Maheyge Inzaaru: Vote Olhuvanulaathi, Dhaanejehynee 5-10 Aharah Jalah
vfp.mv
VFPBAAZAARU
MIB
MIB
މަހޭގެ އިންޒާރު: ވޯޓުއޮޅުވާނުލާތި، ދާންޖެހޭނީ 5-10 އަހަރަށް ޖަލަށް
inage
  ރިޕޯޓް | ސިޔާސީ | 10 ސެޕްޓެމްބަރ 2018 | 7 ކޮމެންޓް
ރިޔާސީ އިންތިހާބު ބާއްވަން މިހާރު އެންމެ 14 ދުވަހަށްވެފައިވާއިރުވެސް ތުއްތުންމަތިން އިވޭ އެއް އަޑަކީ ވޯޓް އޮޅުވާލާނެ ވާހަކަ އާއި ރައީސް ޔާމީން ހުވާކުރައްވާނެ ވާހަކައެވެ. ވޯޓް އޮޅުވާލުމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާއިރު ރައްުޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު (މަހޭ) ވަނީ ވޯޓް ފޮށިތަކުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް ވަރަށް ބޮޑު ނަސޭހަތަކާއެކު އިންޒާރެއް ދެއްވާފައެވެ. muni
މަހޭ ކުރައްވާފައިވާ ޓްވިޓެއްގައި ބުނެފައިވަނީ "ވޯޓްލާ މަރުކަޒުތަކުގެ އޮފިޝަލަކު ވޯޓް އޮޅުވާލަން މަސައްކަތްކޮށްފި ނަމަ އަދަބަކީ 5-10 އަހަރަށް ޖަލަށްލުން" ކަމަށެވެ.

"ހުސް ޕީޕީއެމުގެ އެކްޓްވިސްޓުން ތިއްބަސް ރައީސް ޔާމީނުގެ އޯޑަރށް ނަމަނަމަ އެފަދަކަމެއް (ވޯޓް އޮޅުވާލަން މަސައްކަތްކުރުން) ނުކުރާތި. ކިތަންމެ ބޮޑު ޖަރީމާއެއް ރާވާފައި އޮތަސް އެކަން ފެއިލް ވެއްޖެނަމަ ހުރިހާ ދެރައެއް ލިބޭނީ އެ އާއިލާތަކަށް،" މަހޭގެ ޓްވިޓުގައި ވިދާޅުވެފައިވެއެވެ.


ވޯޓްލާ މަރުކަޒުތަކަށް ނަގާފައިވަނީ ޕީޕީއެމުގެ އެކްޓްވިސްޓުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދަނިކޮށް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއްވެސް ޕާޓީއެއްގެ މެމްބަރަކު އިންތިހާބީ އޮފިޝަލުންގެގޮތުގައި ނުތިބޭނެކަމަށެވެ. ކުރިން ސިޔާސީ ހަރަކާތުގައި އުޅުމަކީ އިންތިހާބީ އޮފިޝަލަކަށް ނުވެވޭނެ ސަބަބެއް ނޫން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވެވޭނެ އިންތިހާބީ އޮފިޝަލަކަށް. އޮފިޝަލަކަށް ނެގުމުގެ ކުރިން ސިޔާސީ ހަރަކާތުގައި އުޅުމަކީ އޮފިޝަލަކަށް ނުވެވޭނެ ސަބަބެއް ނޫން. އެހެންކަމުން އޮފިޝަލަކަށް ނެގުމުގެ ކުރިން ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓްކުރުމަކީ މި މަސައްކަތްކުރުމަށް ހުރަހެއް ނޫން. ނަމަވެސް މިހާރު ދެން އޮފިޝަލަކަށް ނެގި ފަހުން އެ ފަދަ ކަމެއް ނުކުރެވޭނެ. ކޮންފިކަން ސާބިތު ވެއްޖެނަމަ ފިޔަވަޅު އަޅާ އެ މީހަކު ވަކި ކުރެވޭނެ،" ރައީސް ޔާމީނަށް އިތުރު ދައުރެއް ހޯއްދަވައިދެއްވުމަށް މީގެ ގާތްގަނޑަކަށް ހަ މަސް ކުރިން ވެސް މަސައްކަތް ކުރެއްވި އީސީގެ ރައީސް ޝަރީފް ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބާއްވާ އެންމެ ޝަކުވާ ބޮޑު ރިޔާސީ އިންތިހާބުގެ އިންތިޒާމުތަކާއި އަދި ތާއިދު ހޯދުމަށް މަސައްކަތް ކުރުމަށް ހަމަހަމަ ފުރުސަތެއް ނެތްކަމުގެ ޝަކުވާވަނީ އިންތިހާއަށް ބޮޑުވެފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އީސީން ވެސް ބުނެފައިވަނީ އިންތިހާބު ހަރާބުކުރުމުގެ ފުރުސަތު ނުދެވޭނެކަމަށެވެ.
ގުޅުންހުރި
އިންތިހާބުގެ އަޕްޑޭޓްތައް ބެލުމަށް ދިރާގުން ހާއްސަ ޑޭޓާ ޕެކެއް ތައާރަފްކޮށްފި
24 މިނެޓު ކުރިން
ކޯޓުން އަމުރުކޮށްފި ނަމަ ވޯޓުލާތަން ބަދަލުކުރެވޭނެ: އީސީ
1 ގަޑިއިރު ކުރިން
ދުވާލަކު 280،000 ހަމަލާ ސާވާ އަށް ލިބޭ: އީސީ
2 ގަޑިއިރު ކުރިން
މިއަދު 18:00 ގެ ފަހުން ކެމްޕެއިން ކުރުން މަނާ
2 ގަޑިއިރު ކުރިން
ހިޔާލު

