Nufoozah lenbey feyfulhakah minivan mu'ahsasaa aku nuhureveyne: Ibu
vfp.mv
VFPBAAZAARU
HM
HM
ނުފޫޒަށް ލެނބޭ ބޭފުޅަކަށް މިނިވަން މުއައްސަސާއަކު ނުހުރެވޭނެ: އިބޫ
inage
އިބޫ މިއަދު ވިލިނގިލީގައި
  ހަބަރު | ސިޔާސީ | 3 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
އެއްވެސް ސިޔާސީ ނުފޫޒަކަށް ލެނބޭ ބޭފުޅަކަށް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުރެވޭނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ. muni
ގއ ވިލިނގިލީގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެންމެ އެންމެ މުހިއްމު ކަމަކަށްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުނެގެ ތެރެއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގައެވެ. އަދި އެފަރާތްތައް ސަރުކާރުގެ ކެމްޕެއިންގައި އުޅެމުން ގެންދާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މި ސަރުކާރުން ޝަރުއީ ދާއިރާއިންނާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެގޮތުން އެތައް ބަޔަކަށް އަނިޔާދީ ވަޒީފާއިންވެސް ވަކިކޮށްފައިވާކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ވިޔަފާރިތަކަށް ގެއްލުން ދެމުން ގެންދާކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ މީރާއަކީ މީރާއަކީ ވިޔަފާރިތައް ބަނގުރޫޓްކުރާ ތަނަކަށް ވެގެން ނުވާނެ ކަމުގައެވެ.

އިބޫ މިރޭވެސްވަނީ އަނިޔާވެރިކަމުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެކަމަށާއި އަލުން ވަޒީފާވެސް ދޭނެކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް އިބޫ ތަކުރާކު ކުރެއްވިއެވެ.
ގުޅުންހުރި
ޖަލުތަކުގައި މީހުން މަރުވާތީ ކަންބޮޑުވޭ: އިބޫ
3 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
17 ގަޑިއިރު ކުރިން
ސިޔާދަތަށް ގެއްލުން ވާގޮތަށް ކޮށްފަހުރި ކަންކަން ބަދަލު ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ކަންބޮޑުވުންތައް ވެރިންނާއި ހަމައަށް ގެނެވޭނެ ނިޒާމެއް ގާއިމް ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]