GMRge Massalaagai Raees yamin Ithurufulhu Hahdhavaathee Idhikolhgun Kanboduvun Faalhu Koffi
vfp.mv
VFPBAAZAARU
HM
HM
ޖީއެމްއާރުގެ މައްސަލާގައި އިތުރުފުޅު ހައްދަވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި
inage
ޖީއެމްއާރު ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއް: މާރިޔާ--
  ހަބަރު | ސިޔާސީ | 29 އޯގަސްޓު 2018 | 0 ކޮމެންޓް
އިންޑިއާގެ ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަން ދިން މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އިތުރުފުޅު ހައްދަވާތީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. Dhiraagu
މާރިޔާ މިއަދު ވިދާޅުވީ އެއާޕޯޓު ވިއްކާލީ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ވިއްކާލީ ނޫން ކަމަށާއި އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިނީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނީ ހާމަ ކުރެވިފައިވާ ބިޑެއްގެ ތެރެއިން ކަމަށެވެ. އެ ބިޑިން ޕްރޮސެސް ވޯލްޑް ބޭންކާއި އިންޓޭނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ފަދަ އިދާރާތަކުން ކައިރިން ބެލި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ރައީސް ޔާމީން އިތުރުފުޅު ހައްދަވާ މަންޒަރު ޕީއެސްއެމުން ގެނެސްދޭ އިރު ބްރޯޑްކާސްޓިން ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އޭގެއިތުރުން މާރިޔާ ވަނީ އެމަނިކުފާނުގެ ދެފައި ނުބަދެ އިންތިހާބަށް އައުމަކީ އިދިކޮޅު ފަރާތްތަކަށް ހެދުނު ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

މާރިޔާ ވިދާޅުވީ ވާދަވެރިން އެއްފަރާތްކޮށް އިންތިހާބުގައި ވާދަ ކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ސަގާފަތެއް ކަމަށެވެ. އަދި ރައީސް ޔާމީން އެހެން ވިދާޅުވި އިރު މިހާރު ވެސް އެމަނިކުފާނު ހުންނެވީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

"ބޮޑުތަނުން މޮޅުވާނެކަން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. ކޮންމެހެން ނުޖެހޭ ރައީސް ޔާމީންގެ ދެފައިންޕުޅު ބަނދެގެން، އެބޭފުޅާ އެ ހައްދަވާހެން އެއްބަފާ ބޭބެ ޖަލަށްލައިގެން ދެން ތިބި ސިޔާސީ ލީދަރުން ޖަލަށް ލައިގެން އެހެން މީހަކަށް ވާދަކޮށްލަން ވެސް ފުރުސަތު ނުލިބޭނެ ގޮތަށް އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށްގެން ދާކަށް،" މާރިޔާ ވިދާޅުވިއެވެ.
ގުޅުންހުރި
ޖަލުތަކުގައި މީހުން މަރުވާތީ ކަންބޮޑުވޭ: އިބޫ
3 ގަޑިއިރު ކުރިން
ރިޔާސީ އިންތިޚާބު 2018: ވެރިޔަކު ހޮވުމަކީ މަސްއޫލިއްޔަތެއް
12 ގަޑިއިރު ކުރިން
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އިތުރު ރިޕޯޓެއް: ރައީސް ޔާމީންގެ ބައިވެރިވުން އޮތް
15 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
16 ގަޑިއިރު ކުރިން
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]