Islaami marukazu gai siyaasi harakaiyy hingun, Dr iyaz sifakurehvee furahsaaraeh kamah
vfp.mv
VFPBAAZAARU
MIB
MIB
އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތް، އިޔާޒު ސިފަކުރެއްވީ ފުރައްސާރައެއް ކަމަށް
inage
ތިނަދޫ އިސްލާމީ މަރުކަޒުގައި މިއަދު ޕީޕީއެމްގެ ސަޕޯޓަރުން
  ހަބަރު | ސިޔާސީ | 16 އޯގަސްޓު 2018 | 7 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޑް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވާ ގދ ތިނަދޫ އިސްލާމީ މަރުކަޒުގައި މިއަދު ސިޔާސީ ހަރަކާތް ހިންގި ހިންގުމަކީ އިސްލާމް ދީނަށްކުރި ފުރައްސާރައެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ސިފަކުރައްވައިފިއެވެ. Dhiraagu
ޑރ އިޔާޒް މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ސިޑިމަތީގައި އަންހެން ފިރިހެން ގައިގޯޅިވެ ޕީޕީޢެމްގެ ސަޕޯޓަރުން މިއަދު ހިންގި ސިޔާސީ ހަރަކާތާއި ދެކޮޅަށް ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަފްލޫޕް ކުރެއްވި ޓްވިޓަކަށް ކުރެއްވި ރިޕްލައިގައެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައިވެސް ހުންނެވި ޝަހީމް އިސްވެހުންނަވާ ހިންގި ހަރަކާތުގެ ފޮޓޯ މަހުލޫފް ޓްވިޓްކުރައްވާފައިވާއިރު އެއަށް ދެއްވި ރިޕްލައިގައި އިޔާޒް ވިދާޅުވީ "މިއީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް" ކަމުގައެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ މިސަރުކާރުގެ ދީނީ ކާޑްގެ ތެރެއިން އެއް ކާޑެވެ. ނަމަވެސް އެތާންގެ ސިޑިމަތީގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ސިޔާސީ ބޭނުމުގައި ފޮޓޯ ނަގާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތް ހިންގުމުން އެތައް ބައެއްގެ ފާޑުކިއުންވަނީ ސަރުކާރަށާއި ޕީޕީއެމްއަށް އަމާޒުވެފައެވެ.

މީގެ އިތުރުން ސިޑިމައްޗަށް ސިޔާސީ ހަރަކާތް ހިންގުމަށް އެރި ބައެއް މީހުން ފައިވާނާއި އެކު އަރާތިބުމުން އެކަމަށްވެސް އެތައް ބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

ޝަހީމް އިސްވެ ހުންނަވާ ހިންގެވި ހަރަކާތުގައި ޕީޕީއެމްއަށް ސަޕޯޓްކުރާ 150 ވަރަކަށް މީހުންވަނީ އިސްލާމީ މަރުކަޒުގެ ސިޑިތައްމަތީ ސިޔާސީ ހަރަކާތް ހިންގާ އަޑުގަދަކޮށް ރައީސް ޔާމީނަށް ވޯޓް ދިނުމަށް ގޮވާލާފައެވެ. މި ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެޓީރިއަލްސްއާއި ޕީޕީއެމްގެ ދިދަވެސް ބޭނުންކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިސްލާމީ މަރުކަޒަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ އެއީ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އެތަނުން މަންފާ ލިބޭނެ ތަނެއް ކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތިނަދޫއަށް އެންމެ ބޮޑު ތަރައްޤީއެއް ގެންނެވި ރައީސްއަކީ ރަޢީސް އަބްދުﷲ ޔާމީންކަމަށާއި އެހެންކަމުން ތިނަދޫގެ ހުރިހާ ރައްޔިތުންވެސް ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.ގުޅުންހުރި
އިބޫއަށް ދޭ ވޯޓަކީ ނަޝީދަށް ދޭ ވޯޓެއް ކަމަށް ބުނުމުން ޑރ. އިޔާޒު ރައްދު ދެއްވައިފި
3 ސެޕްޓެމްބަރ 2018
ޑރ އިޔާޒް ޑރ ޝަހީމަށް: ޖަލަށް ދާން ޖެހެނީ ހައްގުބަސް ބުނާތީތޯ!
27 އޯގަސްޓު 2018
ރިޝްވަތު ދޭމީހާއާއި ހިފާ މީހާއަށް ރަސޫލާ ލަޢުނަތް ލެއްވި: ޑރ އިޔާޒް
30 ޖުލައި 2018
ހިޔާލު

އަމީން
ދީނާއި ސިޔާސަތަކީ އެކައްޗެއް ، އެހެންކަމުން މިއީ ފުރައްސާރަ ކަމަކަށް ނުބެލެވެއެވެ.
އިބްރާހީމު
މިކަމުން ސަލާމަތް ވޭތޯ ގިނަގިނައިން ދުޢާ ކުރަންވީ.
މަފާޒް
ޝަހީމް އީސްލާމްދީން ހީމާޔަތް ކުރައްވަނީ ތީޔަހެންތޯ..
މަނީޡާ
މީސްކީތްތައް ޖަގަހަތަކައް ބަދަލުވެގެން ދީޔުނަނުދޭން އީލްމުވެރީން މަސައްކަތް ކުރަންޖެހޭ.. އަދީ މީސްކީއްތަކުގެ ހުރުމަތްކެނޑޭ އެންމެހާ އަމަލަކުން ދުރުވެތީބެންޖެހޭ..
އާސިލް
ޝަހީމު ގެ ބަހާއީ އަމަލުން ފެނިގެން ދަނީ ޝަހީމަކީ އުޅިތައް ކޮށި ވާނުވާގަ އުޅޭ މީހެއްކަން، އަދި މަޤާމަށްޓަކާ ދީނުގެ ޙުރުމަތް ކަނޑާ މީހެއްކަން ، ﷲ ތިކަހަލަ މީހުންނަށް ކުރިއެރުމެއް ނުދެއްއވާނެ އިންޝާﷲ
ލީމަން ޒާހިރު
ނުދޭނަން....! ވަރަށް ސާފު ދީން ތިޔަ ބޭނުންކުރައްވަނީ ހަތިޔާރަކަށް..!
ިުހުސް
ރަށުތެރޭގަވެސް ވަރަށްގިނައިން އަންހެނުންނާ ފިރެހެނުންވެސްއުޅޭދޯ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]