12 Jehumaa Eku Inthihaabee Marukazge Dhoru bandhu, Form Hushahalhan Goss Adhives Meehun Ebathibi
vfp.mv
VFPBAAZAARU
MIB
MIB
12 ޖެހުމާއެކު މަރުކަޒުގެ ދޮރު ބަންދު، ފޯމު ހުށަހަޅަން ގޮސް އަދިވެސް މީހުން އެބަތިބި
inage
މަރުކަޒު ބަންދު ކުރި އިރު ފޯމުލާން ގޮސް ތިބި ބައެއް މީހުން---
  ހަބަރު | ސިޔާސީ | 12 އޯގަސްޓު 2018 | 1 ކޮމެންޓް
12 ޖެހުމާއެކު ރީރަޖިސްޓަ ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ކުރަމުން ދިޔަ އިންތިހާބީ މަރުކަޒުގެ ގޭޓު ބަންދުކޮށް، ރީރަޖިސްޓަ ކުރުމަސް އިތުރު ފުރުސަތު ނުދޭން ނިންމައިފިއެވެ. muni
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ 12 ޖެހުމާއެކު މަރުކަޒުގެ ދޮރު ބަންދުކޮށްފައިވާ ކަމަށާއި ރީރަޖިސްޓަ ކުރުމަށް ދެން އިތުރު ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ދޮރުތައް ބަންދު ކުރި އިރު މަރުކަޒުގެ އެތެރޭގައި ތިބި ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރީރަޖިސްޓަ ކުރުމަށް އިލެކްޝަނުން ދީފައިވާ މުއްދަތު މިރޭ 12 ޖަހާއިރު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލުމަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް މީހުން ރީރަޖިސްޓަ ކުރާނެ ކަމަށް ލަފާކޮށްފައެވެ.

އަކްރަމް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން ދުވަހުގެ ތެރޭގައި އެކަނި ވެސް ގަނޑުކޮށް 30000 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެފޯމުތައް ޕްރޮސެސް ކުރުމަށް ދެ ތިން ދުވަސް ނަގާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ހިޔާލު

ސައިނީ
ދިވެހިން
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]