Re registry kurumah 72000 form husha'halhaifi, vaguthu ithuru koffi
vfp.mv
VFPBAAZAARU
MIB
MIB
ރީ ރެޖިސްޓްރޭޝަނަށް 72000 ފޯމް ހުށަހަޅައިފި، ވަގުތު އިތުރުކޮށްފި
inage
ރީރެޖިސްޓްރީ ކުރުމުގެ ތެރެއިން: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 10 އޯގަސްޓު 2018 | 1 ކޮމެންޓް
އަންނަ މަހު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް މިވަގުތާއި ހަމައަށް 72000 ފޯމް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. dhi2
އެކޮމިޝަނުން ބުނީ 72000 ފޯމް ލިބުމުގެ އިތުރުން އަދިވެސް ގިނަ އަދަދެއްގެ ފޯމް ލިބެމުންދާތީ ފޯމްބަލައިގަތުން މިރޭ 21:00 އާއި މާދަމާ ރޭގެ މެމްދަމު 12:00 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމުގައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރީ ރެޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މާދަމާއެވެ. އެހެން ކަމުން މިރޭ 2100 އާއި ހަމައަށް ފޯމް ބަލައިގަތުމުގެ ވަގުތު އިތުރު ކޮށްފައިވާއިރު މާދަމާ ރޭގެ މެންދަމު 12:00 އާއި ހަމައަށް ރީ ރެޖިސްޓްރީ ފޯމް ބަލައި ގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތުގެ މުއްދަތުވެސް މިއަދު ހަވީރު 4:00 އަށް ހަމަވާއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ގައްގު ލިބިގެންވާ 260000 އަށް ވރެ ގިނަ މީހުން ތިބިއިރު، ވޯޓް ލުމަށް 490 އަށް ވުރެ ގިނަ ވޯޓް ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.


ހިޔާލު

ދެކޭމީހާކިޔާމީހާ
ރީރަޖިސްޓްރީ ނުކޮށް ލަސްވާނަމަ، އެތަނަށްގޮސް ފޮޅާލާޒާތުގެމީހުންގެ ރީރަޖިސްޓްރޭޝަން ވަރަށްއަވަހަށްވެއެވެ. ދެންތިބިންނަށް ވާނެގޮތެއް ބުނާކަށްނޭނގޭނެއެވެ.
އެކަމަކު އެނގޭއެއްޗަކީ، ކިތަންމެހަނިމަގެއް ފެނުނުނަމަވެސް ވިދާޅުވިގޮތެއްނޫނީ ތިކޮމިޝަނަށް ނުހެދޭނެކަމެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]