Airport Vikkaali Kamah Vidhaalhuve Yamin 2 Vana Faharah Ithurufulhu Hahdhavaane
vfp.mv
VFPBAAZAARU
HM
HM
އެއާޕޯޓް ވިއްކާލި ކަމަށް ވިދާޅުވެ ޔާމީން ދެ ވަނަ ފަހަރަށް އިތުރުފުޅު ހައްދަވައިފި
inage
ރައީސް ޔާމީން ތ.ކަނޑުދޫގައި---
  ހަބަރު | ސިޔާސީ | 14 އޯގަސްޓު 2018 | 8 ކޮމެންޓް
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، ވިއްކާލިކަމަށް ވިދާޅުވެ ރައީސް އަބުދުﷲ ޔާމީނު އަނެއްކާ މިއަދު އިތުރުފުޅު ހައްދަވައިފި އެވެ. މިއީ ރައީސް ޔާމީން ތ. އަތޮޅަށް އިއްޔެ ފުރައިގެންނެވުމަށް ފަހު ދެ ދުވަހުގެ ތެރޭގައި ހެއްދެވި ދެވަނަ އިތުރުފުޅެވެ. dhi2
ތ. ބުރުނީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ރައިސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވިއްކާލެއްވި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓް ވިއްކާލާފައިނުވާކަން ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކުން އެނގިހާމަވުމުގެ އިތުރުން ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި އެއާޕޯޓް ކުއްޔަށް ދީފައި އޮތް އޮތުން އަނބުރާ ނަގައި ޖީއެމްއާރަށް ކުއްޔަށް ދިނުމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުވާލާފައެވެ.

ހުޅުލެ އެއާޕޯޓް ވިއްކާލި ކަމަށް ވިދާޅުވެ ރައީސް ޔާމީން މިއަދު ބުރުނީގައި އިތުރުފުޅު ހެއްދެވިއިރު، ތ. ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިތުރުފުޅު ހައްދަވާފައެވެ. ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ވާހަކަ ނެތް ކަމަށާއި އަދި ރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްކަމަށް ނެތްކަމަށް ވިދާޅުވެފައެވެ. ރައީސް އެހެން ވިދާޅުވިއިރު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ މެނިފެސްޓޯއެއް އަދި އެކުލަވާލާފައެއް ނުވެއެވެ. މިއީ ދެ ދުވަހެއްގެ ތެރޭގައި ރައީސް ޔާމީން ދައުލަތުގެ މީޑިއާ ކުރިމަތީގައި އިތުރުފުޅު ހެއްދެވި ދެވަނަ ފަހަރެވެ.

އެއާޕޯޓް ވިއްކާލެއްވިކަން ދޭހަކޮށް ދިނުމަށްޓަކައި ރައީސް ޔާމީން ވަނީ 300 މިލިއަން ޑޮލަރު ދެއްކިކަމަށް ވިދާޅުވެފައެވެ. ނަަމަވެސް އެ ފައިސާ ދައްކަން ޖެހުނީ ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ. އެއްބަސްވުން އުވާލީ އެންމެ ރުފިޔާއެއްވެސް ޖީއެމްއާރަށް ދައްކަން ނުޖެހޭނެކަމަށް ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެ މީޑިއާގައި އެ ވާހަކަ ތަކުރާރުކުރައްވާފައިވަނިކޮށެވެ. އޭރު އާޒިމާ ހުންނެވީ ރައީސް ވަހީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމުގައެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
4 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
4 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
4 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
8 ގަޑިއިރު ކުރިން
ހިޔާލު

ހަމް
މިޤައުމުގަ އިސްލާމް ދީންނޫން އެހެންދީނެއް އެބައޮތްތައް.މިޤައުމަށް އެހެންދީނެއް ގެންނަށް ބަޔަކުނޫޅޭ.ޔާމީން ތިޔައުޅެނީ އެހެން ދީނެއް ނުގެނެވިގެން.އެހެން ދީނޭ ކިޔައިގެން އެހެން ދީން މަޝްހޫރު ތިކުރަނީ.
ލިޕޭ
ހަމަ ވިއްކާލީ....78 މިލިއަނަށް އާދައިގެ ރިސޯޓެއް ވެސް ވިއްކާލެވޭ
ޤާދިރު
ދުވާލަކު 20، 30 ފަހަރު ޔާމީނު ހައްދަވާ އިތުރު ފުޅު ގެންނާތި. އެއިން ނުކުންނާނެ ދިޔައެއް އޮތްތޯ ބަލަން.
ހުޅުލޭ މޫސަ
ތިއީ ހައިރާންވާންވީ ވަރުކަމެއްނޫ....ދެއިރު ދެދަޅައަށް ދެގޮތަށް ވާހަކަ ދައްކާމީހެއްތީ، ދޮގުހެދުމުންވެސް އެއްވަނަ، އަނެއްކާ ތިޔަ ބުނާވާހަކަ ތަކުގެ މާނަ އެގޭނެ އާދަމުގެ ދަރިޔަކު ހުރިކަމަކަށް ނުވޭ. ޙަމައެކަނި މާނައެގޭމީހަކަށް ހުންނަނީ ތަރުޖަމާނު، ތަރުޖަމާނު މިދައްކަވާ ވާހަކަ އަޅުގަނޑުމެނަށް ސާފުކޮށް ތަރުޖަމާކޮށްދެއްވުން އެދެން.
ފައިސާ
އަބަދު ފައިސާ ފައިސާ ހަރަދު ބޮޑުކޮއް ކަންތައް ކުރަނީ ކީއްވެ؟ ސާލިހު މުޖުތަމައުއެއް ބިނާ ކުރަނީއޭ ކިޔާފަ، ނަމޫނާ ދައްކަން ހުރިމީހާ އެއާޕޯރޓް ވިއްލާލިޔޭ، ޖީއެމްއާރުން ދިންލާރި ކާލިޔޭކިޔާފަ އަނެއްދޮގު، ޖީއެމްއާރު ލާރިތަކެއް ކާލިއިރު އެމީހުން ޖަލައް ނުލައި ހުންނާނި މީހެއްކަމައް ކާކު ގަބޫލް ކުރާނި، ކުށެއް ނުކުރަނީސް ސިޔާސީބޭނުމައް މީހުން ހައްޔަރު ކުރާއިރު ޖީއެމްއާރު ލާރިގަނޑު ކާލިއްޔާ އޮންނާނި އެބަޔަކު ޖަލުގަކަން އެންމެނައް އިންގޭ، ދޮގުތެދު އިންގޭނީ ވޯޓުން!
ސުތުލި ގޯނީގަ ބޮސްދޭ ފާތޭ
މީނަ ޔަށް ވޯޓް ނުލިބެނެ ކަން ޔަގީން ވާ ވަރަކަށް މިކަހަލަ ދެއުޅިއެއްނުވާ ކަންތައް ކުރުން ގިނަވަމުން ދާނީ
ގުއިއްޒު
ކޮންއިރަކު ޔަގު ތެދު ހެދީ؟
އަމާ އަދުރޭ
މަރުގެ ހުކުމް ތަންފީޒް ކުރުމަށް މީ މެނިފެސްޓޯ ތަކުގައި ލިޔެ ވައުދުވާންވީކަމެއް ނޫން
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]