Beyruge faraaithakun raajje aai dheytherey visnanee varah korukoh: Raees
vfp.mv
VFPBAAZAARU
HM
HM
ބޭރުގެ ފަރާތްތަކުން ރާއްޖެއާއި ދޭތެރޭ ވިސްނަނީ ވަރަށް ކޮރުކޮށް: ރައީސް
inage
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 7 ސެޕްޓެމްބަރ 2018 | 5 ކޮމެންޓް
ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަންކަމާއި ދޭތެރޭ ވިސްނަނީ ވަރަށް ކޮރުކޮށް ކަމަށާއި އެކަން އެހެން ވެގެން ނުވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. Dhiraagu
ރައީސް ޔާމީން މިހެން ވިދާޅުވީ ބްރިޖްސަޅި މިނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަންކަމާއި ބެހުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެކަމަށް ޖާގަދެމުން ގެންދަނީ އިދިކޮޅު ފަރާތްތަކުން ކަމުގައެވެ. ރައީސް ޔާމީންވަނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަގޮތާއި އެކަމާއި ގުޅިގެން ބޭރުގެ ފަރާތްތަކުން ކުރިމަތިކުރުވި ފިއްތުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަގޮތް ބަލެމަށް އެކުލަވާލި ކޯނީގެ ރިޕޯޓާއިއެކު ބޭރުގެ ފަރާތްތަކަށްވެސް ޖެހުނީ ކުޑަކަކޫމައްޗަށް ތިރިވަންކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ މިހާރުވެސް ރާއްޖޭގައި ހިގަމުންދާ ކަންކަމުގެ ތެރެއަށް ވަދެ ބިރުދެއްކުމުގެ ބަދަލުގައި ރައްޔިތުން ބޭނުންވާގޮތް ބަލާލުމަށް ވަގުތުކޮޅެއް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޔާމީން ބޭރުގެ ފަރާތްތަކުންވެސް ރާއްޖެއާއި ދޭތެރޭ ވިސްނަން ޖެހޭކަމަށާއި އެހާ ފަސޭހައިން ކަންކަން ނިންމާލުމަކީ ރަނގަޅު ގޮތެއްނޫން ކަމުގައެވެ.

ކޮންމެ ދައުލަތަކުންވެސް ކަންކުރާނީ އަނެއް ދައުލަތުން ކަން ކުރާނެގޮތަށް ކަމަށް ދެކިގެން ނުވާނެކަމަށާއި ރާއްޖެއަށް ފިޔަވަޅުވެސް އަޅާފާނެ ކަމަށާއި އެކަމާއި ދެރަވެ ޖެހިލުންވެސްވާކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަމާއި ދެރަވެ ތިބެން ތިބެން ޖެހިއްޖެނަމަ ގައުމުގެ އިސްތިގުލާލު ގެއްލިގެން ހިނގައިދާނެކަމަށާއި އިވެމުންދާ އަޑުތަކާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި
ފެންނަންނެތް އެއާޕޯޓަކާއި ބޮޓްލިން ޕްލާންޓެއް ރައީސް ޔާމީން ހުޅުއްވާދެއްވައިފި
14 ގަޑިއިރު ކުރިން
ރައީސް ޔާމީންގެ އާދޭސް: ރައްޔިތުން އަޅުގަނޑަށް ދެރަގޮތެއް ނުހަދާތި
16 ގަޑިއިރު ކުރިން
މީހަކަށް އަނިޔާވެރިވާއިރު ގާނޫނުއަރާ ހަމަކުރާނެކަން ދަންނަން ޖެހޭ: ރައީސް
22 ގަޑިއިރު ކުރިން
އަދީބުގެ ތުހުމަތުތަކާއި އިންތިހާބާ ގުޅުމެއްވޭ ބާ؟
21 ސެޕްޓެމްބަރ 2018
ހިޔާލު

އިބްރާހީމު
ސިކުނޑި ކޮރު މީހުން ކުޅެން ޖެހޭނީ އަބަދުވެސް ހަމަ ޑިފެނސަށް. މުވައްޒަފުންނަށް ބިރު ދައްކައިން ނެރެ އެއޮތްވަރުން ބޭއްވި ޖަލްސާގަވެސް ކޫޅުނީ ހުސް ޑިފެންސަަށް. މެނިފެސްޓޯ ގަނޑެއްވެސް ހަދާލަން ނޭގި އިދިކޮޅުން ހަދާ އެއްޗެއް ކޮޕީ ކުރަން ތިބޭ ކަހަލަ. ރައީސް ުު ޔާމީނޫ.. ހާދަހާވާ ހަޑިއޭ ރައީސް ޔާމީނޫ....
ކޮރު
ކޮރު ގޮތަކަށް ވެރިކަން ކުރައްޔާ ކޮރުގޮތަކަށް ދެކޭނެ ނުންތޯ ؟ ޚޮރު ވެރިކަން ކުރާ މީހަކަށް ވޯޓު ދިނުމުގެ ބޭނުމެއް ނޯނާނެ ފައިދާއެއްވެސް ނުލިބޭނެ ކޮރު ވާނީ ކޮތަށް !
ސައިނީ
އޑޕއިން އަބދަލު ޔާމީން ކެމްޕެއިންގަވެސް ޔާމީން ރާއްޖެޓީވީއިންވެސް އަބަދު ޔާމީން މިހީވަނީ ޔާމީން ކެމްޕެއިން ޖަގަހައެއްހެން އެނޫން ވާހަކއެއް ނުދައްކާ ނުވެސް އިގޭ ދައްކާކަށް އެހެންތާ ވާނީ ކޮށްދެވޭނެކަމެއް ނެއްވިއްޔަ އިންޑިޔާއިން އޯޑަރ އައިމަ ކަމެއް ކޮށްދެވޭނީ
ލަކޫ
ކޮރު ރައީސަކު ހުރީމަ އެމީހުންވެސް ދެކޭނީ ކޮރުކޮށް ނުންތޯ؟ ބައްލަވާ މަނިކުފާނު ތިހުންނަވަނީ ދުނިޔެއާއި ގުޅުން ކަންޑާލައިގެން ކޮރު ހެދިގެން އެހެންވީމަ އެމީހުން ދެކޭނީ މިތަން ވެސް ކޮރު ގޮތަކަށް ނުންތޯ ؟
ވިރާޝް
ކިހާ ބޮޑު ބައްޔެއް މި ދެން!! އެހެން މީހެކޭ ނުކިޔައެއް ވާހަކަ އެއް ނުދެއްކޭތަ؟ އަބަދުވެސް އެހެން މީހުން ބްލޭމް ކުރުން މި މީހުންގެ ކަމަކީ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]