Idhikolhu meehunah adheeb athun laari eh nulibunu: Raees
vfp.mv
VFPBAAZAARU
MIB
MIB
އިދިކޮޅު މީހުންނަށް އަދީބު އަތުން ލާރިއެއް ނުލިބުނު: ރައީސް
inage
ރައީސް ޔާމީން މިއަދު ނައިފަރުގައި
  ހަބަރު | ސިޔާސީ | 1 ސެޕްޓެމްބަރ 2018 | 8 ކޮމެންޓް
އިދިކޮޅު ފަރާތްތަކުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަރިހަށް (ޖަލަށް) ލޯޔަރުން ފޮނުވައިގެން ކެމްޕެއިނަށް ލާރި ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި ނަމަވެސް އަދީބު އަތުން އިދިކޮޅު ފަރާތްތަކަށް ފައިސާ ނުލިބުނުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. muni
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަހު ޅ ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބް ކައިރިއަށް ލޯޔަރުން ފޮނުވައިގެން ލާރި ހުރިތަނެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް އަދީބު އަތުން ކެމްޕެއިނަށް ލާރި އިދިކޮޅު ފަރާތްތަކަށް ނުލިބުނު ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ އަދީބުގެ ޖަވާބަކީ "އަޅުގަނޑު މީ އެއް އިރެއްގައިވެސް ރާރި ގެންގުޅުނު މީހެއް ނޫން" ކަމުގައެވެ.

އިދިކޮޅު ފަރާތްތަކަށް އަދީބު އަތުން ފައިސާ ނުލިބުނު ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވިއިރު ފާއިތުވި ހަފްތާގައި ރަށަކަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީންވަނީ އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ފައިސާއާއި އިދިކޮޅު ފަރާތްތަކާއިވެސް ގުޅުވާފައެވެ.

އެގޮތުން ރައީސް ޔާމީންވަނީ އިދިކޮޅު ކެމްޕެއިނަށް ފައިސާ ހޯދަނީ ކޮހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން މިވަނީ އަދީބު އަތުން އިދިކޮޅު ފަރާތްތަކަށް ފައިސާ ނުލިބުނުކަމަށް ވިދާޅުވެފައެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
5 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
5 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
5 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
9 ގަޑިއިރު ކުރިން
ހިޔާލު

ބޮންދު
އިދިކޮޅު އެކަންޏެއް ނޫން ދެއްތޯ؟ މަނިކުފާނު ފ. އަތޮޅު ވިއްކާލި ލާރި މަނިކުފާނަށްވެސް ނުލިބުނު ދެއްތޯ.
ހުސެން
ޢަދީބު ފައިސާ ގެންގުޅެއޭ ކިޔާ ފައިސާނުދެނީސް އިންސާނީ ހައްގެއް ނުދޭނަމޭކިޔާ ޔާމީން ތިކުރަނީކީއް.
އިބްރާހީމު
ސަރުކާރުގެ އެންޓި ކެމްޕެއިން އިބޫއަށް އެއް ވޯޓު ގެއްލޭނަަމަ ޔާމީން ގެ އަނގައިގެ ސަބަބުން ޔާމީނަށް ފަންސާސް ވޯޓު އެބަ ގެއްލޭ. ހަމަ ހިނި އަންނަނީ
ގެބްދިޔަދޯ
އދީބު އަތުގަ ނުހންނާނެކަން އިނގޭ. ޑޮލަރު ދަބަސްތައް ވެއްދިގޭމީހާ ބުނި އެގެއަށް ވެއްދިއޭ. އަދީބު ބުނި އެމީހާގެ އޭރުގެ މަސައްކަތަކީ ލާރި ގުނުމޭ.
ފައިސާ ފައިސާ
އެހެމްވީމާ އަދީބާއިމެދު އަޅުގަނޑުގެ ހިތުގައި އޮތް ޝައްކު ފިލައި އަސްލު ހިޔާނާތް ތެރިޔާ އެނގުނީއެވެ. މިކަލޭގެ ގިނަގިނައިން ޕޯޑިއަމްތަކަށް އަރުވަންވީއެވެ.
ދިގު ބޯ
އަދީބު ދޯ ލާރިގަނޑު ކާލީ ކަލެއަށް ބައިނާޅަ؟ އެހެންވެތަ އަދިވެސް މުޅިހިބަޅިދޫ ހާވަނީތި؟ ތިހާރިސްކް ބޮޑުކޮށް ތިޒާތުގެ ކަންކަން ކުރާއިރު ލަނޑުލިބޭނެ. ބެޓަރ ލަކް ނެކްސްޓް ޓައިމް ބްރޯ!
ދެކޭމީހާކިޔާމީހާ
މާލޭގެ މަގުތައްމަތީގައި މާރާމާރީއަކަށްފަހު މާރާމާރީއެއް، އެކަކަށްފަހު އަނެކަކު ކަތިލަމުންދާއިރުވެސް މިމަނިކުފާނުގެ ސިކުނޑިފުޅަށް ވެރިކަންދެމެހެއްޓުމާއި ލާރީގެމުޢާމަލާތްނޫން އެހެންއެއްވެސްއެއްޗެއް ނާރަނީބާވައެވެ؟
އަބުޅޮ
ގިނަގިނައިން ޕޯޑިއަމްތަކަށް އަރުވަންވީ! އެއިރުން ގޮވާކޮސް ގިނަވާނެ!
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]