Dhaandhoogai Ibuge Vaudhuthah Masverinnah
vfp.mv
VFPBAAZAARU
HM
HM
ދާންދޫގައި އިބޫގެ ވައުދުތައް މަސްވެރިންނަށް
inage
ގއ. ދާންދޫގެ ރައްޔިތުންނަށް މަސްވެރިކަން ފުޅާ ކުރުމަށް ބޮޑެތި ފުރުސަތުތަކެއް--
  ހަބަރު | ސިޔާސީ | 2 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
މަސްވެރިކަން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ގއ. ދާންދޫގެ ރައްޔިތުންނަށް އެކަން ފުޅާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. dhi2
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ގއ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުގައި މިއަދު ދާންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު މިހާރު ނުލިބޭ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ހިންގި އިރު ކިލޯއަކަށް 30 ރުފިޔާ އަށް އަގު އަރައިގެން ދިޔަ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުން މަސްވެރިކަމަށް ލިބެންވާ ހެޔޮ އަގު ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއަށް އައިސް ސީދާ މަސްވެރިން އަތުން މަސް ގަނެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހަމަ އެގޮތުން ރާއްޖޭގައި އޮތް ސްޕެޝަލް އިކޮނޮމިކް ޒޯންގައި މިހާރު ހަމައެކަނި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުއްދަދީ މަސްވެރިކަމުގެ ފައިދާ އެފަރާތްތަކުން ހޯދަމުން ދިޔަސް، ކޯލިޝަން ވެރިކަމުގައި އެސަރަހައްދުގައި ގިނަދުވަސް ވަންދެން ދަތުރުކޮށް، މަސްވެރިކަން ކުރެވޭނެ ގޮތް ހަދާދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި މިހާރު 100 އަށް ވުރެއް ގިނަ އުޅަނދުތައް ހުއްދަނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅޭކަން އެނގޭ ކަމަށާއި ކޯލިޝަން ވެރިކަމެއްގައި ބޭރުގެ ފަރާތްތަކަށް ލައިސަންސް ނުދީ ރާއްޖޭގެ ކަނޑުތަކަކީ ހަމައެކަނި ދިވެހިންނަށް އޭގެ މަސްވެރިކަން ކުރެވޭނެ ތަނެއްގެ ގޮތުގައި ހަދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ގުޅުންހުރި
ރީތިވާ ކުލައެއްގެ ގޮތުން އެއްވެސް ރައްޔިތަކު ބާކީ އެއް ނުކުރާނަން: އިބޫ
21 ސެޕްޓެމްބަރ 2018
170،000 ރައްޔިތުންގެ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން މިހާތަނަށް ލިބިފައިވޭ: އިބޫ
21 ސެޕްޓެމްބަރ 2018
އެއްވެސް ކަމެއްގައި އަޅުގަނޑު ހައްޔަރު ކުރާކަށް ލާހިކެއް ނޫން: ހިޔަލީ
21 ސެޕްޓެމްބަރ 2018
ނަސްރީނާގެ އާދޭސް: އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި އިބޫއަށް ވޯޓު ދެއްވާ
20 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]