Nasheedai Qasimge Candidacy Gelluvaalun-Courtah Nufooz Foaruvun
vfp.mv
VFPBAAZAARU
HM
HM
ނަޝީދާއި ގާސިމްގެ ކެންޑިޑެންސީ ގެއްލުވާލުން- ކޯޓަށް ނުފޫޒު ފޯރުވުން
inage
ރައީސް ނަޝީދާއި ގާސިމަށް ކެންޑިޑޭސީ ގެއްލުނީ ރައީސް ޔާމީނާ ހެދި ކަމަށް އަމިއްލަ ފުޅަށް ވިދާޅުވި---
  ޚިޔާލު | | 10 ސެޕްޓެމްބަރ 2018 | 8 ކޮމެންޓް
ރައީސް މުހައްމަދު ނަޝީދުއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގެ ކެންޑިޑެންސީ ގެއްލުވާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް، އެމަނިކުފާނު އަމިއްލަފުޅަށް އެ ތުހުމަތު މިވަނީ އުފުއްލަވާފައެވެ. kobadoctor
މިވެރިކަމުގައި މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން އަލިމަސް ކާނިވަލުގައި ރައީސް ޔާމީން ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަށާއި، ފައިސަލް ނަސީމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ، ނަޝީދާއި ގާސިމަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތް ހެއްދެވުމުން ކަމަށެވެ.

"ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ގާސިމް އިބްރާހީމަށް ޖާގަ ނުދިނީ އަޅުގަނޑު. އެ ދެ ބޭފުޅުން ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން،" އިބޫއާއި ފައިސަލަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ދައްކަވާ ބައެއް ވާހަކަތައް ރައިސް އޮފީހުން ތަރުޖަމާކުރަމުން ދިޔަ ނަމަވެސް، މިވާހަކަފުޅު އަދި މިހާތަނަށް ތަރުޖަމާ ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެންމެނަށް އެނގޭ ހަގީގަތަކީ ރައީސް ނަޝީދާއި ގާސިމަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ގޮތްވީ ހަވާ ފަޓާސް ބަރިއެއްހެން ކޯޓުން ކުރި ހުކުމްތަކަކުން ކަމެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފު ކަމަށް އެތައް ބަޔަކު ބުނާ ހުކުމެއް އިއްވީ ހަވާ ފަޓާސް ބަރިއެއްހެން ކަމަށެވެ. މުޅި ދުނިޔެއާއި ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުން ވެސް ގަބޫލު ނުކުރާ ހުކުމަށްފަހު ވެސް ބޭރު ދުނިޔެއިން ދިޔައީ އެ ހުކުމް އަލުން އިސްތިއުނާފުކޮށް، އިންސާފުވެރި ޝަރީއަތުގެ މަރުހަލާއެއް ރައީސް ނަޝީދަށް ދިނުމަށް ގޮވާލަމުންނެވެ.

ބޭރު ދުނިޔޭގެ ހަޅޭކަށް ބެލުމެއްނެތި، 13 އަހަރުގެ ޖަލު ހުކުމް ރައީސް ނަޝީދުގެ މައްޗަށް ގާއިމް ވެގެންދިޔައެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލުމާއި ދިމާލަށް ކުރި ދަތުރު ނިންމާލަން ޖެހުނީ ގާސިމް އިބްރާހިމް މެމްބަރުންނަށް ދެއްވި ރިޝްވަތެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އަދި އަދަށްވެސް ރިޝްވަތު ހިފަން އުޅުނު މީހަކު ފެންނާކަށްނެތެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަލި އެނދުގައި އޮންނަވަނިކޮށް އައިރު ހާޒިރުގައި އެމަނިކުފާނުގެ މައްޗަށްވެސް 3 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. މިހުކުމާއި ގުޅިގެންވެސް ކުރިން ދެންނެވުނު ފަދައިން އިދިކޮޅު ފަރާތްތަކުން ދިޔައީ އިހްތިޖާޖުކޮށް ހުކުމް ބޭއިންސާފު ކަމަށް ބުނަމުންނެވެ. ނަމަވެސް އޭރު ރައީސް ޔާމީން އެކަންކަން އަޅުއްވަމުން ގެންދެވީ ކޯޓުތަކުގެ ބޮލުގައެވެ.

މި ހުކުމްތައް އިއްވި ދުވަސްވަރު، ރައީސް ޔާމީން ކޯޓުތަކަށް ނުފޫޒު ފޯރުވާ ވާހަކައާއި، ކޯޓުތަކުގެ ބައެއް ގާޒީން ސިއްރިޔާތުގައި ރައީސް ޔާމީނާއި ބައްދަލުކުރައްވަމުން ގެންދަވާ ވާހަކަތައް ތުންތުން މަތިން ދެކެވެއެވެ. އަދި އޭގެތެރެއިން ބައެއް ގާޒީންނަށް ބޮޑެތި ފައިސާގެ އިނާޔަތްތަކަކާއި މަގާމުގެ ކުރިއެރުންތަކެއް ދޭނެ ކަމުގެ އަޑުތައްވެސް ފެތުރިގެންދިޔައެވެ.

ފައިސާގެ އިނާޔަތުގެ ވާހަކަ ސާފުވާން ނެތް ނަމަވެސް ހުކުމްތައް އިއްވި ގާޒީންނަށް މަގާމުގެ ކުރިއެރުންތަކެއް ލިބިގެންދިޔައީ އެންމެންގެ ކުރިމަތީގައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދަށާއި ގާސިމަށް ކުރިމަތިނުލެއްވޭ ގޮތް ހެއްދެވީ އެމަނިކުފާނު ކަމަށެވެ. އޭރު އިދިކޮޅު އެންމެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވެސް އެހެންނެވެ. ރައީސް ނަޝީދާއި ގާސިމްގެ އިތުރަށް ރައީސް މައުމޫނާއި ޝޭހް އިމްރާނާއި، ކާނަލް ނާޒިމާއި ދެންވެސް ސިޔާސީ ބޭފުޅުންނަށް އިއްވުނު ހުކުމްތަކުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން ކަމަށެވެ.

