MMPRCin Gellunu faisaa Nuhoadhigen Ulhenee A faisaa hurithan Neygeythee: Raees Yamin
vfp.mv
VFPBAAZAARU
HM
HM
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ނުހޯދިގެން އުޅެނީ ހުރިތަން ނޭނގޭތީ: ރައީސް ޔާމީން
inage
ރައީސް ޔާމީން ތ.ގުރާދޫގައި---ފޮޓޯ:ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 26 އޯގަސްޓު 2018 | 14 ކޮމެންޓް
އެމްއެމްޕީއާރުސީ ހިޔާނާތުން ގެއްލުނު ފައިސާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަން ނޭނގޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. Dhiraagu
ތ.ގުރައިދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ހިޔާނާތުގައި ގެއްލުނު ކަމަސް އަންދާޒާ ކުރާ ފައިސާގެ އަދަދު ވެސް އޭސީސީން ބުނެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ފައިސާ ގެއްލުނީ ކިހާވަރަކަށްކަން އެނގިވަދައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަން ނޭނގޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކޮށްފީމު. އަޅުގަނޑުމެންނަށް އެނގޭ މި ފައިސާ ގެއްލިފައި ވެއްޖެކަން. އެކަމަކު މި ފައިސާ ހުރިތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާގެ މަދަދުވެރިކަން ލިބުނީ ކޮންބަޔަކަށްކަން އެބޭފުޅުންގެ ތެރެއިން އެއް މެންބަރަކު ވަރަށް ފަރިތަ ކަމާއެކު ވިދާޅުވަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިއަދު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާއި އޭގެ ކުރިން ހިންގާފައިވާ ކޮރަޕްޝަނުގެ ފައިސާތައް ވެސް އިދިކޮޅަސް ނުހޯދޭނެ ކަމަސް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރާއި އެފްޕީއައިޑީގެ ހިޔާނާތުގެ ފައިސާ ނުހޯދޭނީ އެ ފައިސާ ލިބުނު ފަރާތްތަކުގެ އެހީ މިހާރު ވެސް އެމްޑީޕީއަށް ލިބެމުންދާތީއެވެ.

އިދިކޮޅު ފަރާތްތަކުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އޮންނަ ގުޅުމައި ބެހޭ ގޮތުން ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކޮށްފައިވާ ކަންކަމަށް މާފުދީ އަދީބު ބޭހަށް ދިއުމުގެ ހުއްދަ ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް ދައުލަތުން ގެއްލުނު ފައިސާ އަދީބު ދައްކަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގައި އިހުލާސްތެރިކަމެއް ހުރި ނަމަ އެބޭފުޔޅުންގެ ސަރުކާރެއްގައި އެމްޑީޕީގެ ތިން އަހަރުގައި ގެއްލުނު ކަމަށްބުނާ 1.2 ބިލިއަން ރުފިޔާ ވެސް ހޯދަން ރައީސް ޔާމީން ގޮވާލެއްވިއެވެ. ނަމަވެސް ތިން އަހަރުގެ ވެރިކަމުގައި އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
4 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
4 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
4 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
8 ގަޑިއިރު ކުރިން
ހިޔާލު

ސަރީފާ
ރައީސް ޔާމީނުގެ މިވާޙަކައިން އިނގޭ އެމް.ޑީ.އޭ. އާ ގުޅުންގޯސްކަން. ހޯރަފުށީ ދާއިރާގެ މެމްބަރު ފައިސާގޯންޏަކީ އެމް.ޑީ.އޭ ގެ މެމްބަރެއް. ވަރަށް ވިސްނައިގެންހުންނާތި މުހައްމަދު ހައްޔަރުކުރާނެ.
ސަރީފާ
"ޔަޤީނުންވެސް ދޫވެއްސަށް ވަދެފަ ހުރީ ހަލާލު ފައިސާއެއްނޫން.. ޚުދު އަނބިމީހާވެސް ނާހާ ގޭގެ ޚަރަދު ހިނގަނީ ޙަލާލު ފައިސާއިންތޯ.. މެމްބަރުންނަށް އަދީބުދެއްވަމުން ގެންދެވީ އަޅުގަނޑުގެ ފައިސާ.. ގުރޫޕުތަކަށް އަދީބު ދެއްވި ފައިސާ ދެވޭނެ އެހެންގޮތެއް ބަލަންޖެހޭ.." މީ ހައްތަހާވެސް ގައުމުގެ ރައީސެއް ދެއްކެވިކަމަށްބުނެ ނޫސްތަކުން އެކި ދުވަސްވަރު ފެނުނު ސުރުޚީތައް.. ފައިސާގޯނި ހިފައިގެން ދުވުނުކަމަށް ބުނާ މެމްބަރު ގާތުވެސް ފައިސާ ބެއްސެވީ ކޮންމެމްބަރުންނަކަށްތޯ އަހާލުން ބުއްދިވެރި..
ނެޝަނަލިސްޓް
ހަރާމް ފައިސާ ފޮށިގަޑުގައި ވެއްދި ވާހަކަ ވިދާޅުވި އަޑު އެހިން!
