Inguraidhoo Sihhee Marukazu 24 Gadi iru Hidhumaiy Dhey Thanakah Badhalukuraanan : Raees Yaameen
vfp.mv
VFPBAAZAARU
MIB
MIB
އިނގުރައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރާނަން: ރައީސް
inage
ރައީސުލްޖުމްހޫރިއްޔާ، ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލު ކުރެއްވުން--
  ހަބަރު | | 28 އޯގަސްޓު 2018 | 1 ކޮމެންޓް
ރ. އިނގުރައިދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒަކަށް ބަދަލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. Dhiraagu
ރ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން މިހާރު ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު މެންދުރު އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަމަށެވެ. އެހެންކަމުން އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިއަހަރުގެ ތެރޭގައި 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އެރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، 60 މިލިއަނާއި ގާތްކުރާ އަދަދަކަށް ހޭދަކޮށްފައިވާ މީހަކަށް އެފަދަ އާދައިގެ ކަމެއް ކުރުމަކީ ދަތިކަމެއް ނޫންކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނީ އެމަނިކުފާނަށްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަންހެނުންގެ ހުރިހާ ބައްޔަކަށް ފަރުވާދެވޭނެ އަންހެނުންގެ ހާއްސަ ހޮސްޕިޓަލެއް ގާއިމުކޮށްދެވޭނީ ވެސް އެމަނިކުފާނަށް ކަމަށެވެ.

ގުޅުންހުރި
ފެންނަންނެތް އެއާޕޯޓަކާއި ބޮޓްލިން ޕްލާންޓެއް ރައީސް ޔާމީން ހުޅުއްވާދެއްވައިފި
14 ގަޑިއިރު ކުރިން
ރައީސް ޔާމީންގެ އާދޭސް: ރައްޔިތުން އަޅުގަނޑަށް ދެރަގޮތެއް ނުހަދާތި
16 ގަޑިއިރު ކުރިން
މީހަކަށް އަނިޔާވެރިވާއިރު ގާނޫނުއަރާ ހަމަކުރާނެކަން ދަންނަން ޖެހޭ: ރައީސް
22 ގަޑިއިރު ކުރިން
އަދީބުގެ ތުހުމަތުތަކާއި އިންތިހާބާ ގުޅުމެއްވޭ ބާ؟
21 ސެޕްޓެމްބަރ 2018
ހިޔާލު

އަހައްމާ
ސިއްހީމަރުކަޒު 24 ގަޑިއިރު ކީކުރަންތޯ 48 ގަޑިއިރަށް ވެސް ބަދަލު ކޮއްލެވިދާނެއެވެ. އެހެންނަމަވެސް ޚިދުމަތްދެވޭނެތޯ ؟ ޑަކުޓަރުންނާއި ބޭނުންވާ ސާމާނު ނެތިއްޔާ ތީގެ އެއްވެސް ވާނެ ފައިދާއެއް ރައްޔިތުންނަކަށް ނުވާނެއެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]