Inthihab gai vaadha nukuran shujau aai umaru ninamavaifi
vfp.mv
VFPBAAZAARU
MIB
MIB
އިންތިހާބުގައި ވާދަ ނުކުރަން ޝުޖާއު އާއި އުމަރު ނިންމަވައިފި
inage
އުމަރު ރަޢީސް ޔާމީން އަރިހުގައި: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 10 އޯގަސްޓު 2018 | 4 ކޮމެންޓް
މިއަހަރުގެ ރިޔާސީ އިންތުހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައިވާ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ، އެލްޖީއޭ ގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އިންތުހަބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފިއެވެ. Dhiraagu
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑި މިއަދު 16:00 އަށް ހަމަވާނެ އެވެ.

އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އަންނަ ރިޔާސީ އިންތިހާބަކީ ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބު ކުރުމަށް ވުރެ ބޮޑަށް ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުވެފައިވާތީ ކަމުގައެވެ.

އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވިކަން ޝުޖާއުވެސް މިއަދުވަނީ އިއުލާނު ކުރައްވާފައެވެ.

އިންތިހަބުގައި ވާދަ ކުރެއްވުމަށް މިހާތަނަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރެވެ.

ނަމަވެސް ހުސެއިން ނަސީރުގެ ފޯމް ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ.
ގުޅުންހުރި
އުމަރު ރަނިންމޭޓުކަން ދޭނީ ގަވަނޭންސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހަކަށް
23 ޖުލައި 2018
އެ ދަތުރުކުރައްވަނީ ރައިސްތަ، ނޫނީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓުތަ؟
23 ޖުލައި 2018
ކަރެކްޝަންގެ މުވައްޒަފުން ޖަލު ފޮށިތަކަށް ވޯޓްލުން މަޖުބޫރުކޮށްފި
22 ޖުލައި 2018
ވަޒީރުންނާއި ވެރިން ރީރެޖިސްޓްރީ ކުރުމުގައިއުޅޭތީ އިބޫ ކަންބޮޑުވުން ފާޅުކުރައްވައިފި
22 ޖުލައި 2018
ހިޔާލު

ދެކޭމީހާކިޔާމީހާ
މިދެމީހުން އިދިކޮޅާއި ގުޅެން މަސައްކަތްކުރާނެކަން ކަށަވަރެވެ! އެކަމަކު އުފެދޭ ސުވާލަކީ، މިމީހުން ކިތަންމެރަނގަޅަކަށް ދެނެވަޑައިގެންނަމަވެސް، މިމީހުން ޤަބޫލުކޮށް އެއްްއޮޑިޔަށްލައިފިނަމަ، ގެއްލޭނެވޯޓު ގިނަވާނެކަން ދެނެވަޑައިގަންނާނެބާވައެވެ؟


ގަދަބަސް
އުމަރު ހީކުރީ ނަޝީދު ވާދަކުރާނެއޭ. އެހެންވެ އެވަރށް ފޫގަޅާފަކުރީ.. އުމަރުގެ ޕްލޭން ޗޮކުންދިޔައީ އިބޫ ކުރިމަތިލީމަ. "ޕްލޭން ބީ" ނެތީމަ އުމަރުގެ.
އަސްލުހާލަތު
1500 ސޮއި ނުލިބުނީމަ ލަދެއްގަ ނުބެދެން ސޮއި ހަމަވެއްޖޭ ކިޔާފަ ފޭކު ފޮޓޯއެއް ޓުވީޓުކޮށްފަ.. ފަހުވަގުތު ވެސް ސޮއި ހަމަ ނުވީމަ ކުރިމަތި ނުލެވުނީ ދޯ އުމަރާ.. ތި ދަންނަ ވައްތަރެކޭ.. ދެން ތިހިރީ މީހެއް ނޫން ގަމީއެއް.. މީހެއްގެ އެއްބުރި
ހެޔޮނުވާނެ
ހެޔޮނުވާނެ ތި ދެމީހުންވެސް އިދިކޮޅާ ނުގުޅޭތި، ތި ދެމީހުން ވަދެއްޖެ ތަނެއް އަދޮނެތް ފުނޑާ ނުލައެއް. އުސޫލާއި ސުލޫކާއި ހަމައާއި ބަސްމަގަށް ބެލިޔަސް ތި ދެމީހުން ތިބުން އެންމެ އައުލާކަން ބޮޑީ ރައީސް ޔާމީނާއިއެކު. ޕީޕީއެމްއަށް ގުޅިވަޑައިގަންނަވާ. ހެޔޮނުވާނެ މިކޮޅަށް ނާންނާތި އާދޭސްކޮށްފަ މިބުނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]