Maradhoo MDP jagaha ah gellundhee baeh meehun zaham kohlaifi
vfp.mv
VFPBAAZAARU
HM
HM
މަރަދޫ އެމްޑީޕީ ޖަގަހައަށް ގެއްލުންދީ ބައެއް މީހުން ޒަހަމްކޮށްލައިފި
inage
މަރަދޫ އެމްޑީޕީ ޖަގަހައަށް ގެއްލުންދީފައި
  ހަބަރު | ސިޔާސީ | 10 އޯގަސްޓު 2018 | 0 ކޮމެންޓް
އައްޑޫ ސިޑީ މަރަދޫގައި ހުންނަ އެމްޑީޕީ ގަހަޖައަށް ގުރޫޕަކުން ވަދެ އެތަނަށް ބޮޑެތި ގެއްލުން ތަކެއްދީ ބައެއް މީހުން ޒަހަމްކޮށްލައިފިއެވެ. Dhiraagu
ރޭ 11 ޖަހާކަށް ހާއިރު ދަގަނޑުބުރި އާއި ތޫނު އެއްޗެހި ހިފައިގެން އެމްޑީޕީ ޖަގަހައަށް ވަދެ ހަމަލާދީފައިވަނީ ހަ މީހުންގެ ގުރޫޕަކުންނެވެ.

އެވަގުތު ޖަގަހަ ތެރޭގައި ތިބި ދޮށީ އުމުރުގެ ބައެއް މީހުންނާއި ބައެއް އަންހެނުންނަށް ގުރޫޕުން ހަމަލާދީފައިވާއިރު ބައެއް މީހުންނަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުންވަނީ ފަރުވާވެސް ދީފައެވެ.

ދަގަނޑު ބުރިތައް ހިފައިގެން އައި ގްރޫޕުން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި ޖަގަހައިގެ އެތެރޭގައި ހުރި ސައުންޑް ސިސްޓަމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ރޭގެ ހަމަލާގައި ޖަގަހައިގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އެތަނުގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ސާމާނަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ގުޅުންހުރި
އަހުމަދު އަބްދުﷲގެ އޮފީހަށް ގެއްލުންދީ ފައިސާއާއި ތެކެތި ފޭރިގެންފި
18 ގަޑިއިރު ކުރިން
ޖަޒީރާ ރާއްޖެއަކީ 1800 ގެ އަހަރުތަކަށް ދާ ވާހަކައެއް ނޫން: އިބޫ
18 އޯގަސްޓު 2018
އެމްޑީޕީއަށް ސިހުރު ހަދާދޭކަމަށްބުނެ ކުޅުދުއްފުށިން ތިން މީހަކު ހައްޔަކުކޮށްފި
16 އޯގަސްޓު 2018
މަރުގެ ހުކުމާއި އިސްލާމްދީނުގެ ވާހަކަނެތްކަމަށް ވިދާޅުވެ ޔާމީން އިތުރުފުޅު ހައްދަވަނީ
13 އޯގަސްޓު 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]