Qaanoon Asaasee ai Hilaafah Qaanoonuthakah Genai Badhaluthah Islah Kuraanan: Ibu
vfp.mv
VFPBAAZAARU
MIB
MIB
"ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތަކަށް ގެނައި ބަދަލުތައް އިސްލާހު ކުރާނަން"
inage
އިބޫ ގއ.އަތޮޅުގައި---ފޮޓޯ:އެމްޑީޕީ
  ހަބަރު | ސިޔާސީ | 1 ސެޕްޓެމްބަރ 2018 | 1 ކޮމެންޓް
ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތަކަށް މަޖިލީހުން ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް އިސްލާހުކޮށް ގާނޫނު ހަމަތަކުގެ ތެރެއަށް ސަރުކާރު ގެންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވައުދުވެވަޑައިގެންފިއެވެ. muni
ގއ.ގެމަނަފުށީގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރަމުން ދަނީ އިންސާފު އެންމެންނަށް ހޯދ ދިނުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގިނަ ބައެއްގެ ތާއީދާ އުންމީދާއެކު ކަމަށެވެ. އެކަމައްޓަކާ މަޖިލީހާއި އެހެނިހެން މުއައްސާސަތުން ވެސް އެއްބާރުލުން ދިން ކަމަށާއި ނަމަވެސް ރައީސް ޔާމީން މަސައްކަތް ފެއްޓެވީ އަމިއްލަ އެދުމާއި ބޭނުންތަކަށް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންވުމުން ކޯލިޝަންގައި ތިބި މީހުން ފަހަރަކު ބަޔަކު އެމަނިކުފާނާ ދުރަށް ވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވިއެވެ.

މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ގެއްލި އެމަނިކުފާނާއެކު މިއަދު ތިއްބެވީ 35 މެންބަރުން ކަމަށާއި މަޖިލީހުގެ މެންބަރުންތަކެއް އިދިކޮޅަށް ނުކުތުމުން ރައީސް ޔާމީން ފާލުން ނެއްޓި އަނިޔާވެރިކަން އިންތިހާއަށް އިސް ކުރެއްވި ކަމަށް އިބޫ ވިދާޅުވިއެވެ.

"ގާނޫނުތަކަށް ގާނޫނު އަސާސީއާއި ހިލާފަށް ގެނެސްފައިވާ ހުރިހާ ބަދަލެއް އަޅުގަނޑުމެން އިސްލާހު ކޮށް އަނެއްކާ ވެސް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ގާނޫނުތައް ގެނެސް އިންސާފާ ހަމައަށް ސަރުކާރު ހިންގާތަން ފެނިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ ދެ ބަދަލުތައް ވެސް އިސްލާހު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ގުޅުންހުރި
އިބޫއަށް އެންމެ ހިތްގައިމު މަންޒަރެއް ފެނިވަޑައިގެންނެވީ ފީއަލިން
17 ސެޕްޓެމްބަރ 2018
ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް
17 ސެޕްޓެމްބަރ 2018
ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްދެއްވާ: މާރިޔާ
17 ސެޕްޓެމްބަރ 2018
މެނިފެސްޓޯގައި ދޮޅު އަހަރުން އިސްތިއުފާ ދޭ ވާހަކައާއި، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް
17 ސެޕްޓެމްބަރ 2018
ހިޔާލު

ބާސް
ސާބަހޭ އީބޫ، ރައީސް ޔާމީނު ވަނީ މުޅި ޤައުމު އޮޅުން ބޮޅުން ކޮށް ޤާނޫނޫއަސާސީއާ ޤާނޫނުތަކަށް ބެއްލެވުމެއްނެތި މުއައްސަސާތަކުގެ ބާރުކަނޑުވާލާފާ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]