Gaumee salamathai gulhun huri thanthan siyaasi nukuraanan: Ibu
vfp.mv
VFPBAAZAARU
MIB
MIB
ގައުމީ ސަލާމަތާއި ގުޅުންހުރި ތަންތަން ސިޔާސީ ނުކުރާނަން: އިބޫ
inage
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް
  ހަބަރު | ސިޔާސީ | 6 ސެޕްޓެމްބަރ 2018 | 1 ކޮމެންޓް
އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގައުމީ ސަލާމަތާއި ގުޅުންހުރި ތަންތަން ސިޔާސީ ނުކުރާނެ ކަމަށާއި އެފަދަ އެއްވެސް ތަނެއް ސިޔާސީ ބޭނުމުގައި ބޭނުން ނުކުރާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެއެވެ. kobadoctor
އިބޫ މިހެން ވިދާޅުވީ ކޯލިޝަނުން މިރޭ ހއ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ކޯލިޝަންގެ ޤައުމީ ސަލާމަތުގެ އޮނިގަނޑު އާންމުކުރައްވަމުންނެވެ.

އިބޫ ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް ޤައުމީ ސަލާމަތުގެ އޮނިގަނޑު ބައްޓަންވެފައި އޮންނަންޖެހޭނީ މުސްތަގުބަލާއި ގުޅިފައި ކަމުގައެވެ. އަދި ކޯލިޝަންގެ ވެރިކަމެއްގައި ޤައުމީ ސަލާމަތާއި ގުޅުން ހުރި ތަންތަން ސިޔާސީ މަންފާއަކަށް ބޭނުން ނުކުރާނެކަމަށާއި ޤައުމީ ސަލާމަތަށް ނުރައްކާވުމަކީ ސިޔާސީ މީހުންނަށް ފިޔަވަޅު އެޅުމަށް ބޭނުންކުރާ ކަމަކަށް ހެދުންވެސް ނުމުމަކަށް ގެންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓް ގާޑާއި މެރިން ޕޮލިސްގެ ފްލީޓް އިތުރަށް ފުޅާކޮށް ހާއްސަ ތަމްރީންތަކެއް ދޭނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އެ މީހުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނުވާނެ ކަމަށާއި ސިޔާސީ ފަރާތްތަކުން ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވުންވެސް ހުއްޓުމަކަށް ގެންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އައްޔަނުކުރުމަކީ ސިޔާސީކަމެއްގެ ގޮތުގައި އޮތްއޮތުންވެސް ނިމުމަކަށް ގެންނާނެކަމަށް އިބޫ މިރޭވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
ޖަލުތަކުގައި މީހުން މަރުވާތީ ކަންބޮޑުވޭ: އިބޫ
3 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
17 ގަޑިއިރު ކުރިން
ސިޔާދަތަށް ގެއްލުން ވާގޮތަށް ކޮށްފަހުރި ކަންކަން ބަދަލު ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ކަންބޮޑުވުންތައް ވެރިންނާއި ހަމައަށް ގެނެވޭނެ ނިޒާމެއް ގާއިމް ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ހިޔާލު

އައި
ފުލުހުން އެތެރޭން ސިޔާސީ ވީމާހަދާނީ ކިހިނެތް؟
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]