Kolamaafushin Hayyaru Kuri 18 Meehun Minivan Kurumah Ibu Govaalaifi
vfp.mv
VFPBAAZAARU
MIB
MIB
ކޮލަމަފުށިން ހައްޔަރު ކުރި 18 މީހުން މިނިވަން ކުރުމަށް އިބޫ ގޮވާލައިފި
inage
ކޮލަމަފުށިން ހައްޔަރު ކުރި 18 މީހުން މިނިވަން ކުރުމަށް އިބޫ ގޮވާލައިފި--
  ހަބަރު | ސިޔާސީ | 1 ސެޕްޓެމްބަރ 2018 | 0 ކޮމެންޓް
ގއ. ކޮލަމާފުށިގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްވެ އުޅުނު 18 މީހުން ނަހަމަ ގޮތުގައި ހައްޔަރު ކުރުމުން، އެމީހުން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރަށް ގޮވާލައިފިއެވެ. kobadoctor
މިދިޔަ ބުރާސްފަތި ކޮލަމާފުށިން 18 މީހުން ހައްޔަރުކޮށްފައި މިވަނީ އެރަށުން އެމްޑީޕީގެ މެންބަރުން ނިކުމެ ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ގެއްލުންދީފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވަނިކޮށެވެ.

ނަމަވެސް މިއަދު އެރަށަށް ވަޑައިން ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިދިކޮޅޮ ކޯލިޝަން ކެންޑިޑޭޓް އިބޫ ވިދާޅުވީ ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފަރުދަކަށް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭ ހައްގެ ކަމަށެވެ. އަދި ކޮލަމާފުށިން ހައްޔަރު ކުރި މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިޔަށް ގެންދިޔަ ހަރަކާތަކުގައި ބައިވެރިވެގެން އެމަސައްކަތުގައި އުޅުނު ބައެއް ކަމަށް އިބޫ ވިދާޅުވިއެވެ.

"މަރަށުގައި އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކުގައި އިސްވެއުޅުނު 18 ބޭފުޅަކު މިވަގުތު ވަނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ބަންދު ކުރެވިފައި. މިހާރުން މިހާރަށް އެހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަން." އިބޫ ވިދާޅުވިއެވެ.

އޭގެ އިތުރުން އެދުވަހުގެ ހާދިސާ ހިނގި އިރު މޫދުގައި ތިބި މީހުންނާއި ރަށުގެ އަނެއް ފަރާތުގައި ކުލަ ލާން ތިބި މީހުންވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ.

ގއ. ކޮަލަމާފުށީގައި ސިޔާސީ ކަންކަން ހަލަބޮލިވުމާ ގުޅުގެން ފުލުހުން ވަނީ އިބޫ އެރަށާށް ވަޑައިގަތުން ބުއްދިވެރި މޫން ކަމަށް ބުނެ ދަތުރު ލަސް ކުރުމަށް އިލްތިމާޒް ކުރައްވާފައެވެ. ނަމަވެސް އިބޫ ވަނީ ލުހުންގެ އެދުމަށް ބެލުމެއް ނެތި އެރަށަށް ވަޑައިގެންފައެވެ.
ގުޅުންހުރި
ރީތިވާ ކުލައެއްގެ ގޮތުން އެއްވެސް ރައްޔިތަކު ބާކީ އެއް ނުކުރާނަން: އިބޫ
21 ސެޕްޓެމްބަރ 2018
170،000 ރައްޔިތުންގެ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން މިހާތަނަށް ލިބިފައިވޭ: އިބޫ
21 ސެޕްޓެމްބަރ 2018
އެއްވެސް ކަމެއްގައި އަޅުގަނޑު ހައްޔަރު ކުރާކަށް ލާހިކެއް ނޫން: ހިޔަލީ
21 ސެޕްޓެމްބަރ 2018
ނަސްރީނާގެ އާދޭސް: އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި އިބޫއަށް ވޯޓު ދެއްވާ
20 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]