Form Hushanaalhaa Ithuru Bayaku Re-register Koffai Huri Massalathakeh Fenmathivejje
vfp.mv
VFPBAAZAARU
MIB
MIB
ފޯމު ހުށަނާޅާ އިތުރު ބަޔަކު ރީރަޖިސްޓަކޮށްފައި ހުރި މައްސަލަތަކެއް ފެންމަތިވެއްޖެ
inage
އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ބައެއް އާއްމު މެންބަރުން---
  ހަބަރު | | 17 އޯގަސްޓު 2018 | 2 ކޮމެންޓް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީރަޖިސްޓަ ކުރުމަށް ފޯމު ހުށަނާޅާ އިތުރު ބަޔަކު އެކި ތަންތަނަށް ރީރަޖިސްޓަ ކޮށްފައިވާ މައްސަލަތަކެއް އަނެއްކާ ވެސް ފެންމަތިވެއްޖެއެވެ. Dhiraagu
ވީއެފްޕީއަށް މިރޭ މައުލޫމާތު ދެއްވަމުން ގއ.ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ފޯމު ހުށަނާޅަނީސް ރީރަޖިސްޓަކޮށްފައިވާ ކަމަށް ފާހަގަ ކުރެވުނު 70 މީހުންގެ އިތުރުން އަނެއްކާ ވެސް ފޯމު ހުށަނާޅާ ވިލިގިލީގެ 17 މީހަކު އެހެން ތަންތަނަށް ރީރަޖިސްޓަކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.

"މިރޭ ވެސް މިހާރު ވެސް ޗެކު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މިރޭ އެސްއެމްއެސް މެދުވެރިކޮށް އެކަން ބެލުމުގައި ދަތިތަކެއް އެބައުޅޭ އަދި،" ސައުދު ވިދާޅުވިއެވެ.

ފޯމު ހުށަވެސް ނާޅަނީސް އެކި ތަންތަނަށް ރީރަޖިސްޓަކޮށްފައިވާ އިތުރު 17 މީހަކު ވިލިގިލިން ފެނިފައިވާ އިރު ގއ.ކޮލަމާފުށީގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތުގައި އިސްކޮށް އުޅޭ ކުރީގެ ކައުންސިލަރު އަހުމަދު ރައުފު ވިދާޅުވީ މިހާތަނަށް އެރަށުގެ 300 އެއްހާ މީހުންގެ ޗެކުކޮށްފައިވާ އިރު ރީރަޖިސްޓަ ކުރަން ހުށަނާޅާ 22 މީހަކު އެކި ތަންތަނަށް ރީރަޖިސްޓަ ކޮށްފައިވާ ކަމަށެވެ.

"އަދި ޗެކު ކުރި 300 ގެ ތެރެއިން 22 މީހަކުގެ މައްސަލައެބަހުރި ފާހަގަވެފައި. އޭގެެރެއިން 10 ވަރަކަށް މީހުންނަކީ ކޫއްޑުގައި އުޅޭ މީހުން. އެމީހުން ބަންދު ދުވަހަކަށްވީމަ ކޫއްޑުއަށް ރީރަޖިސްޓަ ނުކޮށް ތިބީވެސް،" ރައުފު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ފޯމު ހުށަނާޅާ އެއްވެސް މީހަކު އެހެން ތަނަކަށް އެކޮމިޝަނުން ރީރަޖިސްޓަ ނުކުރާނެ ކަމަށެވެ. "ފޯމު ހުށަނާޅާ ކަމަށް ބުނެ އަސްލު މީހާ ޝަކުވާ ހުށަހަޅައިފި ނަމަ އަޅުގަނޑުމެން އެކަން ރަނގަޅުކޮށް އެމައްސަލަ ބަލާ ފިޔަވަޅޫ ވެސް އަޅާނަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ފޯމު ހުށަނާޅާ ކަމަށް ބުނާ ބައެއް މީހުން ރީރަޖިސްޓަކޮށްފައިވާ ކަމަސް ބުނެ ބައެއް ފަރާތްތަކުން އީސީއާއި ކަންބޮޑުވުން ހިއްސާކޮށާްފައިވާތީ އެކަންތައްތައް ބަލަމުންދާ ކަމަށެވެ. އަދި އެ ފޯމުތަކުގެ މައްސަލަތައް ބަލައި ފޯމުތައް ހުށަހެޅި ކޮން ބަޔަކުކަން ހާމަ ކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގުޅުންހުރި
ޕީޕީއެމްގެ ރަސްމީ ސައިޒް މިއޮތީ
4 ގަޑިއިރު ކުރިން
ކޯލިޝަންގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ
6 ގަޑިއިރު ކުރިން
އިބޫ މާލެ ވަޑައިގެންފި
17 ގަޑިއިރު ކުރިން
އިދިކޮޅަށް ތާއީދު ކުރުމުން ފެނަކާގެ ގިނަދުވަސްވީ މެނޭޖަރެއް މަގާމުން ވަކިކޮށްފި
17 ގަޑިއިރު ކުރިން
ހިޔާލު

ޙަސަން
މައްސަލަ ހުށަހަޅާނެ ކަމެއް އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަންވީ..ތީ އޮޅިގެން ކުރެވޭނެ ކަމެއް ނޫން..ޤަސްދުގައި ވޯޓު އޮޅުވާލަން ތިކަން ކުރީ...ކުށެއް ބަޔަކު ކުރާކަން އެނގި އެކަން ފޮރުވައިގެން ކަމާ ބެހޭ ފަރާތްތަކަށް ނާނގާ ތިބުމަކީ ކުށެއް...
އަހުމަދު
ވ ބަލާނެ..
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]