔަ ޕީޕީއެމަށް އެމީހުންގެ އަސްކު ސައިޒް އޮޅި އެމީހުންގެ އަރާމު ނިދި ގެއްލުވާލި ބިރުވެރި ހުވަފެނަކަށެވެ. އިދިކޮޅަށް ސަޕޯޓެއް ނެތްކަމާއި ސަރުކާރުން އެއްވެސް ބަޔަކަށް އަނިޔާ ނުދޭންކަމަށް ބުނެ ދައްކާ ވާހަކަތައް ރައްޔިތުން ބަލައިނުގަންނަކަމުގެ ސާފު ހެއްކަކަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ މިސަރުކާރާއި މި ސަރުކާރުން ގެންނަ ތަރައްޤީގެ ފަހަތުގައިކަމަށް ބުނެ ހަދަމުންދާ ދޮގުތަކަށް ދިވެހި ރައްޔިތުން ތާއިދު ނެތްކަމެވެ.

އެހެންނަމަވެސް ދިވެހި ރައްޔިތުން ގަބޫލުކުރާ އެއްކަމެއް އެބައޮތެވެ. ތިޔަ ވިދާޅުވާ ސައިޒް ދައްކާލާ ޖަލްސާއަށްވެސް ތައްޔާރުވުމަށް ބޭނުންކުރާނީ ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައްކަމެވެ. ތިބުނާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ގެނައުމަށް ހަރަދުކުރާނީ ދިވެހި ދައުލަތުގެ ހަޒާނާއިންކަމެވެ. ތަން ފުރާ ބޮޑު މަންޒަރު ދައްކާލުމަށް މީހުން ހަމަކުރާނީ ދިވެހި ސިވިލް ސާރވަންޓުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހާޒިރީ ބަލާ ވަޒީފާގެ ބިރު ދައްކައިގެންކަމެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު އަދި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ތަރުޖަމާން މާރިއާ އަހްމަދު ދީދީ އެ ވިދާޅުވީ ތެދު ވާހަކަފުޅެކެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. ރަސްމީ ސައިޒާއި ނުރަސްމީ ސައިޒް ބަޔަކު ގަދަކަމުން ނެރިގެން ދައްކާކަށް ނުޖެހެއެވެ. ތިޔަ ސައިޒް އޮޅިގެނެއް އަޅުގަޑުމެންނެއް ނޫޅެމެވެ.

ރައީސް ޔާމީން އަބްދުވެސް ވިދާޅުވަމުން ގެންދަވާ އެއްވާހަކަ އޮވެއެވެ. ތިމަން މަނިކުފާނު ވެރިކަމާއި ހަވާލުވީ ސިޔާސީ ފަރާތްތަކާއި ވާދަކުރާކަމަށް ނޫނެވެ. ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރާށެވެ. އެހެންނަމަވެސް ހަޤީގަތަކީ ރައީސް މީހާގެ މިވާހަކަ ހުދު އެމަނިކުފާނުވެސް ހަދުމަނެތި ވާދަވެރިން މި ހެދި އެއްޗަކުން އަމިއްލަ ސައިޒްވެސް އޮޅިއްޖެއެވެ. ފިއްތުންތަކާއި އެކުވެސް އިދިކޮޅުން ބޭއްވި ޖަލްސާއަށް މީހުން ނުކުތް އަދަދު ފެނިފައި ސަރުކާރުގެ މޭކަރާއި ކަރުބުޑުގައި ހިތިރަހައިގެ އަސަރު ހިފާ ހަމަ ނިދިވެސް ގެއްލިޖެއެވެ.
ހިޔާލު

ާާޢާއިޝާ
2013ގަވެސް ހަމަ ތިޔަވަރަށް މީހުން އޮތް ދޮއްތަ އެކަމަކު ހޮވުނީ ބައި މަދުމީހާ
އަސޮކު
ހަގީގަތަކީ 4 ޕާޓީ އެއްވެގެންވެސް ނެރެވުނީ ކުޑަ އަދަދެއްކެން އެންމެ ޕާޓީއަކާ ބަލާފަ.
ހަމީދު
ތިއީ ދެން އަދި ބަޔަކު މޭ ކަރަން ޖެހޭ ވަރު ކަމެއްތަ ؟ އަހަރެމެން ހުންނާނެ ފުޓްބޯޅަ ދަނޑަށް 60000 މީހުން ޖަމާ ކޮށްފަ. ތި އީ އެންމެ 6000 ހާސް . ބަލާނީ އިންތިހާބުގެ ނަތީޖާ. ކަން ބަލަން ދާ މީހުންނާ ލިބިދާނެ ނަފާ އޮތްތޯ ދާމީހުން ގިނައީ. އިޚްލާސްތެރި ކަމާ އެކު ދާނީ އަޅުގަނޑު. އަޅުގަނޑު އަދި އެއްވެސް ޖަލަސާ އަކަށް ނުދެވޭ. 10000 ވަރު ގެ އޮފާ އަކަށް ގޮސްދެވޭނީ.
އިބްރާހިމް
އަދަދުފެނި މޭ ކަރާވަރުވޭ
މަދަދުވާން ސަން ސިޔާމު ނެތޭ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]