Alhuganduge Anhenun Nukume Siyaasee Kankamugai Iskoh Noolheyne: Ibu
vfp.mv
VFPBAAZAARU
HM
HM
އަޅުގަނޑުގެ އަންހެނުން ނުކުމެ ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅޭނެ: އިބޫ
inage
އިބޫ---
  ހަބަރު | ސިޔާސީ | 17 އޯގަސްޓު 2018 | 0 ކޮމެންޓް
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ އަނބިކަނބަލުން ނުކުމެވަޑައިގެން ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވެއްޖެއެވެ. dhi2
ރާއްޖެޓީވީގެ އިބޫ ކައިރިން އަހާބަލަ ޕްރޮގުރާމުގައި މިރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އަނބިކަނބަލުން ފަޒޫ އަކީ އިސްލާހީ ހަރަކާތުގައި ގްރާސްރޫޓު ލެވެލްގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށެވެ. އަދި ފަޒޫއަކީ ތައުލީމީ ދާއިރާގެ ބޭކަނބަލަކަށްވުމުން އެ ދާއިރާއިން އިޖުތިމާއީ ހިދުމަތެއްގައި އުޅުއްވާފާނެ ކަމަށެވެ. ނަމަވެސް އިސްވެ ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ނުވަތަ ބޭކަނބަލެއްގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އަނބިކަނބަލުން ނުކުމެވަޑައިގެން ސިޔާސީ ކަންކަމުގައި އިސްކޮށް ނޫޅުއްވާނެ ކަމަށް އިބޫ ވިދާޅުވެފައިވާ އިރު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަަލުން ފާތުމަތު އިބްރާހީމް ނުކުމެވަޑައިގެން އެމަނިކުފާނުގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވާތީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ފާޑު ކިއުން އަމާޒު ކުރެއެވެ.
ގުޅުންހުރި
އިބޫއަށް އެންމެ ހިތްގައިމު މަންޒަރެއް ފެނިވަޑައިގެންނެވީ ފީއަލިން
17 ސެޕްޓެމްބަރ 2018
ފާރިސްގެ އަނބިކަނބަލުން އިދިކޮޅު ކެމްޕޭންގެ ކުރީ ސަފަށް
17 ސެޕްޓެމްބަރ 2018
ވޯޓުލުމުގެ ކުރިން ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްދެއްވާ: މާރިޔާ
17 ސެޕްޓެމްބަރ 2018
މެނިފެސްޓޯގައި ދޮޅު އަހަރުން އިސްތިއުފާ ދޭ ވާހަކައާއި، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް
17 ސެޕްޓެމްބަރ 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]