Ibu ai Faisal 127 Rashakah Vadaigenfi, Baakee Othee 3 Atollu: Mariya
vfp.mv
VFPBAAZAARU
MIB
MIB
އިބޫއާއި ފައިސަލް 127 ރަށަކަށް ވަޑައިގެންފި، ބާކީ އޮތީ 3 އަތޮޅު: މާރިޔާ
inage
މާރިޔާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ---
  ހަބަރު | ސިޔާސީ | 28 އޯގަސްޓު 2018 | 0 ކޮމެންޓް
އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އާއި ރަނިންމޭޓު ފައިސަލް ނަސީމް މިހާތަނަށް 127 ރަށަކަށް ވަޑައިގެންފައިވާ ކަމަށާއި އެދެބޭފުޅުންނަށް ވަޑައިނުގެންނެވި ބާކީ އޮތީ ތިން އަތޮޅު ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. dhi2
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެ ދެބޭފުޅުންގެ އަމާޒަކީ ހުރިހާ ރަށަކަށް ވަޑައިގެންނެވުން ކަމަށެވެ. އިންތިހާބުގެ ކުރިން ހުރިހާ ރަށަކަށް އެރުމަކީ އިދިކޮޅު ކެންޑިޑޭޓު އިބޫގެ އަމާޒެކެވެ.

މާރިޔާ ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ދާ ގޮތުން ކަންބޮޑުވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާ ލިސްޓާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވޯޓާސް ލިސްޓުތަކުގައި އިދިކޮޅުން ސޮއި ކުރާނީ ކަންކަން ބެލުމަށްފަހު ލިސްޓުތައް ރަނގަޅު ނަމަ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންތިހާބުގައި "ވައްކަން" ކުރިޔަ ނުދީ އިންތިހާބު ބޭއްވެތޯ ކުރެވެން ހުރި ހުރިހާ ކަމެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. ރައްޔިތުން ތިބީ ދޫދޭން ނޫން ކަމަށާއި އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ގުޅުންހުރި
ރީތިވާ ކުލައެއްގެ ގޮތުން އެއްވެސް ރައްޔިތަކު ބާކީ އެއް ނުކުރާނަން: އިބޫ
21 ސެޕްޓެމްބަރ 2018
170،000 ރައްޔިތުންގެ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން މިހާތަނަށް ލިބިފައިވޭ: އިބޫ
21 ސެޕްޓެމްބަރ 2018
އެއްވެސް ކަމެއްގައި އަޅުގަނޑު ހައްޔަރު ކުރާކަށް ލާހިކެއް ނޫން: ހިޔަލީ
21 ސެޕްޓެމްބަރ 2018
ނަސްރީނާގެ އާދޭސް: އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި އިބޫއަށް ވޯޓު ދެއްވާ
20 ސެޕްޓެމްބަރ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]