Meehaa Jalah Dhaan Jehenee Meehaa Ulhey Gothun: Dr.Shaheem
vfp.mv
VFPBAAZAARU
HM
HM
މީހާ ޖަލަށްދާން ޖެހެނީ މީހާ އުޅޭ ގޮތުން: ޑރ.ޝަހީމް
inage
ޑރ.ޝަހީމް---
  ހަބަރު | ސިޔާސީ | 27 އޯގަސްޓު 2018 | 7 ކޮމެންޓް
ޖަލަށްދާން ޖެހެނީ އެމީހަކަށް އުޅޭ ގޮތުން ކަމަށާއި ކުށެއް ނުކުރާ ނަމަ ޖަލަށްދާން ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. Dhiraagu
ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މާވަށުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކުށެއް ކޮށްފި ނަމަ ހުދު އޭނާ ވެސް ޖަލަށްދާން ޖެހޭނެ ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ވެއްޖެ ނަމަ ޝަހީމް ވެސް ޖަލަށްލާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ޖަލަށްދާން ޖެހެނީ މީހުންނަށް އުޅެވޭ ގޮތުން ކަމަށެވެ.

"ކުށެއް ނުކުރާ މީހަކު ޖަލަށްދާކަށް ނުޖެހޭނެ. މީހާ ޖަލަށް އެދާން ޖެހެނީ މީހާ އުޅޭ ގޮތުން. ﷲ އިރާދަ ކުރެއްވިއްޔާ އެފަދަ މަގަކުން އަޅުގަނޑެއް ދަތުރެއް ނުކުރާނަން،" ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނާއެކު މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އިސްލާމީ އެންމެ ބޮޑު ދެ ވުޒާރާގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށާއި ރައީސް ޔާމީންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ރާއްޖެ ތަރައްގީކޮށް ރާއްޖޭގައި އިސްލާމް ދީން ގާއިމުކޮށްފައި ބޭއްވުމުގެ ތައުލީމާއި ގާބިލުކަން ހުރީ ރައީސް ޔާމީންގެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނާއި ރާއްޖޭގެ އިސްތިގުލާލު ވެސް ދެމެހެއްޓޭނީ ރައީސް ޔާމީނަށް ވޯޓު ދީގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތްކޮށް ޝަހީމް ވިދާޅުވީ މިހާރު ވެސް ދެތިން މެނިފެސްޓޯ އިދިކޮޅުގައި އެބަ އޮތް ކަމަށާއި އެއް މެނިފެސްޓޮއެއްގެ ގޮތުގައި އެ ނުގެނެވޭނެ ކަމަށެވެ. ތަފާތު ފިކުރުތައް އެއްވެގެން އިދިކޮޅުން ސަރުކާރަށް އަތުވެއްޖެ ނަމަ އެ ސަރުކާރެއް ދެމި ނޯންނާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ބައިބައިވުންތަކުގެ ސަބަބުން ތަރައްގީއަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރުމުގެ ވާހަކަ ދެކެވެމުންދާ އިރު ޝަހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ ގަޑުބަޑު ކުރުމަށް ފަހިވާ ނިޒާމެއް ކަމަށާއި އެ ނިޒާމަކީ ރާއްޖެއާއި ގުޅޭ ނިޒާމެއް ނޫން ކަމަށެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
4 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
4 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
4 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
8 ގަޑިއިރު ކުރިން
ހިޔާލު

އަސްލު
ޖަލަށް ދާންޖެހޭވަރުގެ ކުށެއް މިހާރު ކުރަމުން ތިއަގެންދަނީވެސް، ޗާންސެލަރުކަމުގެ މަގާމުގަ ހުރެގެން މީހަކު ވެރިކަމަށް ގެންނަން ސިޔާސީ މަސއްކަތް ކުރުމަކީ ކުށެއް
ޖޭޑީ
މީހާ ނަރަކައަައް ދާންޖެހެނީވެސް އެމީހަކު އުޅޭ ގޮތަކުން...
ާރަސްމީ
ޝަހީމް ޖަލަށްލާ ދުވަހު ތިހެން ބުނަށް ކެރޭނެބާ! ބޭނުންވަނީ އިންތިޚާބު ކާމިޔާބުނުވުން އެެއީ ޝަހީމު ޖަލަށް ނުގޮސް ފަރުޖެހޭތޯ
އިބްރާހީމު
ވެރިކަމާ ހެދި މޮޔަވިޔަސް ތިދެން ބޮޑުވަރު. ދީނީ ޢިލްމުވެރިންގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަގު ވެއްޓުން ނޫންކަމެއް ނުވޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ޝަހީމާ ހެދި.
ޢީސަ
އެހެންވީމަ ދޯ އިމްރާނު އެހުރީ ކުށެއްކޮށްފާނެ ކަމަށް ލާފައި..
އަޙުމަދު
ޖަލަށް ލާފައި ތިބި މީހުންގެ ޝަރީޢަތްކޮށްފައި ހުރީ ޝަރީޢަތުގެ ހަމަތަކާއި ޚިލާފަށް ކަން އިސްލާމް ދީން ނުދަންނަ މީހަކަށް ނޭނގޭނެ. ޔާމީނު ބުނީ ވައްކަންކުރުން ހުއްދަކުރާ ޤާނޫނެއް ހަދައިދޭށޭ، ތަންފީޒުކުރާނަމޭ. މި ވަރުގެ މީހަކު ވެރިކަމަށް ގެންނަން އުޅޭނީ އެއަށްވުރެ ޙާލު ދެރަ މިހެއް ކަން ކަށަވަރު.
ތުނިޔަ
މިހިރަ މީހެއް މޮޔަވަނީ!
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]