Anhenun naai kudakudhin ge hospital eh gaaim kuraanan: Raees
vfp.mv
VFPBAAZAARU
HM
HM
އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް ގާއިމް ކުރާނަން: ރައީސް
inage
އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލެއް ގާއިމް ކުރާނަން: ރައީސް
  ހަބަރު | ސިޔާސީ | 27 އޯގަސްޓު 2018 | 1 ކޮމެންޓް
އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރައްވާނެކަމުގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. dhi2
ރ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރުގައި އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމުގައެވެ.

ރައީސް ވިދާޅުވީ މިހިނގާ ދައުރުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވާފައިވާކަމަށާއި، އެކި ބަލިތަކަށް ފަރުވާކުރުމަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރަމުންދާ ކަމުގައެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން މި ސަރުކާރުގެ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކްލާސް ރޫމް އަޅާފައިވާ ކަމަށާއި އަތޮޅުތެރޭގައި މިހާތަނަށް ބިނަކުރި އެންމެ ބޮޑު ސްކޫލް ބިނާ ކުރީވެސް މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
5 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
5 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
5 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
9 ގަޑިއިރު ކުރިން
ހިޔާލު

ގުޅުންހުރި
އަހުމަދު
މިދިޔަ އހރު ބޭނިޔަސް ނުބޭނިޔަސް 10 ދަނޑުވެރިެަކަށް 8 ހާސް އުތުރު އަދި ދެކުނުގައި ޓްރެސިއަރ ހޮސްޕިޓަލް ނުފެނޭ..އަލަތު ކައިވެނީގެ ފްލެޓް... މިހެންގޮސް....
އަނެއްކާ އަނެއް ހަކަންތައް....
ދެންހެޔޮ ފުދިއްޖެ..ރަގަޅޭ ތިޔަވަރު.. އިތުރަށް ބައިތުލްމާލު ލޫޓްވާނުލުން ރަގަޅީ... ވ. ސަލާމް.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]