STO aai WAMCO uvaa nulaanan: Ibu
vfp.mv
VFPBAAZAARU
MIB
MIB
އެސްޓީއޯ އާއި ވެމްކޯ އުވާ ނުލާނަން: އިބޫ
inage
ކޯލިޝަނުން މިރޭ ތިނަދޫގައި ބޭޢްވި ޖަލްސާގެ ތެރެއިން
  ހަބަރު | ސިޔާސީ | 1 ސެޕްޓެމްބަރ 2018 | 4 ކޮމެންޓް
އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެސްޓީއޯއާއި، ވެމްކޯ އުވާނުލާނެކަމަށް ބުނެ ސަރުކާރުން ވާހަކަދެއްކި ނަމަވެސް އެސްޓީއޯއާއި ވެމްކޯވެސް އުވާ ނުލާނެކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. muni
ގދ ތިނަދޫގައި މިރޭ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި އެއްވެސް ކުންފުންޏެއްގެވެސް އެއްވެސް މުއައްސަސާއެއްގެ ވެސް މުވައްޒަފަކު ސިޔާސީ ނުފޫޒުން ވަޒީފާއިންވެސް ވަކި ނުކުރާނެ ކަމުގައެވެ.

އިބޫ މިހެން ވިދާޅުވި އިރު ރައީސް ޔާމީން މި ފަހުން ވަރަށް ގިނަ ރަސްމިއްޔާތު ތަކުގައިވަނީ އެސްޓީއޯއާއި ވެމްކޯއާއި ސަރުކާރުގެ ކުންފުނިތައް އިދިކޮޅު ވެރިކަމެއްގައި އުވާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެތަންތާންގެ މުވައްޒަފުންނަށް ވެގެންދާނެ ގޮތަކާއި މެދު ވިސްނުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

އިބޫ ވިދާޅުވީ އިބޫގެ ބައެއް ވަައުދުތައް ރައްޔިތުންނަށް އޮޅުވާލާ ހަގީގަތް ފޮރުވަން ވާދަވެރި ފަރާތުން މަސައްކަތްކުރަމުންދާކަމުގައެވެ.

އިބޫ ވިދާޅުވީ އެސްޓީއޯއާއި ވެމްކޯ އުވާލައި މުވައްޒަފުން މަގުމަތިކުރާނެކަމަށް ބުނެ ދައްކަނީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމުގައެވެ.

ނަމަވެސް ކަންމަތީ ފިހާރަތަކާއި ވާދަކުރާ ކުންފުންޏަކަށް އެސްޓީއޯ ވެފައި އޮތް އޮތުމަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށައި އެކަމުގެ ސަބަބުން މުވައްޒަފުންނަށްވެސް ލިބޭނީ އިތުރު ކުރިއެރުންކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވެމްކޯ އުވާލާނެކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައިވެސް ނުވާނެކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި ކުންފުނިތައް އުވާލާ މުވައްޒަފުން މަގުމަތި ކުރާނެކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދަވީ މުވައްޒަފުންގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމުގައެވެ.
ގުޅުންހުރި
ޖަލުތަކުގައި މީހުން މަރުވާތީ ކަންބޮޑުވޭ: އިބޫ
3 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
17 ގަޑިއިރު ކުރިން
ސިޔާދަތަށް ގެއްލުން ވާގޮތަށް ކޮށްފަހުރި ކަންކަން ބަދަލު ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ކަންބޮޑުވުންތައް ވެރިންނާއި ހަމައަށް ގެނެވޭނެ ނިޒާމެއް ގާއިމް ކުރާނަން: އިބޫ
18 ސެޕްޓެމްބަރ 2018
ހިޔާލު

ހަބީބު
ޔާމީނު އައްވުރެ މާރަނގަޅައް އިބޫގެ ވެތިކަމުގެ ކުންފުނި ތަކުގެ މުވައްޒަފުންނައް ހައްގުތައް ލިބިގެންދާނެ ސިޔާސީ ވަރައްގިނަ ބޭފުޅުންގެ އިރުސާދުގެ މަތިން މިގައުމު ރަނގަޅު ފާލަކައް އަޅުވަން ޖެހޭ ސަލާމަތީ ހިދުމަތްތައް އެއީ ކުއްވެރިން ފަހަތުން ދުވާބަޔަކައް ހަދަންޖެހޭ ސިޔާސީ މީހުން ފަހާދުވާ ބަޔަކައް ވާކައްނުޖެހޭ
މޫސާ
ތިއީ އެންމެ ފުރަތަމަ އުވާލާނެ ދެ ތަން.
ބާނި
ސާބަހޭ އިބޫ ، އެންމެ އިންޗިއެއްވެސް ދޫނުކުރައްވާތި، 23 ސެޕްޓެމްބަރުގަ ރައްޔިތުންގެ ވޯޓުން މިކަން ނިންމޭނެ އިންޝާﷲ
ކެޔޮޅުބެ
ރާއްޖޭގެހުރިހާ މަސްވެރިންނަށްކެޔޮޅުބެބުނެލަންބޭނުންވަނީ ހުރިހާމަސްވެރިންވެސް އިބޫއާއި ފައިސަލުއަށްވޯޓުދޭށޭ އިރާދަކުރެއްވިއްޔާ މަސްވެރި މިނިސްޓަރަކާއި ފިޝަރީޒްމިނިސްޓްރީ ހިންގަންހަވާލުކުރާނަމޭ .. ޝައިނީއަކަށް މަސްވެރިންކުރާމަސައްކަތެއް ނޭގުނެއްނޫންހޭ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]