Bridge gai Accident eh Hingaifi
vfp.mv
VFPBAAZAARU
MIB
MIB
24 ގަޑިއިރުނުވަނީސް ބުރިޖުގައި ދެ އެކްސިޑެންޓު
inage
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއް--ފޮޓޯ ޓްވިޓާ
  ހަބަރު | އިޖުތިމާއީ | 8 ސެޕްޓެމްބަރ 2018 | 12 ކޮމެންޓް
މާލެ އާއި ހުޅުލެ އާދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު އާންމުކޮށް ހުޅުވާލިތާ 24 ގަޑިއިރުނުވަީސް ދެ އެކްސިޑެންޓެއް ހިނގައިފިއެވެ. muni
ރޭ ހިނގި އެ އެކްސިޑެންޓަކީ ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެ އެކްސިޑެންޓްގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އަނިޔާގެ ތަފުސީލު އަދި ނުލިބެއެވެ. އޭގެ އިތުރުން ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގައި ރޭ ވަނީ އިތުރު އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

އެ އެކްސިޑެންޓްތަކާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާލެ އާއި ހުޅުލެ އާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް ހުޅުވާލީ އިއްޔެއެވެ. ބްރިޖް ހުޅުވާލާފައިވާއިރު ސިނަމާލެ ބްރިޖް ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބްރިޖުގައި ދެ އެކްސިޑެންްޓް ރޭ ހިނގިއިރު ބުރިޖާ ގުޅުވައިގެން ތާރުއަޅައިގެން ތަރައްގީ ކުރި މަގުގައި ވެސްވަނީ، އެމަގު ބޭނުންކުރަން ހުޅުވާލިތާ 24 ގަޑިއިރުނުވަނީސް މިދިޔަ ހުކުރު ވިލޭރޭ އެކްސިޑެންޓެއް ހިނގާފައެވެ.
ގުޅުންހުރި
ތުއްތު ކުއްޖަކާއެކު ދެ މީހުން ސައިކަލުގައި، އެތައް ބައެއްގެ ފާޑުކިޔުން
15 ސެޕްޓެމްބަރ 2018
މިރޭ އެތައް އެކްސިޑެންޓެއް، ހުޅުމާލޭ ހޮސްޕިޓަލަށް ގިނަ ބަޔަކު ގެންގޮސްފި
11 ސެޕްޓެމްބަރ 2018
ބްރިޖަށް ދާންދިޔަ ވޭނެއް ފުރޮޅާލައި އެތައް ބަޔަކަށް އަނިޔާވެއްޖެ
11 ސެޕްޓެމްބަރ 2018
ހިޔާލު

ސިޔާސީ
އަލަށް މިކަހަލަ ޙަބަރަކަށް ސިޔާސީ ކޮމެންޓް އެއް ނެތި މި ދިޔައީ، އަލްހަމްދުލިއްލާހި. އައްޑޫ ލިންކް ރޯޑްގަ ހެލްމެޓް ނާޅާ ދުއްވުން މަނާ އެކަމަކު ބްރިޖާއި މަލެހުޅުމާލެ ލިންކް ރޯޑްގަ ހެލްމެޓް އެޅުމަށް އިލްތިމާސް ކުރަނީ ހަމަ މިކޮޅުގަވެސް މަޖުބޫރު ކުރަންވީ
ހާލަތު
ތަންތަން ފެނިގެން ދިވެހިން ހޭބަލި ވަނީވިއްޔާ! ގަވައިދައް ނޫޅޭ މީހުންނާހެދި ގިނަފަހަރް ގަވައިދއް އުޅޭމީހުން އެކްސިޑެންޓްވެ އަނިޔާވަނީ!
ހިޔާލެއް
ދެން ބުނެވޭނީ ދިވެހިންގ އަޙުލާގުވެސް ތަންކޮޅެއް ރަނގަޅިއްޔޭ. ދުއްވާ އެއްޗަކައް އެރެނިކޮއް އެނިމުނީ. ކޮންމެ ތަނެއްގެވެސް ބޭނުން ހެޔޮގޮތުގާއި ނުހިފަންޔާ ތިކަހަލަ ހުރިހާ ގޮތެއްވެސް ވާނެ.