ފަރީދާ
މީދެން ކާކު ކަލޭޖެހޭނީ ފެލިފެލި ހުންނަން
ޡަހަތު
މަރިޔަބު ގެއްލި ކަތލވަޅި ގެއްލި އްގުވެއްތިފާ ތިބޭ މީހުން އަނގަ މަތީ މަލަން އަޅައިގެން ތިބޭ، ، އެހެން ނޫނީ ގޮރުކޮށި އަރައިގެން ޖަލަން ދާން ޖެހިދާނެ،
ހދ
މަހޭ މަހަށް ދޭބަލަ ތިކަމެއް ކަލެއަކަށް ނުވާނެ އިނގޭ މަހޭ
އަޙުމަދު
ތާއީދު ގެއްލި ވެރިކަން ގެއްލުނަސް އަމާނާތްތެރިކަމާއި ތެދުވެރިކަމަކީ އެއްފަހަރު ބީވެއްޖެ ނަމަ އަލުން ހޯދޭނެ އެއްޗެއް ނޫން. އަދި ހަޔާތުގެ ބާކީ އޮތް ތަނަށް ކުރިއަށް ވުރެ ވަކިން މި ދޭތީގެ މުހިއްމުކަން ބޮޑުވާނެ. އެހެންކަމުން، ވެރިކަމަށްޓަކައި އަމާނާތްތެރިކަމާއި ތެދުވެރިކަން ނަގާލުމަކީ ބޮޑު މޮޔަކަމެއް.
ރައްޔިތުން
ވޯޓް ފޮށި ބަނޑު އެޅި ޒާމާން އިއާދަ ނުކުރާނެ، އޮފިޝަލުންގެ ކިބައިގާ ރައްޔިތުން ލީ ވޯޓެއް ގުނާ އެވޯޓްގެ ނަތީޖާ އިއުލާން ކުރުމުގެ ހިއްވަރު ހުންނާނެ. ހޮވޭނީ ރައްޔިތުން ލީވޯޓުން އެންމެ ގިނަ ވޯޓް ލިބޭ މީހާކަން އެންމެން ގަބޫލުކުރާނެ
ފަޒާމް
ކުދިންނޭ މިތިބީ ވަރަށް ކައިރިން ބަލަން ނަމަނަމަ ގޯސް ނުހައްދަވާތި. މީގެ ކުރިންވެސް ގޯސް ހައްދުވާފަ އެގޯސް ހެދުމުގަ ބައިވެރިވި އެންމެން ލީ ޖަލަށް. މީ ހަގީގަތް
ސައިނީ
މަހޭ ވެރިކަން ކުރަން މިހާރު އެންމެ އެކެސޭނެ ވެރިޔަކީ ވޯޓް މަހޭ 2020

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]