އިދިކޮޅުން ބުނަމުންދާ ބުނުންތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ މިއަހަރު ޖެނުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކަން ހިނގާދިޔަ ގޮތެވެ. ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު އަމުރާއި ގުޅިގެން އެކޯޓުގެ ފުރާޅުން ޓިނު ނަގައި، ރައީސް ޔާމީންގެ އަބަދު ތައުރީފު ކުރައްވަމުން ގެންދެވި ފަނޑިޔާރުންތަކެއް ގަދަކަމުން ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ކުއްލި ހާލަތު އިއުލާންކޮށް، ރައްޔިތުންގެ މަޖިލިސް ތެރޭގައި ފުރިހަމަ ހަތިޔާރާއިއެކު އަލުން ސްޕްރީމް ކޯޓެއް އެކުލަވާލެވުނެވެ. އޭރު ފަސްފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ހުދުވެ ސާފުވިއެވެ. މިހުރިހާ ކަމަކުންވެސް ދޭހަވަނީ ރައީސް ޔާމީން ކޯޓުތަކަށް ނުފޫޒުފޯރުވާ މިންވަރެވެ. އަމިއްލަ އަމަލުތަކުން ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމުގެ އިތުރަށް އެތައް ފަހަރަކު އަމިއްލަ އިއުތިރާފުން އެކަން ރައްޔިތުންނަށް ވަނީ ހާމަކޮށްދެއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ލިބިވަޑައިގަތީވެސް ކޯޓުން ކުރެއްވި ހުކުމަކުންކަން ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
4 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
4 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
4 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
8 ގަޑިއިރު ކުރިން
ހިޔާލު

އަހުމަދު
މިއަދު މީނަގެ އެއްވެސްކަމެއް ތަހުްޤީޤެއް ކުރުމެއްނެތް... ފައިސާގޯނި އުފުލިމީހާފަދައިން ... ހަމަ އެފަދއިން މީނަވެސް މިސްކިތްހުޅުޖެހިމީހާފަައިން އެބަދުވޭ....
ފުލުހުންކޮބާތަ...... އަޅެފަހެ
ރައްޔިތުން
ބިތު ފަންގި ނަގައި މީހާ އޮރިޔާންވެ އަމިއްލަ އަށް ތިމާ އަށް އޮތް ހުކުމް ބަޔާން އަޑު ހިސާބަށް ކަންވެ ތިޔަ ދަނީ- ފިރުއައުނު އޭނާވެސް އޭނާ އަށް ލިބެންވާނެ އުގޫބާތް ބަޔާންކުރި. ޔާމީނަށް ދަންނަވަން އޮތީ އުމުުރުގެ ބާކީ އޮތްދުވަސްކޮޅުގައި ތައުބާގެ މަގު އިޚްތިޔާރުކުރުމަށް.
ސައްޕޭ
އެހެންވީމާ މިފަހަރުވެސް ކޯޓުން ހުކުމެއްކޮށްފައި ޔާމީނާއި ވެރިކަން ޙަވާލުކުރަންވީއެއްނޫން! ކޮންހާ ސަކަރާތެއްޖަހާ ކޮންހާ ޚަރަދެއް މިކުރަނީ!
Shiyam
ސަޅި ކަމެއް
ބާންސް
ތިއަ ކުށުގެ ދައުވާވެސް ޔާމީނުގެ މައްޗަށް ކޮންމެސް ދހުވަހަކުން ކުރެވޭނެކަމަށް އުންމީދުކުރަން،
އަޙުމަދު
ނަޝީދާއި ޤާސިމަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދީ ތިމަންނަ ކަމަށް ޔާމީނު ފަޚުރުވެރިކަމާއި އެކު ބުނި އިރު، އެއީ އިބޫއާޢި ފައިސަލަށް އޭނަ ކޮށްދިން ހެޔޮކަމެއް ނޫނެވެ. ހެޔޮކަމެއް ނަމަވެސް އެއީ އެ ދެމީހުންނަށް ކޮށްދިން ކަމެއް ނޫނެވެ. އެހެންކަމުން، އެކަމުގެ ބަދަލުގައި އެ ދެމީހުން ޔާމީނަށް އިންތިޚާބު ދޫކުރާކަށް އަދި އެހެން ކަމެއް ވިޔަސް ކޮށްދޭކަށް ނުޖެހެއެވެ.
ރަޝީދު އ
ވަރަށް ފުރިހަމަ
މުޢީޒުބޭ
ބަލަ ހާކިމާ ކިހިނެތްތޯ ތިޔަ ހައްދަވަނީ ހިޔާނާތައް އަމިއްލައަށް އިއުތިރާފްވެ، އަނެއްކާ ކޯޓަށް ނުފޫޒް ފޯރުވިކަމަށް އަމިއްލައަށް އިއުތިރާފް ތިޔަވީ..މާތް ކަލާކޯ މިހިރީވާ ހާކިމާއެއް..ހުތުބާގައި ވިދާޅުވީ ހާކިމާއަށް ކިޔަމަންވާށޯ...ކިހިނެތްތޯ މިވަރުގެ މީހަކަށް ކިޔަމަން ވާނީ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]