ބޮޑުވަރު
ހުއްޓުމެއް ނެތި ދުއްވާލާނެ ތަނެއް ލިބުނީމަ މިއުޅޭ ޒުވާނުން ހޭބަލިވަނީ... ތަނެއް ދޮރެއް ނުބަލާ އެހާބާރަށް ދުއްވަނީ
ޤައުމު
ދިވެހިންނައް ހީވެފަައި އޮންނަނީ ބުރިޖްއަކީ އެމީހުން ފިނިބުރު ޖަހަން ހަދާފަ އޮންނަތަނެކޭ. އެދަނީ ގުރޫޕް ހަދާފަ ވާހަކައިގަ ތިބެގެން. އެގޮތައް ވާހަކައިގަ ތިބެގެން އެއްހަމައެއްގަ އެތައް ސައިކަލެއްދަންޔާ ފަހަތުން އަންނަ މީހުނައް ވާނީ އުދަނގޫކަން ނޭންގެނީތަ. އެގޮތައް ދުއްވާފަ ދާންވެއްޖެއްޔާ ބޮޑު ރަށެއް ހިއްކާފަ ދިނަސް ގޮތެއްފޮތެއްނެތް ދިވެހިންނައް ކުޑަ ވާނެ.
ބުރިޖު
ބުރިޖު މައްޗަކު ނޫންވީކީ ހުޅުމާލެއާއި ހުޅުލެޔަށްދާ މަގު ގުޅޭތަނުގެ ގުޅުމާލެ ފަސްގަނޑުގައި. މަވެސް އެތާ ހުރީމޭ
ހަސަން
ތިޔައީބުރިޖްގެ މައްސަަލައެއް.
މަރި
ތަނކޮލެެ ބަރަދުވުނި ދް ހަ ހަ ހަ
ފައިޒް
އަސްލު ބުރިޖު މާބޮޑައްވެސް ހަނި...ކުރިއައް ސަތޭކަ އަހަރައް ވިސްނާފަހެދި ނަމަ ރަގަޅުވީސް
ޢަލީ
ބްރިޖްމަތީގައި ދުއްވާ ގިނަފަރާތްތަކައް ހައިވޭ އަދި ބްރިޖްގެ ޓްރެފިކް ގަވާޢިދު ނޭގޭކަން ފާހަގަ ކުރެވޭ. ސިގްނަލް ދިނުމެއް އަދި އިސާރާތް ކުރުމެއްނެތި އޯވަރޓޭންކްކޮއް ހަމަ ދުއްވަނީ
ސައިނީ
ހޭބަލި ވާވަރަށް ދުއްވާމީހުން ހުއްޓުވަން ޕޮލިސް މަސައްކަތއް ނުކުރާކަން ފާހަގަ ކުރެވޭ އަދި ތްރަފިކް ކެމެރާއެއް މަގުގައި ނެއް ކަންވެސް ފާހަގަ ކުރެވޭ މިކަންކަން އެހެން ގައުމުތަކާއި ހަމަޔައް އެބަގެންނަންޖަހޭ
އަޙުމަދު
މާލޭގެ މަގުމައްޗަކީ ދިވެހިންގެ އަޚުލާޤީ ފެންވަރު އެއްތަނަކުން ފެންނަ ތަނެވެ. މަގުގެ އެއްފަރާތުގައި ހިނދުކޮޅަކު ހުއްޓިލައިގެން ހުރެ ދުއްވާފައިދާ މީހުންގެ ޢަމަލުތަކަށް ބަލާލުމުން އެކަނި ދިވެހިން އެކަކު އަނެކަކަށް އިޙުތިރާމު ނުކުރާ ކަމާއި، ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި މެދު ހޭލުންތެރިކަމެއް ނެތް ކަމާއި، މަގުމަތީގެ ގަވައިދަށް އެއްގޮތަކަށް ވެސް ބެލުމެއް ނުހުންނަ ކަން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]