ހުއްބުލްވަތަން އަސްލު
ބައެއް ބޭފުޅުންގެ އެކައުންޓަށްވެސް ބައެއް ވަދެފައިވާކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނުން ބުނޭ. އެ ފައިސާކޮޅު ދައުލަތުގެ ހަޒާނާއަށް ވެއްދުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ދަންނަވަން.
ދެޓްސް ނޮޓް މީ އަޅެ
"ޔަޤީނުންވެސް ދޫވެއްސަށް ވަދެފަ ހުރީ ހަލާލު ފައިސާއެއްނޫން.. ޚުދު އަނބިމީހާވެސް ނާހާ ގޭގެ ޚަރަދު ހިނގަނީ ޙަލާލު ފައިސާއިންތޯ.. މެމްބަރުންނަށް އަދީބުދެއްވަމުން ގެންދެވީ އަޅުގަނޑުގެ ފައިސާ.. ގުރޫޕުތަކަށް އަދީބު ދެއްވި ފައިސާ ދެވޭނެ އެހެންގޮތެއް ބަލަންޖެހޭ.." މީ ހައްތަހާވެސް ގައުމުގެ ރައީސެއް ދެއްކެވިކަމަށްބުނެ ނޫސްތަކުން އެކި ދުވަސްވަރު ފެނުނު ސުރުޚީތައް.. ފައިސާގޯނި ހިފައިގެން ދުވުނުކަމަށް ބުނާ މެމްބަރު ގާތުވެސް ފައިސާ ބެއްސެވީ ކޮންމެމްބަރުންނަކަށްތޯ އަހާލުން ބުއްދިވެރި..
ދޮންކެޔޮ ބުރޯ
އެފައިސާ ހުރިތަން އޮޅިވަޑައިގެން ތިއުޅުއްވަނީ މަނިކުފާނުއެކަނި ދެއްތޯ؟ ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބައިނގޭ އިސްލާމިކް ބޭންކްގެ ކާކުގެ އެކައުންޓުގަކަން 1ބިލިޔަން ޑޮަލަރު ހުރީ އަދި ބާކީ ފައިސާ ގުނީ ކޮންގެއެއްގެ ކޮންކޮޓަރިއެއްގަކަން
ބުލް
"ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަން ނޭނގޭތީ"..... އެއްޗެއް ހުރިތަން އެނގެންޏާ އެއެއްޗެއް ހޯދާކަށް އަމުދުން ނުޖެހޭނެ.
އަހްމަދު
އިސްލާމިކް ބޭންކް ޗެކްކޮށްލަނިކޮށް ކޮންމެވެސް ވަރަކަށް އެފައިސާ ގެ ތެރެއިން ކުޑަ އެތިކޮޅެއް ފެނިދާނެކަމަށް ލަފާކުރެވޭ
ނިލަންދޫ
ލަދުނުގަނޭތަ އަގަހުޅުވާން
ފިރުޓޭ
ތި ވާހަކަ ތަކެެއް ޤަބޫލެއް ނުކުރެވޭ! ކޯޓު މަރުހަލާ ނިމުނީމަތާ އެނގޭނީ އެއީ ކާކު ކުރި ކަމެއްކަން! ދެން އަނެއްކޮޅުން، ބަންދުގަ ތިބޭ މީސްމީހުން ބޭސް ފަރުވާ އަށް ފޮނުވުމަކީ ރައީސް ކުރައްވަން ޖެހިވަޑައި ގަންނަވާ ކަމެއް ބާވެއޭ ހިތަށް އަރާ!
އައްޔަ
"އިދިކޮޅު ފަރާތްތަކުގައި އިހުލާސްތެރިކަމެއް ހުރި ނަމަ އެބޭފުޔޅުންގެ ސަރުކާރެއްގައި އެމްޑީޕީގެ ތިން އަހަރުގައި ގެއްލުނު ކަމަށްބުނާ 1.2 ބިލިއަން ރުފިޔާ ވެސް ހޯދަން ރައީސް ޔާމީން ގޮވާލެއްވިއެވެ. ނަމަވެސް ތިން އަހަރުގެ ވެރިކަމުގައި އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ."
މިބުނަނީ ކޮނަވާހަކެއްބާ؟
މުއީޒު
އެބޭފުޅާގެ ޕާޓީ ބާރު އޮތް 2 އަހަރާއި ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާ އިރު އެ ފައިސާ ނުހޯދުނީ ކީއްވެޔޯ؟
ރާފަޅާ
ދައުލަތުގެ ހަޒާނާތަކުން ގެއްލޭ ތަކެތި ހުރިތަން ނޭނގޭނަމަ އެތަކެތި ނަގާނީ ދައުލަތް ހިންގުމާއި ހަވާލުވެހުރި ފަރާތުންނެވެ.
މަލަކުރި
އެމްއެމްޕީއާރުސީ އިން ފައިސާތަކެއް ގެއްލުނުތަ؟؟ އާދޯ ޔާމީން ވިދާޅުވި އަދީބު ދޫކުރާނީ އެފައިސާ ދިނުމުން ކަމަށް- ޔާމީނަށް ފައިސާ ހުރީ އޭނާ އަތުގައިކަން އެގިގެންނޫންތަ އެވާހަކަ އެހެން ބުނީ ވީމާ އަދީބު އަކާއި އެކަމާ ކޮންގުޅުމެއް އޮތީ؟؟
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]