Retire Kuraa Umuru Mathi Kuraanee Ihuthiyaaree Kamehge Gothugai: Raees Yamin
vfp.mv
VFPBAAZAARU
MIB
MIB
ރިޓަޔާ ކުރާ އުމުރު މަތި ކުރަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި: ރައީސް ޔާމީން
inage
ރައީސް ޔާމީން ތ.ތިމަރަފުށީގައި---ފޮޓޯ:ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 13 އޯގަސްޓު 2018 | 7 ކޮމެންޓް
ވަޒީފާއިން މުސްކުޅި ކުރާ އުމުރު 75 އަހަރަށް މަތި ކުރުމަށް ހުށަހެޅުއްވީ އެކަމަކީ މަޖުބޫރީ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި 65 އަހަރަށްވުރެ މަތިވުމުން ވަޒީފާއަށް ދާނީ އެގޮތް ބޭނުންވާ މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. kobadoctor
ތ.ވޭމަންޑޫގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުވަދު އަތޮޅުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން ދައްކަމުންދާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރިޓަޔާ ކުރާ އުމުރު މަތި ކުރަން ވިސްނުންފުޅު ގެންގުޅުއްވަނީ އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރު ފުރުމުން ބޭނުޔންވާ ފަރާތްތަކަށް ރިޓަޔާ ކުރެވޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ދުވަސްވީ މީހުންގެ އިނާޔަތް ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް މަސައްކަތުގައި ދެމިހުންނަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރާއި ސިވިލް ސާވިސްގައި ވެސް ދެމި ތިބެވޭނެ ކަމަށާއި އޭރުން އިނާޔަތަށްވުރެ ބޮޑު އާއްމުދަނީއެއް ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ވިސްނުން ގެންގުޅުއްވަނީ އިނާޔަތްތައް ކުޑަ ކުރުމަށް ވެސް ނޫން ކަމަށެވެ.

"މަޖުބޫރު ކުރަނީކީ ނޫން. އެމީހުންނަށް އިހުތިޔާރެއް މިލިބެނީ. އޭގެތެރޭގައި އިހުތިޔާރު ކުރާ މީހުން މަސައްކަތަށް ނުކުންނަންވީ. ސަރުކާރުގެ ވަޒީފާތަކުގައި ގެންގުޅޭ ވާހަކަ މިދެއްކީ. އަދި ސިވިލް ސާވިސްގެ ވަޒީފާގައި ގެންގުޅޭ ވާހަކަ. އޭގެތެރެއިން މަސައްކަތަށް ނުކުންނަން ބޭނުން ނުވާ މީހުން މިހާރު ވެސް އެ އޮތް ގޮތަށް އެމީހުންނަށް ބޭނުންވާ އިނާޔަތް ލިބިގެންދާނެ. އެކަމަކު މަސައްކަތަށް ނުކުމެއްޖެ ކަމަށް ވަންޏާ ޝައްކެއް ވެސް ނެތް މިހާރު ލިބޭ އިނާޔަތް ގުނަވެގެން އެ ލިބެނީ،" ރައީަސް ޔާމީން ވިދާޅުވިއެވެ.

ރިޓަޔާ ކުރާ އުމުރު މަތި ކުރަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށާއި 65 އަހަރު ފުރުމުން އިނާޔަތް ލިބޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އިރު ކުރިން ރިޓަޔާ ކުރާ އުމުރު މަތި ކުރައްވާ ވާހަކަ ދެއްކެވުމުން އެތައް ބަޔަކު ވަނީ ކަންބޮދުވުން ފާޅު ކޮށްފައެވެ. ރިޓަޔާ ކުރާ އުމުރު މަތި ކުރަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަމަށް ރައީސް މިއަދު ވިދާޅުވި ނަމަވެސް ކުރިން އެގޮތަށް ވިދާޅެއް ނުވެއެވެ.
ގުޅުންހުރި
ދީނީ އިލްމުވެރިން އެމްޑީޕީ އާއި ގުޅޭ ހިސާބުން އެމީހެއްގެ ދީނީ މެންޑޭޓް ގެއްލޭނެ: ޝަހީމް
5 ގަޑިއިރު ކުރިން
އަޅުގަނޑުމެން ދެމަފިރިން މިކުރަނީ އިހްލާސްތެރި މަސައްކަތްކަން ގަބޫލުކުރައްވާ: ރައީސް
5 ގަޑިއިރު ކުރިން
ޕީޕީއެމް ބޮޑު ޖަލްސާގައި ރައީސް ޔާމީނުގެ މެނިފެސްޓޯ އިއުލާން ކޮށްފި
5 ގަޑިއިރު ކުރިން
ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ރާއްޖޭގަ: ރައީސް
9 ގަޑިއިރު ކުރިން
ހިޔާލު

އަހުމަދު
ކޮސް ނުގޮވާ ތިކަލޭގެ ބަހައްޓަންވީނުން ގޭގައި ދޯ
ގުއިއްޒު
މަށަށް ވެސް ނޭނގޭ މަށަށް ކިޔޭ އެއްޗެއް.
އާސަން
ތެދުފުޅޭއް ދުވަހަކުވެސް ދިމައެއްނުވާނެ ދެ މިނެޓް ދެގޮތަށް ވާހަކަ ހުއްނާނީ މަކަރާ ހީލަތް މުޅިންވެސް މި ރައީސްގެ ހުންނާނީ ދައްކާ ވާހަކަ ތަކަށް ރަތްއަތުން ރައދު ދޭން ފަށާ އެިރަށް ވާހަކަ ބަދަލު ކޮށްގެން މޮޅުއެއްޗެކޭ ބުނެވޭތޯ ބަލާނެ އެކަމުނުބުނެވޭނެ
ސައިނީ
ޔާންޓޭވެސް ސައިޒު އޮޅެނީހެން ހީވަނީ
މޫސަ
މީނަ ދައްކާ ވާހަކަ ދުވަހަކުވެސް ދިމައެއް ނުވާނެ
ބޭނުން
އަޅުނގަޑުމެންނައް ތިޔައްވުރެ މާރަނގަޅު 60 އަހަރު ވީމައި އިނާޔައް ދޭގޮތައް ހަދާދީފިއްޔާ
އަހުމަދު
ހެނދުނު މަރުވެއޖެ. ހަވީރު މރެއނުވޭ. އެއްރަށުގައި 75 އަނެރަށުގއި 65 އުމުރު ޢިޚްތިޔާރީކަމެއް. ތަރުޖަމާނު ކޮބާތަ.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]