Fenai Narudhama ai, Currentakee Vaudheh Noon, Asaasee Hidhumatheh: Ibu
vfp.mv
VFPBAAZAARU
MIB
MIB
ފެނާ ނަރުދަމާއާއި ކަރަންޓަކީ ވައުދެއް ނޫން، އަސާސީ ހިދުމަތެއް: އިބޫ
inage
އިބޫއަށް މޮޅަދޫއިން މަރުހަބާ ދަންނަވަނީ---
  ހަބަރު | ސިޔާސީ | 5 ސެޕްޓެމްބަރ 2018 | 2 ކޮމެންޓް
އިދިކޮޅު ސަރުކާރެއްގައި ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނީ ރިޔާސީ ވައުދެއްގެ ގޮތުގައި ނޫން ކަމަށާއި އަސާސީ ހިދުމަތަކަށް ވާތީ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ. dhi2
ހއ.އަށް ކުރައްވާ ދަތުރުގައި މޮޅަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސާފު ބޯފެނާއި، ނަރުދަމާ އަދި ކަރަންޓު ފޯރުކޮށް ދިނުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި އިދިކޮޅު ސަރުކާރުގައި އެ ހިދުމަތްތައް ފޯރުކޮށްދޭނީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

އިބޫ ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދޭން ކަނޑައެޅިފައިވާ ކަމަށާއި އެ ހިދުމަތްތައް މޮޅަދޫއަށް ވެސް ލިބޭނެ ކަމަށެވެ.

އިބޫ ވަނީ ކިތަންމެ ކުޑަ ރަށެއްގައި ނަމަވެސް ސިއްހީ މަރުކަޒުތަކުގައި ލެބޯޓްރީ ގާއިމުކޮށް ކުދި ޓެސްޓުތައް އެރަށްރަށުގައި ހެދޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެފަދަ ލެބޯޓްރީއެއް މޮޅަދޫގައި ވެސް ގައިު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އޭގެއިތުރުން ގެސްޓުހައުސް އަޅަން މޮޅަދޫއިން ބިން ދޫކުރާނެ ކަމަށާއި އެ މަސައްކަތްތަކަށް ބޭނުންވާ ލޯނު އިދިކޮޅު ސަރުކާރުގައި ގާއިމު ކުރާ އެސްއެމްއީ ބޭންކުން ލިބޭނެ މަގު ފަހިވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކަންކަން ނިންމާނީ ރައްޔިތުން ކަމަށާއި އެކަމުގައި މެދުވެރިވާނީ ކައުންސިލުތައް ކަމަށެވެ. ސަރުކާރުގެ ދައުރަކަށްވާނީ އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާ ދިނުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ގުޅުންހުރި
އިބޫއަށް އެންމެ ހިތްގައިމު މަންޒަރެއް ފެނިވަޑައިގެންނެވީ ފީއަލިން
17 ސެޕްޓެމްބަރ 2018
ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް
17 ސެޕްޓެމްބަރ 2018
ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްދެއްވާ: މާރިޔާ
17 ސެޕްޓެމްބަރ 2018
މެނިފެސްޓޯގައި ދޮޅު އަހަރުން އިސްތިއުފާ ދޭ ވާހަކައާއި، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް
17 ސެޕްޓެމްބަރ 2018
ހިޔާލު

ޖާދޫ
ވަރަށް އުފާވެއްޖެ. މިހާރު ހިނގަމުން މިދާ ސަރުކާރުން އެހުރި އަސާސީ ކަންތައްތައްވެސް ކޮށްދީފަވެސް ކަލަ ގޮވަނީ. މަގޭ ހިތަށް އަރާ ކަލަ ގޮވާއިރު އެހުރި ރައީސް ރައްޔިތުން ހޮވީ ޝޯކޭހެއްގައި ބަހައްޓަށް ހޭ
ކޮސް
ކަލޭމެން ދެން އެކަންތައް ނުކޮއް އޮތީ ކީއްވެތަ؟ އަޖައިބެއް ނުވާނެތަ!
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]