Bridge Hulhuvan $3 Million Haradhu Kurany Raees Yameen Ge Campaign Ah: Mariya
vfp.mv
VFPBAAZAARU
MIB
MIB
ބްރިޖް ހުޅުވަން 3 މިލިއަން ޑޮލަރު ހަރަދު ކުރަނީ ރައީސް ޔާމީންގެ ކެމްޕޭނަށް: މާރިޔާ
inage
ބްރިޖް ހުޅުވަން 3 މިލިއަން ޑޮލަރު ހަރަދު ކުރަނީ ރައީސް ޔާމީންގެ ކެމްޕޭނަށް: މާރިޔާ--
  ހަބަރު | | 30 އޯގަސްޓު 2018 | 5 ކޮމެންޓް
ސިނަލާމެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތައް ގިނަ ހަރަކާތްތަކެއް ރާވާ ދުނިޔޭގެ ފެންވަރުގައި ހަވާ އަރުވާ ލޭޒަރުގެ ކުޅިވަރުތައް ބާއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ކަމަށާއި އެއީ ވަރަށް ބޮޑު އިސްރާފެއް ކަމަށް މާރިޔާ ވިދާޅުވެއްޖެއެވެ. dhi2
މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ބްރިޖް ހުޅުވުމަށް ތިން މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ ހަގީގަތުގައި ރައީސް ޔާމީންގެ ކެމްޕޭން ކުރުމަށް ބޭނުން ކުރާ ފައިސާ ކަމަށާއި، މިވަގުތު އާންމު ރައްޔިތުން މިތިބީ ޖީބުން ނަގާ ފައިސާއިން އެފަދަ އަގެއް ހަރަދު ކުރެވޭ ހާލަތެއްގައިތޯ ސުވާލު އުފެދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެއް ރެޔެއްގެ މަތިން ތިން މިލިއަން ޑޮލަރު ނުވަތަ 46 މިލިއަން ރުފިޔާގެ ބޮޑު އަގުގައި ބްރިޖް ހުޅުވާލުން ފާހަގަ ކުރާއިރު އެފައިސާ އަކީ ބޮޑު ދެރަށެއްގައި ނަރުދަމާ އެޅޭ އަގުކަމަށެވެ. ހަމަ އެގޮތުން 150 މީހުންގެ ބޯހިޔާވެހިކަމާއި 80 ކުދިންނަށް ސްކޮލާޝިޕް ދެވޭނެ އަގުކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

"އެންމެ ރެޔެއްގައި ބްރިޖް ހުޅުވަނީ އޭ ކިޔާފައި ރައީސް ޔާމީންގެ ކެމްޕޭނަށް އެއިސްރާފް ކުރައްވަނީ. ދުމަށް އަރައިގެން މިދަނީ 150 މީހުންގެ ބޯހިޔާވަހިކަމިގެ ވާހަކަ. ބޮޑު ދެރަށެއްގެ ނަރުދަމާ އެޅޭނެ އަގުގެ ވާހަކަ. 80 ސްކޮލާޝިޕްގެ ވާހަކަ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅު ކެމްޕޭންގެ ދަށުން ކޮންމެ ދުވަހަކު ރައްޔިތުން ކައިރިއަށް ގޮސް ވާހަކަ ދައްކާލާއިރު ބޯހިޔާވެހިކަމުގެ ވާހަކަ ދައްކާ ކަމަށެވެ. އަދި މިހާރުވެސް ގިނަ ރައްޔިތުން އުޅެނީ ވަރަށް ނިކަމެތިކޮށް ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ތިން މިލިއަން ޑޮލަރު ދުމަށް އަރައިގެން ދާތަން ބަލަން ތިބުމަކީ ހިތައް ނުތަނަވަސްކަން ގެންނަ ކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ގުޅުންހުރި
އިބޫއަށް އެންމެ ހިތްގައިމު މަންޒަރެއް ފެނިވަޑައިގެންނެވީ ފީއަލިން
17 ސެޕްޓެމްބަރ 2018
ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް
17 ސެޕްޓެމްބަރ 2018
ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްދެއްވާ: މާރިޔާ
17 ސެޕްޓެމްބަރ 2018
މެނިފެސްޓޯގައި ދޮޅު އަހަރުން އިސްތިއުފާ ދޭ ވާހަކައާއި، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް
17 ސެޕްޓެމްބަރ 2018
ހިޔާލު

ހަަސަނުގޯތީ އާދަނު
އެފްޕީއައިޑީ ގެ ޚިޔާނާތަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތައްވުރެ ބޮޑު ޚިޔާނާތެއް. އެފައިސާއިން ލަންޑަނުގަ ބަޔަކު ކިޔެވި. ރިހާކުރުފުޅި ގަނެލަން ފަސްޓްކުލާހުން ޓިކެޓު ގަނެގެން ރާއްޖެއަށް އަށް އައިސްފައިވޭ. މީވަރަށް ވާހަކަ.
ޙމމ
ތީ އިސްރާފް ނުކުރާ ބައެއް... ދެން ކުޑަކޮށް ކެޓީމަ އޯކޭ ވާނެ
ޣައިބު
ކަމަނާގެ ސަރުކާރުގަ ނުކުރާ ކަމެއް މިސަރުކާރުގަވެސް ނުކުރޭ ހިސާބު ކިތާބު ދަސްކުރީ އޮފިއެލޭ ގަހުގަ އަޅާ ކުންނާރު ގުނައިގެންދޯ؟ ބަލަ އެގަހުގަ ކުންނާރެއް ނާޅައޭ ކަމަނާ. ލާރި ހޯދަައިގެނޭ ޚަރަދު ކުރަނީ ވ ވ ވ ސަލާމް
ދޮންބެ
ލަދުހަޔާތްކުޑަ މަންޖެގެ ބޮޑު ރިޔަލޭ ކިޔަންވީނު!!!!!!!!! މީ ކލަދުހަޔާތުގެ ކަންފުޅެއްވެސް ހުންނަ ބައެއްނޫންވިއްޔާ!
ގ
ބުރިޖު ހުޅުވުމަށް ވާނޖެހޭ ތައްޔާރީތަކަކީ ގައުމީ ކަމެކެވެ
އެބުރުގައި ދަރުފަތުކޮށް ބޭނުންތައް ކުރާނީ ވަކިބަޔަކު ނޫނެވެ
ރާއްޖޭގެ ހުރިހާ ރައްޔިތުންނެވެ މެޑަމް މާރިޔާވެސް އެބުރިޖުގެ
ބޭނުން އެންމެ ފުރިހަމައަށް ހިއްޕަވާނެކަން ކަށަވަރެވެ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]